އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 6 ސިކުންތު
ޢާއިޝަތު ރަފާޙް ޢަލީ
އަޅުގަނޑުމެން ހުރިހާ އެންމެންނަކީ ވެސް އިންސާނުންނެވެ. އެހެންކަމުން ކަންކަން އިޞްލާޙްކުރަން އަމިއްލައަށް މަސައްކަތް ކުރަން ޖެހެއެވެ.
ތިބާ އަކީ ރުޅިގަދަވާ މީހެކެވެ. އެކަން އަމިއްލައަށް އިޞްލާޙްކުރަން މަސައްކަތް ކުރަން ޖެހެއެވެ. އެއީ ތިބާގެ ހުރި ނުބައި އާދައަކަށް ވާތީއެވެ. އަބަދުވެސް އެކަން އިޞްލާޙްކުރެވޭތޯ މަސައްކަތް ކުރާށެވެ.
މި ނުބައި އާދަ ދޫކޮށްލަން އަހަރެން ބޭނުންވާކަން އަދި އަބަދުވެސް އަމިއްލަ ނަފްސަށް އެކަން ހަނދާން ކޮށްދިނުމެވެ. އަދި އަނެއްކާވެސް އެނުބައި އާދައަށް އެނބުރި އަމިއްލައަށް އާދެވިއްޖެނަމަ ﷲ ތަޢާލާގެ މަތީން ހަނދުމަކުރާށެވެ. އަދި އެކަމަށް އެނބުރި ނުދާނެކަމަށް އަމިއްލައަށް އެއްބަސްވާށެވެ.
ވަރަށް ގިނަ މީހުން އެމީހުންގެ ފޯނުތަކުން ނުބައި ކަންކަމުގެ ތެރެއަށް ވަދެއެވެ.
ނަމަވެސް ތިބާއަށް ﷲ ތަޢާލާ ދެއްވާފައިވާ ލޮލަށް ފެނުމުގެ ނިޢްމަތުން، ތިބާ ގޯސް ކަންކަން ކުރަން އާދަވެއްޖެނަމަ އެއީ ރަނގަޅު ކަމެއް ނޫނެވެ.
އަމިއްލައަށް ވިސްނާލާށެވެ. ތިބާއަށް ލިބިފައިވާ ލޮލުގެ ނިޢްމަތަކީ ﷲ ތަޢާލާ ތިބާއަށް ދެއްވާފައިވާ ހަދިޔާއެކެވެ.
ތިބާއަކީ އިންސާނެއް ނަމަވެސް ތިބާއަށް ﷲ ތަޢާލާ ދެއްވާފައިވާ ނިޢްމަތްތައް ކުށް ކުރުމަށް ބޭނުންކޮށްގެއް ނުވާނެއެވެ. ﷲ ތަޢާލާ ނުރުއްސަވާ ކަންކަން ކުރުމަށް ވެސް ބޭނުންކޮށްގެން ނުވާނެއެވެ.
ތިބާއަށް ކުށްކުރެވިދާނެއެވެ. އަދި ގޯސް މަގަކުން ވެސް ހިނގައިދާނެއެވެ. ނަމަވެސް ކުށް ކުރެވުނަސް ﷲ ތަޢާލާގެ މަގަށް އަވަހަށް އެނބުރި ރުޖޫޢަވާށެވެ.
އަބަދުވެސް ﷲ ތަޢާލާއަށް އުއްމީދުކުރާށެވެ. އަދި ތިބާއަކީ ﷲ ގެ ރަޙްމަތުން ބޭރުވެފައިވާ މީހެއްކަން ޝައިޠަނާގެ ފަރާތުން ތިބާއަށް ވިސްނުވައިދޭން އުޅުނު ނަމަވެސް ޤަބޫލުނުކުރާށެވެ.
ސަބަބަކީ ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ޒުމަރް ސޫރަތުގެ 53 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
لَا تَقْنَطُوا۟ مِن رَّحْمَةِ ٱللَّهِ
މާނައީ: "ތިޔަބައިމީހުން اللَّه ގެ رحمة ން އުންމީދު ކަނޑައިނުލާށެވެ!"
ﷲ ތަޢާލާ އަޅުގަނޑުމެންގެ ފާފަތައް ފުއްސަވާދެއްވާދޭވެ.
އިސްލާމްދީނަކީ އެންމެ މަތިވެރި ދީނެވެ. މިދީނުގެ ސަބަބުން އަޅުގަނޑުމެންނަށް ހެޔޮ ކަންކަން ދަސްވެގެންދެއެވެ.
އޯގާތެރިކަމާއި ރަޙްމާއި، ﷲ ތަޢާލާ އާއި އަޅާ އާއި އޮންނަން ޖެހޭ ގުޅުން ދަސްކޮށްދެއެވެ. ތިބާގެ ޢަމަލްތައް ބަހައްޓަން ޖެހޭނެ ގޮތް ދަސްކޮށްދެއެވެ. މީހުންނާއި ވާހަކަ ދައްކަން ޖެހޭގޮތް ދަސްކޮށްދެއެވެ.
މީހުންނާއި ވާހަކަދައްކަން ޖެހޭގޮތުގެ ވާހަކައަށް ބަލާއިރު ތިޔަބައިމީހުން ތިޔަބައިމީހުންގެ ޢާއިލާ މީހުންނާއި ރީތި ބަހުން ވާހަކަދައްކާށެވެ. ކައިވެނިކޮށްގެން އުޅޭނަމަ ތިބާގެ އަނބިމީހާ އާއި ރީތިކޮށް ވާހަކަދައްކާށެވެ. ފިރިމީހާ އާއި ރީތި ބަހުން ވާހަކަދައްކާށެވެ. ވާހަކަދައްކާ ގޮތުގެ ސަބަބުންވެސް ﷲ ތަޢާލާ ތިބާއަށް ރަޙްމަތް ލައްވާނެއެވެ.
- މުފްތީ މެންކުގެ ދަރުސަކުން
Advertisement
14 އޭޕްރީލް 2025