އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާދިނުމާ ގުޅޭ މިންގަނޑުތަކުގެ ވޯކްޝޯޕް ބާއްވައިފި

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާދިނުމާ ގުޅޭ މިންގަނޑުތަކުގެ ވޯކްޝޯޕް ބާއްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާދިނުމާ ގުޅޭ ގަވާއިދުގެ ދަށުން ހެދިފައިވާ މިންގަނޑުތަކުގެ މަސައްކަތުބައްދަލުވުމެއް މިއަދު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބާއްވައިފިއެވެ.

މި މަސައްކަތުބައްދަލުވުމަކީ ގަވާއިދު 2024 R-9/(ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު) ގެ ދަށުން އެކުލަވާލެވިފައިވާ މިންގަނޑުތައް ވެލިޑޭޓްކުރުމަށް ބޭއްވުނު މަސައްކަތުބައްދަލުވުމެކެވެ.

މިގޮތުން ވަޒީފާދޭ ތަންތަނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލުކުރާ ޖަމްޢިއްޔާތަކުން އަދި ޑިސްއެބިލިޓީ ކައުންސިލުން ބައިވެރިވި މި މަސައްކަތުބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާދޭ ތަންތަނުގައި ފުރިހަމަވާންޖެހޭ ކަންތައްތައް ހިމެނޭ މިންގަނޑުތައް ވެލިޑޭޓްކުރުމެވެ.

މި މިންގަނޑުތައް ތައްޔާރުކުރެވިފައިވަނީ މައިގަނޑު ހަތަރު ދާއިރާއަކަށެވެ. އެއީ، ވަޒީފާދޭ ތަންތަނުގައި ފުރިހަމަވާންޖެހޭ ކަންތައްތައް، ވަޒީފާގެ ފުރުޞަތު ހުޅުވާލުމުގައި މަޢުލޫމާތު ޢާންމު ކުރުމުގެ މިންގަނޑު، ވަޒީފާއަށް މީހުން ހޮވުމުގައި ޢަމަލުކުރާނެ ގޮތުގެ އާންމު އުސޫލު، އަދި ވަޒީފާގެ ފުރުޞަތު ހުޅުވާލުމުގައި މަޢުލޫމާތު ޢާންމު ކުރުމުގެ މިންގަނޑެވެ.

މި މިންގަނޑުތަކަށް ޢަމަލުކުރަން ފެށުމުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތުތައް އިތުރަށް، ފަހިވެގެންދާނެއެވެ. އަދި ދިވެހިރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ދާއިރާގައި ދިމާވާ ގޮންޖެހުންތައް ކުޑަވެ، އެ ފަރާތްތަކުގެ ޙައްޤުތައް އިތުރަށް ރައްކާތެރިކުރެވިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

 

 

ހަބަރު: ސަރުކާރު

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު