އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ޖުލައި މަހުގެ ފުރަތަމަ ހަފުތާގައި ފަށަނީ

ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ޖުލައި މަހުގެ ފުރަތަމަ ހަފުތާގައި ފަށަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު

ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް އަންނަ ޖުލައި މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ފެށޭނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެމީޑިއާއަށް މައުލޫމާތުދެއްވަމުން ވަޒީރު މުޙައްމަދު އަމީން ވިދާޅުވި ގޮތުގައި ޓެކްސީ ލައިނަށް ބޭނުންވާ ޓެކްސީ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އެމްޓީސީސީން ކުރި އިޢުލާނާ ގުޅިގެން އެ ޓެކްސީތައް ފޯރުކޮށްދޭނެ ފަރާތެއް މިހާރު ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ޓެކްސީ ލައިނަށް ބޭނުންވާ އެޕްލިކޭޝަން ތައްޔާރުކުރުމުގެ މަސައްކަތާއި ޓެކްސީތައް ޗާޖުކުރާނެ ޗާޖިންގ ސްޓޭޝަންތައް ޤާއިމުކުރުމުގެ މަސައްކަތްވެސް އެމްޓީސީސީން ކުރަމުންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ އިރާދަކުރެއްވިއްޔާ ޖޫން މަސް ނިމި ޖުލައި މަހުގެހުގެ ފުރަތަމަ ހަފުތާގައި މި ޚިދުމަތް (ޓެކްސީ ލައިން) ތަޢާރަފުވެގެންދާނެ ކަމަށް،" ވަޒީރު ވިދާޅުވިއެވެ.

މި ޚިދުމަތް ފެށުމުން މާލޭގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ލުޔެއް ލިބި، ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ ކަމަށް ބެލެވެއެވެ. އަދި މިއީ ސަރުކާރުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތުގެ ތެރެއިން އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވެސް ފާހަގަކުރެވެއެވެ. 

ސަރުކާރުގެ ފަރާތުން މާލޭގައި ޓެކްސީގެ ޚިދުމަތް ދިނުމަށް ނިންމަވައި، ޓެކްސީ ލައިން ގާއިމްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުނިން މިހާރު އަންނަނީ މިއަހަރުގެ މެދުތެރޭގައި ޓެކްސީ ލައިންގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންނެވެ.

                   

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު