އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގައި ދުންފަތް ވިއްކުމުގެ ލައިސަންސް ހޯދުމަށް ފުރުޞަތު ހުޅުވާލައިފި

ރާއްޖޭގައި ދުންފަތް ވިއްކުމުގެ ލައިސަންސް ހޯދުމަށް ފުރުޞަތު ހުޅުވާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 31 ސިކުންތު

ސިއްޙީ ވުޒާރާއިން މިއަދު އިޢުލާން ކުރެއްވި ގޮތުގައި، ރާއްޖޭގައި ދުންފަތް ވިއްކުމުގެ ލައިސަންސް ހޯދުމަށާއި ރާއްޖެއަށް އަލަށް އެތެރެކުރާ ދުންފަތުގެ ބާވަތްތައް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލައިފިއެވެ.

މިކަމާ ގުޅިގެން ސިއްޙީ ވުޒާރާއިން ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ ރާއްޖެއަށް ދުންފަތް އެތެރެކުރުމާއި ވިއްކުމަށް ހަތަރު ބާވަތެއްގެ ލައިސަންސް ދޫކުރާނެ ކަމަށެވެ. މި ހަތަރު ބާވަތުގެ ލައިސަންސްގެ ތެރޭގައި ހިމެނެނީ:

1. ދުންފަތުގެ ބާވަތްތައް ވަކިން ނުވަތަ ގަނޑުކޮށް ވިއްކުމުގެ ލައިސަންސް
2. ދުންފަތުގެ ބާވަތްތައް އިމްޕޯޓުކުރުމުގެ ލައިސަންސް
3. ދުންފަތުގެ ބާވަތްތައް ރިއެކްސްޕޯޓުކުރުމުގެ ލައިސަންސް
4. ދުންފަތުގެ އައު ބާވަތެއް ރަޖިސްޓްރީކުރުމުގެ ލައިސަންސް

ސިއްޙީ ވުޒާރާއިން އިތުރަށް ހާމަކުރެއްވި ގޮތުގައި މި ލައިސަންސްތައް ދޫކުރެވޭނީ 5 އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި މުއްދަތު ހަމަވުމުން އަލުން ލައިސަންސް އައު ކުރަންޖެހޭނެއެވެ. ލައިސަންސް ނެގުމަށާއި އައު ކުރުމަށްވެސް ފީ ދައްކަންޖެހޭނެ ކަމަށް ވުޒާރާއިން ވިދާޅުވެފައިވެއެވެ.

ލައިސަންސް ފީގެ ގޮތުގައި، ދުންފަތުގެ ބާވަތްތައް ވަކިން ނުވަތަ ގަނޑުކޮށް ވިއްކުމުގެ ލައިސަންސް ނެގުމަށާއި އައު ކުރުމަށް 5000 ރުފިޔާ ދައްކަންޖެހޭނެއެވެ. އަދި އެހެން ބާވަތްތަކުގެ ލައިސަންސް ނެގުމަށާއި އައު ކުރުމަށް 10،000 ރުފިޔާގެ ފީއެއް ދައްކަންޖެހޭނެ ކަމަށް ސިއްޙީ ވުޒާރާއިން ހާމަކުރައްވާފައިވެއެވެ.

"ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ އާންމު ޤަވާޢިދު" ގެ ދަށުން، ދުންފަތުގެ ވިޔަފާރީގެ މުޢާމަލާތްކުރާ އެންމެހައި ފަރާތްތަކުން މި ލައިސަންސް ނެގުން ލާޒިމު ކަމަށްވެސް ސިއްޙީ ވުޒާރާއިން ފާހަގަކުރައްވާފައިވެއެވެ.

މި އައު ނިޒާމުގެ ސަބަބުން ރާއްޖޭގައި ދުންފަތުގެ ވިޔަފާރި ހިންގާ ފަރާތްތަކުގެ މައްޗަށް އިތުރު ބާރުވެރިކަމެއް ލިބި، ދުންފަތުގެ ބޭނުންކުރުން ހަރުދަނާ ގޮތެއްގައި ކޮންޓްރޯލް ކުރެވޭނެ ކަމަށް އުއްމީދު ކުރެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު