އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނައިފަރުގެ ޤުރުއާން ކްލާސް ތަރައްޤީކުރުމަށް އިސްލާމީ މިނިސްޓްރީއާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

ނައިފަރުގެ ޤުރުއާން ކްލާސް ތަރައްޤީކުރުމަށް އިސްލާމީ މިނިސްޓްރީއާއެކު އެއްބަސްވުމުގައި ސޮއިކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 7 ސިކުންތު

ޅ. ނައިފަރުގައި އަމިއްލަ ފަރާތަކުން ހިންގަމުންދާ ޤުރުއާން ކްލާސް "ޝައިޚް ނާޒިލް އިންސްޓިޓިއުޓް" އިތުރަށް ތަރައްޤީކުރުމަށްޓަކައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން، ގިނަ ޙާފިޒުންތަކެއް އުފެއްދުމުގައި ކާމިޔާބު ވެފައިވާ މި ކްލާހުގައި އިތުރު ކްލާސްތައް ހިންގުމާއި، ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިކަމާ ގުޅޭގޮތުން ދެއްވި މަޢުލޫމާތުގައި، މި މަޝްރޫޢުގެ އަމާޒަކީ ކުރިއަށް އޮތް 7 މަސްދުވަހުގެ ތެރޭގައި އަމަލީ މަސައްކަތްތައް ނިންމުން ކަމަށް ވިދާޅުވިއެވެ. އަދި މި މަޝްރޫޢަށް ޚަރަދުކުރާނީ މިނިސްޓްރީގެ އިސްލާމިކް ވަޤުފު ފަންޑުން ކަމަށްވެސް އެ ވުޒާރާއިން ހާމަކުރެއްވިއެވެ.

މީގެއިތުރުން، އަންނަ ރަމަޟާން މަހުގެ 27 ވަނަ ރޭ (ލައިލަތުލް ޤަދުރު) އަށް މި ކްލާހުން 8 ދަރިވަރުން ޤުރުއާން ހިފްޒުކޮށް ނިންމާނެ ކަމަށް ލިބިފައިވާ މަޢުލޫމާތު އެ ވުޒާރާއިން ހިއްސާކުރެއްވިއެވެ. މިއީ ރާއްޖޭގެ ކުދި އާބާދީއެއްގައި ހިންގޭ ކްލާހަކުން ވަރަށް ކުރު މުއްދަތެއްގައި ޙާޞިލުކުރެވޭ ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ.

މި މަޝްރޫޢުގެ ސަބަބުން ނައިފަރުގެ ޤުރުއާން ކްލާހުގެ ފެންވަރު އިތުރަށް ރަނގަޅުވެ، އިތުރު ދަރިވަރުންނަށް ފުރުޞަތު ލިބި، ޤައުމީ ފެންވަރުގައި ޤުރުއާން ކިޔެވުމާއި ހިތުދަސްކުރުމުގެ ރޮނގުން އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު