އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 51 ސިކުންތު
"ސުންނަތް ރޯދަހިފުމާއި ކަށުނަމާދުގައި ބައިވެރިވުމާއި މިސްކީނުންނަށް ކާންދިނުމާއި ބަލިމީހުންނަށް ޒިޔާރަތްކުރުމާއި" މިކަންކަން އެދުވަހު ކުރެއްވީ ކޮން ޞަހާބީއެއްތޯ ރަސޫލް ﷺ ސުވާލުކުރެއްވެވުމުން އަބޫބަކުރުގެފާނު ވިދާޅުވީ އެކަލޭގެފާނު އެދުވަހު އެހުރިހާ ކަންކަންވެސް ކުރެއްވެވިކަމަށެވެ. ދެން ރަސޫލް ﷺ ޙަދީޘްފުޅު ކުރެއްވެވީ މިސިފަތައް އެމީހެއްގެ ކިބައިގައި ހުރިނަމަ (އެކަންކަން ކުރާނަމަ) އެމީހަކު ސުވަރުގެވަންނާނެ ކަމަށެވެ.
ރަމަޟާން މަސް ނިމުނު ނަމަވެސް ރޯދަހިފުން ސުންނަތް ވެގެންވާ ދުވަސްތައް ބައިވަރެވެ. އާޝޫރާ ދުވަސް، ޢަރަފާތު ދުވަސް ހޯމަ ބުރާސްފަތި، ހަނދުމަހުގެ 13،14،15 3 ދުވަސްތަކުގައި ރޯދަހިފުންމަތީގައި ދެމިހުންނާށެވެ. ޝައްވާލް މަހުގެ 6 ރޯދަހިފުމަކީ މުޅި އަހަރުދުވަހު ރޮދަހިފުން ފަދަ ކަމެކެވެ.
އަދި ވީވަރަކުން އަބަދުވެސް ޞަދަޤާތްކުރަމުން ގެންދާށެވެ. ހުކުރު ދުވަހު ޞަދަޤާތްކުރުމުގެ އިތުރުކަން ޢިލްމްވެރިން ފާހަގަކުރައްވައެވެ. ވީމާ ވީވަރަކުން އާއިލާގެ މީހުންނަށް ކަމަށްވިޔަސް، މައިންބަފައިނަށް ކަމަށްވިޔަސް، ނިކަމެތިންނަށްވެސް ކޮންމެވެސް މިންވަރަކުން ޞަދަޤާތްކުރުންމަތީގައި ދެމިތިބޭށެވެ.
--ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސަކުން
Advertisement
20 އޭޕްރީލް 2025