އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނިމުމެއް ނެތް ނިޢްމަތްތަކެއް ލިބިގެންވާ މަތިވެރި ސޫރަތެއް: ޝައިޚް ސުލައިމާން އަލްރުޙައިލީ

ނިމުމެއް ނެތް ނިޢްމަތްތަކެއް ލިބިގެންވާ މަތިވެރި ސޫރަތެއް: ޝައިޚް ސުލައިމާން އަލްރުޙައިލީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 8 ސިކުންތު

ޢާއިޝަތު ރަފާޙް ޢަލީ

 

ބަޤަރާ ސޫރަތް ކިޔަވާށެވެ. އެސޫރަތް ކިޔެވުމަކީވެސް ނިޢުމަތެކެވެ. ވަﷲ އެސޫރަތް ކިޔެވުމުން ގިނަ ނިޢްމަތްތައް ލިބިގެންދެއެވެ. 

ކާމިޔާބު ބޭނުން މީހަކު އެސޫރަތް ކިޔަވާ އެސޫރަތް ހިތުދަސްކުރާށެވެ. އެސޫރަތް ކިޔަވާ މީހަކަށް މީހަކަށް ކާމިޔާބު ލިބިގެންދެއެވެ. އަދި އެސޫރަތް ނުކިޔަވާ ދޫކޮށްލާ މީހަކަށް ހިތާމަކުރަންޖެހެއެވެ.

ސަބަބަކީ އެސޫރަތް ނުކިޔަވާ ދޫކޮށްލައިފި މީހަކު ނިޢްމަތްތައް ވެސް އޭނާއަށް ދޫވެގެން ދެއެވެ. 

އަދި މިސޫރަތް ކިޔަވާނަމަ ނުބައި ކަންކަމުން ދުރުހެލިވެއެވެ. އެގޮތުން ސިޙުރު ފަދަ ކަންކަމުން ދުރުކޮށްދެއެވެ. އަދި އަބަދު ޤުރުއާން ކިޔަވާ މީހާއަށް ސިޙުރުވެރީންގެ ކިބައިން الله ތަޢާލާ ގެ އިރާދަފުޅުން ރައްކާތެރިކަން ލިބެއެވެ. 

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ.

اقْرَؤُوا القُرآنَ؛ فإنَّه يأتي شافِعًا لأصحابِه، اقْرَؤُوا الزَّهْراوَينِ: البَقَرةَ وآلَ عِمرانَ؛ فإنَّهما يأتيانِ يَومَ القيامةِ كأنَّهما غَمامَتانِ أو غَيايَتانِ أو فِرقانِ من طَيرٍ صَوافَّ تُحاجَّانِ عن صاحِبِهما، اقْرَؤُوا البَقَرةَ؛ فإنَّ أخذَها بَرَكةٌ، وتَرْكَها حَسرَةٌ، ولا تَستطيعُها البَطَلَةُ. 

މާނައީ: ތިޔަބައިމީހުން ކީރިތި ގުރްއާން ކިޔަވާށެވެ. ފަހެ ހަމަކަށަވަރުން އޭގެ (އެބަހީ: އެގުރްއާނުން) އަހުލުވެރިންނަށް، ގިޔާމަތް ދުވަހު (ގުރްއާން) ޝަފާޢަތްތެރިވާނެއެވެ. އަދި ތިޔަބައިމީހުން ޒަހްރަވާއިން (މާނައީ: ދެނޫރު) ކަމުގައިވާ، ބަޤަރާ ސޫރަތާއި އާލްޢިމްރާން ސޫރަތް ކިޔަވާށެވެ. ޤިޔާމަތް ދުވަހު އެދެސޫރަތް ދެ ވިލާގަނޑު ފަދައިން ނުވަތަ ދެ ހިޔާވެއްސެއް ފަދައިން ނުވަތަ ފިޔަތައް ފަތުރާލައިގެންވާ ދޫނީގެ ދެ ޖަމާޢަތެއް ފަދައިން، އޭގެ އަހުލުވެރިން ދިފާޢުކުރަމުން އަންނާނެއެވެ. އަދި ތިޔަބައިމީހުން ބަޤަރާ ސޫރަތް ކިޔަވާށެވެ. ފަހެ އޭގައި ހިފުމަކީ ބަރަކާތެކެވެ. އަދި އެ ދޫކޮށްލުމަކީ ހިތާމައެކެވެ. އަދި ބާޠިލްގެ އަހުލުވެރީންނަށް (އެސޫރަތުގެ އާޔަތްތައް ކިޔަވާ، އެއާޔަތްތަކުގެ މާނައާއި މެދު ވިސްނާ ފިކުރު ކުރުމަށް) ކުޅަދާނަކަމެއް ނުވެއެވެ. 

الدرر السنية - الموسوعة الحديثية - شروح الأحاديث

 

- ޝައިޚް ސުލައިމާން އަލްރުޙައިލީގެ ދަރުސަކުން

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް