އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމްޑީޕީގެ އިތުރުން ފައްޔާޒާއި މަންދީ އަށް ދައުވާކޮށްފި

އެމްޑީޕީގެ އިތުރުން ފައްޔާޒާއި މަންދީ އަށް ދައުވާކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 21 ސިކުންތު

ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުއިއްޒު އިބްރާހީމްގެ ދަރިކަލުން އުމެއިރު މުޙައްމަދު މުއިއްޒުގެ އަބުރަށް އަރައިގަނެ، ކަރާމާތް ގެއްލޭ ގޮތަށް ޢަމަލުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ފަސްޓްލޭޑީ ސާޖިދާ މުޙައްމަދުގެ ފަރާތްޕުޅުން އިތުރު ދައުވާތަކެއް ހުށަހަޅައިފިއެވެ.

ރެހެންދި ޗެމްބާސް ލޯފާމް މެދުވެރިކޮށް ހުށަހެޅި މި ދައުވާތައް އަމާޒުވެފައިވަނީ އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް، އެމްޑީޕީގެ އެކްޓިވިސްޓު މަރިޔަމް ޒުބެއިރު (މަންދީ) އަދި އެމްޑީޕީގެ މައްޗަށެވެ. ދައުވާގައި ބަޔާންކޮށްފައިވާ ގޮތުގައި، އުމެއިރު މުޙައްމަދު މުއިއްޒުއަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކުގެ ސަބަބުން އޭނާގެ ނަފުސަށާއި ފުރާނައަށް ނުރައްކާވެދާނެ ހާލަތެއް މެދުވެރިވެ، އޭނާގެ ކިޔެވުމާއި މުސްތަޤުބަލަށް ބަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ފަދަ ހާލަތެއް މެދުވެރިކޮށްފައިވެއެވެ.

މި މައްސަލައިގައި ސިވިލް ކޯޓުގައި ދައުވާ އުފުލާފައިވަނީ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ނަމާއި އަބުރު ރައްކާތެރިކޮށްދިނުމުގެ ޙައްޤު ނިގުޅައިގަނެފައިވާ ކަމަށް ބުނެއެވެ. އަދި ފެމިލީ ކޯޓުގައި ދައުވާ އުފުލާފައިވަނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގެ ޤާނޫނާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއިން ކަށަވަރުކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާ ކަމަށް ބުނެއެވެ.

ރެހެންދި ޗެމްބާސް ލޯފާމުން ބުނެފައިވާ ގޮތުގައި، މި ދައުވާތައް އުފުލާފައިވަނީ ސިޔާސީ ވާދަވެރިކަމުގެ ތެރެއިން ކުޑަކުދިންގެ ޙައްޤަށް އަރައިގަތުމާއި ކުޑަކުދިންގެ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގަތުން ހުއްޓުވުމުގެ މަޤްޞަދުގައެވެ. 

 

މިމައްސަލާގައި ރެހެންދި ޗެމްބާސް ލޯފާމުން ނެރެފައިވާ ނޫސްބަޔާން:

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ.) އިން، ފާއިތުވި މާރޗްމަހުގެ ތެރޭގައި މާލޭގައި ބާއްވަމުންގެންދިޔަ ސިލްސިލާ މުޒާހަރާތަކުގެ ތެރޭގައި، އެޕާޓީގެ އެކްޓިވިސްޓެއްކަމުގައިވާ މަރިޔަމް ޒުބައިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލުން ޢުމައިރު މުޙައްމަދު މުޢިއްޒަށް ނިސްބަތްކޮށް ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން، ޢުމައިރުގެ ނަފްސަށާއި ފުރާނައަށް ނުރައްކާވާނޭ ޙާލަތެއް މެދުވެރިކުރުވައި، ޢުމައިރުގެ ކިޔެވުމާއި މުސްތަޤުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނޭ ޙާލަތެއް މެދުވެރިކޮށްފައިވީ ހިނދު؛ ޢުމައިރުގެ މަންމަ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖީދާ މުޙައްމަދުގެ ފަރާތްޕުޅުން އަންނަނިވި މައްސަލަތައް މިހާރު ރަޖިސްޓަރކުރެވިފައިވާ ވާހަކަ ދެންނެވީމެވެ. 

  1. ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރެވިފައިއޮތުމުގެ ޙައްޤު ނިގުޅައިގެންފައިވާތީ ސިވިލް ކޯޓަށް :-

(ހ) މަރިޔަމް ޒުބައިރުގެ މައްޗަށް - 1 މައްސަލަ

(ށ) ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އަދި އެ ޕާޓީގެ ޗެއަރޕަރސަން އަލްއުސްތާޛު ފައްޔާޒު އިސްމާޢީލްގެ މައްޗަށް - 1 މައްސަލަ 

2.  ޤާނޫނުއަސާސީ،  ޤާނޫނު ނަންބަރު: 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކަމުގެ ޤާނޫނު) އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ އިން ކުޑަކުދިންނަށް ކަށަވަރުކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާތީ ފެމިލީ ކޯޓަށް :- 

(ހ) މަރިޔަމް ޒުބައިރުގެ މައްޗަށް  - 1 މައްސަލަ

(ށ) ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އަދި އެ ޕާޓީގެ ޗެއަރޕަރސަން އަލްއުސްތާޛް ފައްޔާޒު އިސްމާޢީލްގެ މައްޗަށް   - 1 މައްސަލަ 

މި މައްސަލަތައް ހުށަހަޅިފައި މިވަނީ، ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ކުޑަކުދިންނަށް ކަށަވަރުކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަމުގެ ޙައްޤު، ސިޔާސީ ދެކޮޅުވެރިކަމާއި ވާދަވެރިކަމުގެ ތެރެއިންވިޔަސް، ނިގުޅައި ނުގަނެވޭނޭކަން ކަށަވަރުކޮށް، އެކުދިންގެ ތަޢުލީމާއި މުސްތަޤްބަލު އަދި ނަފްސު،  ގަނާ ކުރުމާއި ފުރައްސާރަކުރުމާއި އަދި ނުރައްކަލުގެ ތެރެއަށް ހުށަހެޅުމަށްކުރެވޭ މަސައްކަތްތަކުން ސަލާމަތްކޮށް ރައްކާތެރިކަން ކަށަވަރުކުރުމުގެ މަޤްޞަދުގައެވެ. އަދި، މިއަދު އެ މަޤާމުގައި ތިއްބެވި އެކަމަނާގެ ބޭފުޅުންނަށް ރައްކާތެރިކަން ހޯދުމަށް މަންމައެއްގެ ހައިސިއްޔަތުންނާއި މާދަމާ އެ މަޤާމުތަކުގައި ތިބެދާނޭ އެހެންކުދިންނަށް ރައްކާތެރިކަން ޔަޤީންވެފައި އޮތުމަކީ، ކޮންމެހެން ބޭނުންކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙަންމަދު ދެކެވަޑައިގަންނަވާތީއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު