އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުޅިން އަލަށް، ކީސްޓޭޖް 3 ނިންމާ ދަރިވަރުންނަށް ނާލޯ އެސެސްމެންޓް ދޭން ފަށަނީ

މުޅިން އަލަށް، ކީސްޓޭޖް 3 ނިންމާ ދަރިވަރުންނަށް ނާލޯ އެސެސްމެންޓް ދޭން ފަށަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 58 ސިކުންތު

އެކި މަރުހަލާތަކުގައި ދަރިވަރުންގެ އުނގެނުމުގެ ފެންވަރު ހުރިނެތްގޮތް ދެނެގަތުމަށް، ޤައުމީ ފެންވަރުގައި ކުރިއަށް ގެންދެވޭ ނެޝަނަލް އެސެސްމެންޓް ފޯ ލާނިންގ އައުޓްކަމްސް (ނާލޯ)، މިއަހަރުން ފެށިގެން މުޅިން އަލަށް، ކީ ސްޓޭޖް 3 ނިންމާ ދަރިވަރުންނަށް ދެވޭނެއެވެ.

އެގޮތުން މި ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގައި ހިސާބު، އިނގިރޭސި އަދި ސައިންސް މާއްދާއިން މިއެސެސްމެންޓް ދޭނެއެވެ. މި މާއްދާތަކުގެ އިމްތިހާނުތައް އޮންނާނީ އޭޕްރީލް 27 އިން 29 އަށެވެ. އަދި ދެވަނަ ޓާމުގައި ދިވެހި، އިސްލާމް މި ދެ މާއްދާގެ އެސެސްމެންޓް ދިނުމަށް ހަމަޖެހިފައިވާއިރު، މި މާއްދާތަކުގެ އިމްތިހާން އޮންނާނީ ސެޕްޓެމްބަރު 2 އިން 3 އަށެވެ.

މިއީ އިސްލާމް މާއްދާއިން ނާލޯ ފަދަ އެސެސްމެންޓެއް ދެވޭ ފުރަތަމަ ފަހަރުކަން ފާހަގަކުރަމެވެ.

ނާލޯ އަކީ ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ޙާލަތާއި، ސްކޫލުތަކުގައި ތަންފީޒުކުރަމުން އަންނަ ޤައުމީ މަންހަޖުގައި ހުރި ރަނގަޅު ކަންކަމާއި، ރަނގަޅު ކުރަންޖެހޭ ކަންކަން ދެނެގަނެ، ދަރިވަރުންނަށް ފޯރުކޮށްދެވޭ ތަޢުލީމުގެ ފެންވަރު މަތިކުރުމަށްޓަކައި ސިލްސިލާކޮށް ކުރިއަށްގެންދާ އެސެސްމެންޓެކެވެ.

 

ހަބަރު: ސަރުކާރު

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު