އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާމިގިލީގަ ޤާސިމް އިބްރާހީމް އަޅުއްވައިދެއްވާ ފުލުހުންގެ މަރުކަޒު ބިނާކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށް، ބިންގާ އަޅައިފި

މާމިގިލީގަ ޤާސިމް އިބްރާހީމް އަޅުއްވައިދެއްވާ ފުލުހުންގެ މަރުކަޒު ބިނާކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށް، ބިންގާ އަޅައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 55 ސިކުންތު

އދ. މާމިގިލީގައި ފުލުހުންގެ މަރުކަޒު ބިނާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި ވިލާ ފައުންޑޭޝަނާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށް، ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މާމިގިލީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ފުލުހުންގެ މަރުކަޒު ބިނާކުރުމުގެ އެއްބަސްވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރައްވައި، ބިންގާ އަޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއުއެވެ. ވިލާ ފައުންޑޭޝަންގެފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޗެއާމަން އަދި ރައްޔިތުންގެ މަޖިލިސް މާމިގިލީ ދާއިރާގެ އިއްޒަތްތެރި މެންބަރު އޮނަރަބަލް ގާސިމް އިބްރާހީމްއެވެ.

މާމިގިލީގައި ބިނާކުރުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒަކީ ވިލާ ފައުންޑޭޝަންގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލިސް މާމިގިލި ދާއިރާގެ އިއްޒަތްތެރި މެންބަރު އޮނަރަބަލް ގާސިމް އިބްރާހީމްގެ ހިލޭ އެހީގެ ދަށުން ބިނާކޮށްދެއްވާ މަރުކަޒެކެވެ. 

މި މަރުކަޒުގައި އޮފީސް އިމާރާތާއި، ފުލުހުންގެ އެކަމޮޑޭޝަން އަދި މެސްރޫމް ވެސް ހިމެނެއެވެ. މި އިމާރާތް ނިންމައި ފުލުހުންނާ ހަވާލުކުރުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު