އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމްޑީޕީގެ މެންބަރުން އިސްރާޢީލު ޕާސްޕޯޓް މަނާކުރުމުގެ ބިލަށް ޚިޔާލު ހުށަނޭޅި: ފަލާހް

އެމްޑީޕީގެ މެންބަރުން އިސްރާޢީލު ޕާސްޕޯޓް މަނާކުރުމުގެ ބިލަށް ޚިޔާލު ހުށަނޭޅި: ފަލާހް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު

އިސްރާޢީލު ޕާސްޕޯޓް މަނާކުރުމުގެ ބިލު މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ދިރާސާކުރަމުންދިޔައިރު، އެމްޑީޕީގެ މެންބަރުންނަށް ތަކުރާރުކޮށް ސިޓީ ފޮނުވުމުންވެސް އެ ފަރާތްތަކުން ޚިޔާލު ހުށަނޭޅި ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙު މިއަދު ވިދާޅުވެއްޖެއެވެ.

ފަލާޙު ވިދާޅުވީ މި ބިލު ފާސްވުމަކީ ޔަހޫދީންގެ ލާއިންސާނީ ޢަމަލުތަކުގެ ސަބަބުން އަނިޔާ ލިބެމުންދާ ފަލަސްޠީނުގެ މުސްލިމުންނާއެކު ދިވެހިން ތިބިކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ. އަދި އޭނާ ފާހަގަކުރެއްވި ގޮތުގައި ޒަމާންތަކެއް ވަންދެން ފަލަސްޠީނަށް ޔަހޫދީން ލާއިންސާނީ ޢަމަލުތައް ހިންގަމުންދިޔަ ނަމަވެސް، މީގެ ކުރިން އެއްވެސް ސަރުކާރަކަށް އިސްރާޢީލުންނަށް ރާއްޖެ ނުވަދެވޭ ގޮތް ހަދަން ކެރިވަޑައިނުގަތެވެ.

"ފަލަސްޠީންގެ މުސްލިމުންނަށް ދޭ އަނިޔާތައް ޔަހޫދީން އެންމެ ވަރުގަދަ ކުރި ދުވަސްވަރު، ނިމިދިޔަ އެމްޑީޕީގެ ސަރުކާރު އޮތް ނަމަވެސް، އޭރު އޮތް މަޖިލީހަށް އަދި ސަރުކާރަށްވެސް އިސްރާޢީލާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅަން ކެރިވަޑައިނުގަތް،" ފަލާޙު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، "މި މައްސަލާގައި އިސްރާޢީލާ ދޭތެރޭ ފިޔަވަޅެއް އެޅުމުގެ މައްސަލާގައި ޤަރާރެއް ހުށައެޅުން ފިޔަވައި އެއްވެސް ކަމެއް މިދިޔަ ސަރުކާރަކަށްވެސް 19 ވަނަ މަޖިލީހަކަށްވެސް ކުރެވިފަކާއެއް ނެތް."

އެހެންނަމަވެސް، އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ޕާސްޕޯޓް މަނާކުރުމަށް ހުށައެޅި އިސްލާޙަށް ކޮމިޓީން ގެނައި ބަދަލުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

އިސްރާޢީލު ޕާސްޕޯޓް މަނާކުރަން ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް އިޞްލާހު ހުށައެޅީ 2023 ވަނަ އަހަރުގެ މެއިމަހުގެ 29 ވަނަ ދުވަހުއެވެ. މި ބިލު ފާސްވުމުން، އިސްރާޢީލުގެ ޕާސްޕޯޓް ހިފައިގެން ދިވެހިރާއްޖެއަށް އެތެރެވުން މަނާވީއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު