އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުޅުމާލެ ފޭސް 2 ގައި 3,000 މީހުންނަށް ނަމަދު ކުރެވޭ މިސްކިތެއް އަޅަން ހަވާލުކޮށްފި

ހުޅުމާލެ ފޭސް 2 ގައި 3,000 މީހުންނަށް ނަމަދު ކުރެވޭ މިސްކިތެއް އަޅަން ހަވާލުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 57 ސިކުންތު

ހުޅުމާލެ ފޭސް 2 ގައި 3,000 މީހުންނަށް ނަމަދު ކުރެވޭ އާ މިސްކިތެއް އިމާރާތްކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބަޔަކާ ހަވާލުކޮށްފިއެވެ. މި މިސްކިތް އިމާރާތްކުރުމަށް ހަވާލުކޮށްފައިވަނީ ހެޔޮއެދޭ އަމިއްލަ ފަރާތަކަށެވެ.

ވުޒާރާއިން ބުނެފައިވާގޮތުގައި މި މިސްކިތް އިމާރާތްކުރެވެނީ ހުޅުމާލެ ފޭސް 2 ލޮޓު 22386 ގައެވެ. މިއީ 18,720.79 އަކަފޫޓުގެ ބިމެކެވެ. މި މިސްކިތަކީ 2,500 އިން 3,000 އަށް މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ޖާގައިގެ މިސްކިތެކެވެ.

"މި މިސްކިތް އިމާރާތްކުރުމުގެ ހުރިހާ ޚަރަދެއް ކުރައްވަނީ ހެޔޮއެދޭ އަމިއްލަ ފަރާތަކުން. އަދި ކޮންޓްރެކްޓަރު ހަމަޖައްސަވާނީ ވެސް އެ ފަރާތުން," ވުޒާރާއިން ބުނެފައިވެއެވެ. މި މިސްކިތް އިމާރާތްކޮށް ނިންމުމަށް ދީފައިވަނީ 24 މަސްދުވަހުގެ މުއްދަތެކެވެ. މިސްކިތް ނިމޭއިރު، ސޯލާ ޕެނަލްތަކާއި އޭސީ ސިސްޓަމް ހަރުކުރެވި، ޤުރުއާން ކިޔަވައިދިނުމަށް ކްލާސްރޫމަކާއި ލައިބްރަރީއެއް ވެސް ހިމެނޭނެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިތުރަށް ހާމަކުރި ގޮތުގައި މިހާރު ހުޅުމާލޭގައި އަޅަމުންދާ ދާއިމީ މިސްކިތްތަކުގެ ތެރެއިން ބައެއް މިސްކިތް މި އަހަރު ތެރޭގައި ނިމޭނެ ކަމަށް ބުނެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު