އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

5 ވަނަ "އަހާ" ވަޒީރުންގެ ޕަބްލިކް ފޯރަމް މިމަހުގެ 24 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފި

5 ވަނަ "އަހާ" ވަޒީރުންގެ ޕަބްލިކް ފޯރަމް މިމަހުގެ 24 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 32 ސިކުންތު

ސަރުކާރުގެ ވުޒާރާތަކުން ކުރަމުންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ހިއްސާކޮށް، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ބާއްވާ "އަހާ" ވަޒީރުންގެ ޕަބްލިކް ފޯރަމްގެ 5 ވަނަ ބައްދަލުވުން މި މަހުގެ 24 ވަނަ ދުވަހު ބޭއްވުމަށް ސަރުކާރުން ނިންމައިފިއެވެ.

މި ފޯރަމް އޮންނާނީ މި މަހުގެ 24 ވާ ބުރާސްފަތި ދުވަހުގެ ރޭ 21:00 ގައި ޕީއެސްއެމްގެ ޓީވީ ބިލްޑިންގގައެވެ. ކުރީގެ ފޯރަމްތަކެކޭ އެއްފަދައިން މި ފަހަރުގެ ފޯރަމުގައިވެސް 5 ވަޒީރުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ފޯރަމުގައި ބައިވެރިވެ ވަޑައިގަންނަވާ ވަޒީރުންނަކީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އާއި ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް އަދި ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު އާއި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް
އަދި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ އެވެ.

ދެ ގަޑިއިރަށް ކުރިއަށްގެންދާ މި ފޯރަމަކީ ސަރުކާރުގެ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމުގެ އިތުރުން ރައްޔިތުންގެ ސުވާލުތަކަށް ވަޒީރުން ޖަވާބު ދެއްވުމަށް ބާއްވާ 5 ވަނަ ފޯރަމެވެ.

ފޯރަމުގައި ބައިވެރިވެ، ވަޒީރުންނާ ސުވާލު ކުރުމުގެ ފުރުޞަތު މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ. ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމުގެ އިތުރުން، ފޯނުން ގުޅައިގެންނާއި އެސްއެމްއެސްގެ ޒަރިއްޔާއިން އަދި ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް ފޯރަމަށް ސުވާލު ފޮނުވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

މި ފޯރަމަކީ ސަރުކާރާއި ރައްޔިތުންނާ ދެމެދު ގުޅުން ބަދަހިކޮށް، ސަރުކާރުގެ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނާ ހިއްސާކުރުމަށް ބާއްވާ މުހިންމު ބައްދަލުވުމެކެވެ.                     

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު