އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަމާދުގަ އަލްހަމްދުކިޔަވާއިރު ކުރެވޭ ބޮޑު ކުށެއް!

ނަމާދުގަ އަލްހަމްދުކިޔަވާއިރު ކުރެވޭ ބޮޑު ކުށެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

ކީރިތި ޤުރްއާނުގެ އެންމެ އަކުރެއް ކީނަމަވެސް ކިޔަންވާނީ ވަރުވާތެރިކަމާއިއެކުގައެވެ. ބޮޑެތި ޢިލްމްވެރިން ދަރުސް ދެއްވާއިރުގައިވެސް ޤުރްއާނުން އާޔަތެއް ނުވަތަ އާޔަތެއްގެ ބައެއް ވިދާޅުވާނަމަވެސް ތަޖުވީދުމަގުން ރިވެތިކޮށް ވިދާޅުވަނީ އެސަބަބަށްޓަކައެވެ.

އެތަންކޮޅު ވިދާޅުވެގެންވެސް ﷲ ތަޢާލާގެ ޙަޟްރަތުން ޘަވާބު ހޯއްދެވުމުގެ ބޭނުންފުޅުގައެވެ. އަދި އެކަންކުރަން އޮތްގޮތަކީ އެއީކަން މީސްތަކުންނަށް އަންގަވައިދެއްވުމަށެވެ.

ބައެއް މީހުން ކިޔަވާއިރު ޞާދަށް ދޭންޖެހޭ ސަމާލުކަން ނުދީ ސީނުކިޔާ ގޮތަށް ކިޔައެވެ. އެގޮތަށް އެކަން ނުކުރާށެވެ. މިއީ ނަމާދުގައި އަލްޙަމްދުކިޔާއިރުވެސް ގިނަބައަކަށް ކުރެވޭ ބޮޑު ކުށެކެވެ. ސިރާތު މަގަކީ ކޮންމަގެއްކަމެއް އަހުރެންނަކަށް ނުއެނގެއެވެ. އަހުރެން ދަންނަނީ އަދި ބޭނުންވެގެން މިއުޅެނީ "ޞިރާޠު" މަގެވެ. އެމަގަށް އެދެވޭނީ ސީނުގެ ބަދަލުގައި ޞާދަކަށް ކިޔައިގެންނެވެ.

ކީރިތި ޤުރްއާން ކިޔެވުމާއިމެދު ދަންނާށެވެ! " މުޞްޙަފް ބަލައިގެން ކިޔެވިނަމަވެސް، ނުބަލާ ކިޔެވިނަމަވެސް، މީހެއްގެ އަޑުދަށުން ކިޔެވިނަމަވެސް ގުރްއާން ކިޔެވުމުން ލިބޭ ފުރިހަމަ ޘާވާބައި ދަރުމަ -އިންޝާ ﷲ- ލިބޭނެއެވެ.

ވީމާ އަބަދުވެސް ޤުރްއާން ކިޔަވަންވާނީ ރިވެތިކޮށް ތަޖުވީދުމަގުންނެވެ. އަކުރުތައް މަޚުރަޖުން ކިޔައިގެންނެވެ. ތަޖުވީދު ރަނގަޅަށް ނުއެނގޭ މީހާ ވީވަރަކުން ސަމާލުކަންދޭނީއެވެ. އަދި ޢުމުރަސް ނުބަލައި އެކަމަށް މަސައްކަތްކޮށް ދަސްކުރާނީއެވެ. އެއީ އެމީހަކަށް ކުރެވޭނެ އެންމެ ފައިދާހުރި މަސައްކަތެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް