އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 23 ސިކުންތު
ސިސާސީ ވެގެންގޮސް މައިކެއް އަތުގައި ޖެހުނަސް ހޭ ބުއްދި ފިލައި ގޮސް ދެނިޔެ ރަންވާކަށް ނުޖެހޭ ކަމަށް ވިދާޅުވެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ހަރުކަށި އިބާރާތުން ރައްދު ދެއްވައިފިއެވެ.
ވަޒީރު މިހެން ވިދާޅުވީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބޭއްވި ޖަލްސާއެއްގައި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަހުމަދު އަދި އެ ޕާޓީގެ އެހެން މެންބަރަކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ނިސްބަތްކޮށް ހުތުރު ބަހުން ވާހަކަދެއްކި މަންޒަރު ދައުރުވަމުންދާ ވީޑިއޯއަކާ ގުޅިގެންނެވެ.
މި ވީޑިއޯގައި ކުރީގެ ރައީސް، އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް މުއިއްޒަށް ސުވަރުގެ ހަރާމްވާނެ ކަމަށް ވިދާޅުވެ "ފަތުވާ" އެއް ނެރެފައެވެ.
މި ވީޑިއޯގައި އިނގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވީ، އެދަރަޖައަށް އަދި ބަޔަކުވެރިކަމަށް މަސްތުވެފައި ތިއްބަކަ ދެކިވަޑައިނުގަންނަވާ ކަމަށެވެ. މާޒީގައި ރާއްޖޭގައި ވެރިކަންތަށް ބަދަލުކުރަން ލައްކަގިނަ ގޮތްގޮތައްވަނީ މަސައްކަތްކޮށްފައި ކަމަށާއި މިއަދުގެ ރައީސް ވެރިކަމުން ދުރުކުރަން ސިހުރުހަދާ ވަގަށް ގޮވާ ވަގުބަދުނާމުއަޅުވާ މަލާމަތްކޮށް މިހެންގޮސް ވެރިއަކު ވެރިކަމުންދުރުރުކުރަން ކުރެވެން އޮއިތްހުރިހާ ކަމެއް ކުރަމުންދާ ކަމަށެވެ.
މި ވާހަކަތަކާއި ގުޅިގެން ވަޒީރު ވިދާޅުވީ ވެރިކަމަކީ ހެޔޮ ނިޔަތުގައި ގަދައަޅާ މަސައްކަތް ކުރައްވާ ވެރިޔަކަށް މާތްﷲ ދެއްވާ ނިއުމަތެއް ކަމެއް ކަމަށާއި ހެޔޮއަމަލުކުރުން މަތީ ދެމިތިބޭ އަޅުންނަށް ސުވަރުގެ ދެއްވާނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ. އެހެންކަމުން ސިޔާސީ ވެގެން ގޮސް ތިމާ މީހާއަށް ކިޔޭ ނުކިޔޭ އެއްޗެއް ނޭގޭ ހިސާބަށް ދިޔުމަކީ ފުކެއް ބޮޑުވަރު ކަމަށް ޝިޔާމު ވަނީ ވިދާޅުވެފައެވެ.
" ސިޔާސީވިޔަސް މީ ފުކެއް ބޮޑުވަރު. ކަންމަތިން މައިކެއް އަތުޖެހުނަސް ތިމާގެ ހޭބުއްދިފިލާ ދުނިޔެރަންވެފަ މިތިބެނީ. ފިއްތާލައްވާފަވިޔަސް ކޮންމެރެޔަކު އަވަހާރަފުޅު ލައްޕަވާއިރު 2023 ގައި ރައްޔިތުން އިންތިޚާބުކުރެއްވި ވެރިޔަކީ ޑރ. މުޢިއްޒޭ ހިތްޕުޅަށް ގެންނެވީމަ ބޮޑުތަނުން ރަނގަޅުވާނެ. ވެރިކަމަކީ ހެޔޮނިޔަތާއެކު ގަދައަޅާ މަސައްކަތްކުރާ ބަޔަކަށް الله سبحانه وتعالى ދެއްވާ އެއްޗެއް. އަދި އަޅުގަނޑުމެން އުނގެނި ޤަބޫލުކޮށްގެން މިތިބީހެޔޮ ޢަމަލު ކުރުންމަތީ ދެމި ތިބޭބަޔަކަށް ސުވަރުގެ ދެއްވަނީވެސް އެކަލާންގެ ކަމަށް. އެއީ ކަންމަތިތަކުން ނިންމާ ނިންމުންތަކެއް ނޫން. ތެދުމަގު ދައްކަވާށި." ޝިޔާމު ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.
އަދި 2023 ވަނަ އަހަރު ރައްޔިތުން އިންތިޚާބުކުރެއްވި ވެރިޔަކީ ޑރ. މުޙައްމަދު މުޢިއްޒު ކަން ހަނދާންކޮށްލުމަށް އެ ފަރާތްތަކަށް އިލްތިމާސް ކުރެއްވިއެވެ.
މި މައްސަލައާ ގުޅިގެން ސަރުކާރުގެ އިސް ފަރާތްތަކުން އަދި އެއްވެސް ބަޔާނެއް ނެރުއްވާފައެއް ނުވެއެވެ. ނަމަވެސް، ގިނަ ރައްޔިތުން ދަނީ މި ކަން ކުށްވެރިކުރަމުންނެވެ. ސިޔާސީ ވާދަވެރިކަން އޮތްނަމަވެސް، ޤައުމުގެ އެންމެ މަތީ ވެރިޔާއަށް އިޙްތިރާމް ކުރުމަކީ މުހިންމު ކަމެއް ކަމަށް ގިނަ ފަރާތްތަކުން ފާހަގަކުރެއެވެ.
Advertisement
19 އޭޕްރީލް 2025