އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އޯގަސްޓް މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވަން ރައީސް ޑރ.މުޢިއްޒު ނިންމަވައިފި

އޯގަސްޓް މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވަން ރައީސް ޑރ.މުޢިއްޒު ނިންމަވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 18 ސިކުންތު

އޯގަސްޓް މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މިކަން ރައީސް ހާމަކުރެއްވީ އިއްޔެ ރޭ ބޭއްވެވި ޕޮޑްކާސްޓެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވި ގޮތުގައި، ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތައް ރަމަޟާން މަހާ ގުޅިގެން މެދުކެނޑިފައިވީ ނަމަވެސް، މެއި މަހު އަލުން ފައްޓަވާނެ ކަމަށެވެ. އަދި މިހާރު އެމަނިކުފާނުގެ ޕްލޭނަކީ އޯގަސްޓް މަހުގެ ތެރޭގައި ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައި ނިންމެވުން ކަމަށް ވިދާޅުވިއެވެ.

"ރޯދައަށް މެދުކަނޑާލީ. މިހާރުވެސް ވަރަށް ގިނަ ރަށްތަކަށް ދެވިއްޖެ. ދެން މި މަސްތެރޭގައި ދަތުރު ފަށަން އުޅުނު ނަމަވެސް އެކި ސަބަބުތަކާހުރެ އަދި ދަތުރުތައް ނުފެށޭ. އެކަމަކު އިރާދަކުރެއްވިއްޔާ މެއި މަސް ފެށޭ ތަނުން ދަތުރުތައް ފަށާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، އޯގަސްޓް މަހުގެ ނިޔަލަށް ދަތުރުތައް ނިންމަވާލެއްވުމަށް މިހާރު ތައްޔާރީތައް ނިމިފައިވެއެވެ. އަދި އެންމެ އަވަހަށް ދަތުރު ފައްޓަވާނީ މ. މުލިން ކަމަށާއި، އެ ދަތުރުފުޅުގެ ތެރެއިން އެ ރަށުގެ އެއަރޕޯޓް ހުޅުއްވައިދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މީގެކުރިން މާލޭގެ މޭޔަރުގެ އިންތިޚާބު ކާމިޔާބު ކުރެއްވުމުގެ ކުރިން މާލޭގެ ރައްޔިތުންގެ ގެތަކަށް ޒިޔާރަތް ކުރައްވާނެކަމަށް ވަޢުދުވެވަޑައިގެންނެވި ފަދައިން، އެ ވަޢުދު ފުއްދަވާފައިވާނެ ކަމަށެވެ. ހަމައެގޮތަށް ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުވެސް ފުއްދަވާނެ ކަމަށް ރައީސް އިތުރަށް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު