އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެދޭ ކަންކަން ﷲ ތަޢާލާ ހިންމަވައި ދެއްވަވާނެ ގޮތާ އެމީހަކު ދަތި އުނދަގޫ ޙާލަތަށް ދޫކޮށްލައްވަވާނެ ސަބަބު!

އެދޭ ކަންކަން ﷲ ތަޢާލާ ހިންމަވައި ދެއްވަވާނެ ގޮތާ އެމީހަކު ދަތި އުނދަގޫ ޙާލަތަށް ދޫކޮށްލައްވަވާނެ ސަބަބު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 17 ސިކުންތު

އަށް ބަރޯސާވެ، އެމީހެއް އެ އެދޭ ކަންތައްތައް އެއިލާހުގެ ޙަޟްރަތުން އެދޭނަމަ އެމީހަކު އެއިލާހަށް ރުޖޫޢަވާނެއެވެ. އަދި އޭނާގެ ހުރިހާކަމެއް އެއިލާހާ ހަވާލުކުރާނެއެވެ. 

އޭރުން އެމީހާ އެދޭ ކޮންމެ ކަމެއް އެއިލާހު ފުއްދަވާދެއްވާނެއެވެ. އަދި ކޮންމެ ދަތިކަމެއް ފަސޭހަކޮށްދެއްވާނެއެވެ. 

އަދި އެއިލާހު ނޫން އެހެން ފަރާތަކާ އެމީހެއްގެ ހިތް ގުޅި ނުވަތަ އެމީހެއްގެ ޢަމަލާއި ބުއްދިއާއި ތަވީދުފަދަ ތަކެއްޗަށް ބަރޯސާވެ އަދި އެމީހެއްގެ އަމިއްލަ އާރާއި ބާރަށް ބަރޯސާވެއްޖެނަމަ، ﷲ ތަޢާލާ އެމީހަކު އެ އެއްޗަކާ ހަވާލުކުރައްވާނެއެވެ.  އަދި އެއިލާހު އެމީހަކު ދޫކޮށްލައްވާނެއެވެ. 

އެފަދަ ކަންކަމުގައި އެބައިމީހުން ކިތަންމެ ބުރަ މަސައްކަތެއް ކުރިޔަސް، ﷲ ތަޢާލާ ކަނޑައަޅުއްވާފައިވާ މިންވަރެއް މެނުވީ ޙާޞިލު ނުވާނެއެވެ 

[خطوات إلى السعادة لد. عبدالمحسن القاسم (ص: 41 - 42)]

 

- އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް