އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާފަރު އެއަރޕޯޓުގެ ޓަރމިނަލް ބޮޑުކުރުމަށް އަލުން އިޢުލާނުކޮށްފި

މާފަރު އެއަރޕޯޓުގެ ޓަރމިނަލް ބޮޑުކުރުމަށް އަލުން އިޢުލާނުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 2 ސިކުންތު

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލް ބޮޑުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އައިލެންޑް އޭވިއޭޝަނުން އިޢުލާނުކޮށްފިއެވެ. މި މަޝްރޫޢުގެ ދަށުން ޓަރމިނަލް 900 އަކަމީޓަރަށް ބޮޑުކޮށް، ދެ ފަންގިފިލާއަށް ތަރައްޤީކުރުމާއެކު ވީއައިޕީ ލައުންޖްތައް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަސައްކަތަކީ ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މަސައްކަތެއް ކަމަށްވާއިރު، މި މަސައްކަތަށް ދިވެހި އަދި ބޭރުގެ ކުންފުނިތަކަށް ވެސް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި މަޝްރޫޢަށް މީގެ ކުރިން 2021 އަދި 2023 ވަނަ އަހަރުވެސް އިޢުލާނުކޮށްފައިވާކަން ފާހަގަކުރެވެއެވެ.

2019 ވަނަ އަހަރު ހުޅުވުނު މާފަރު އެއަރޕޯޓަކީ 2020 ގެ ޖުލައި 1 އިން ފެށިގެން ބައިނަލްއަޤްވާމީ އެއަރޕޯޓެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ތަނެކެވެ. މި އެއަރޕޯޓަކީ ޕްރައިވެޓް ޖެޓުތަކުގެ މެދުގައި މަޤްބޫލު އެއަރޕޯޓެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ނ، ރ އަދި ބ އަތޮޅުގެ މަތީ ފަންތީގެ ރިސޯޓުތަކަށް އަންނަ ފަތުރުވެރިންނަށް ޚިދުމަތް ދެމުންދާ މި އެއަރޕޯޓަކީ އެއާބަސް އޭ320 އަދި ބޮއިން 737 ފަދަ ބޮޑެތި މަތިންދާބޯޓުތައް ޖެއްސޭ ގޮތަށް ތަރައްޤީކުރެވިފައިވާ އެއަރޕޯޓެކެވެ. އަދި ޓަރމިނަލް ބޮޑުކުރުމުގެ މަޝްރޫޢު ނިމުމުން އިތުރު ގިނަ ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ކަމަށް ބެލެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު