އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުރީދޫ ސްމާޓާ ހޯމް: ސްމާޓް ޑިވައިސްތަކާއި ސީމްލެސް ކަނެކްޓިވިޓީ އާއެކު ސްމާޓާ ހޯމްއެއް ބިނާކުރައްވާ

އުރީދޫ ސްމާޓާ ހޯމް: ސްމާޓް ޑިވައިސްތަކާއި ސީމްލެސް ކަނެކްޓިވިޓީ އާއެކު ސްމާޓާ ހޯމްއެއް ބިނާކުރައްވާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 53 ސިކުންތު

އުރީދޫ މޯލްޑިވްސް އިން ސްމާޓް ޑިވައިސްތައް ސީމްލެސް ބްރޯޑްބޭންޑް ކަނެކްޓިވިޓީގެ ބާރުން އިންޓަގްރޭޓްކޮށް އާންމު ދިރިއުޅުމަށް ބަދަލުގެނައުމުގެ މަގްސަދުގައި ސްމާޓާ ހޯމް އިނީޝިއޭޓިވް އެއް ތައާރަފްކޮށްފިއެވެ.

ކޮންމެ ސުޕަނެޓް ކަނެކްޝަނަކާ އެކު ކަސްޓަމަރުންނަށް މިހާރު ބަންޑަލްޑް އޮފާއެއްގެ ގޮތުގައި، ސެކިއުރިޓީ ކެމެރާ އާއި ސްމާޓް ޑޯބެލް އަދި ކްލައުޑް ސްޓޯރެޖާއެކު ޒަރޫރީ ސްމާޓް ހޯމް ޑިވައިސްތައް ހިމަނައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ގޭބިސީތަކަށް ލުއި ފަސޭހަކަމާއި ސަލާމަތާއި ހިތްހަމަޖެހުން ލިބިގެންދާނެއެވެ. އަދި މިހާރު ސުޕަނެޓް ބޭނުންކުރަމުންދާ ފަރާތްތަކަށްވެސް މި ސްމާޓާ ހޯމް ބަންޑްލް ނެގުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

އަލަށް ތައާރަފްކުރި މި އޮފާއަކީ ކަސްޓަމަރުންނަށް ރިމޯޓްކޮށް ގެތައް މޮނިޓާކޮށް ރައްކާތެރިކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީ ސްމާޓް ގެތައް އުފެއްދުމަށް ފަރުމާކޮށްފައިވާ އޮފާއެކެވެ. އުރީދޫ ސުޕަނެޓް، އުރީދޫގެ ހައި ސްޕީޑް ބްރޯޑްބޭންޑް އިންޓަނެޓް މެދުވެރިކޮށް ބޭނުންކުރާ މި ޑިވައިސްތަކުގެ ސަބަބުން މެދުކެނޑުމެއް ނެތި ކަނެކްޓިވިޓީ ކަށަވަރުވެ، ގޭގެ ވެރިންނަށް ކޮންމެ ތަނަކުން ވެސް ރިއަލް ޓައިމް އަޕްޑޭޓާއި އެލާޓް ލިބޭނެ އެވެ.

މި މަސައްކަތުގެ މައިބަދަ ކަމަށްވާ އުރީދޫ ސުޕަނެޓުން އިތުބާރު ހިފޭ ބްރޯޑްބޭންޑް ކަނެކްޓިވިޓީ ފޯރުކޮށްދީ، މި ސްމާޓް ޑިވައިސްތައް މެދުކެނޑުމެއް ނެތި ފަސޭހަކަމާއެކު މަސައްކަތް ކުރުމަށް މަގުފަހިކޮށްދެ އެވެ. ލައިވް ކެމެރާ ފުޓޭޖް ސްޓްރީމް ކުރިޔަސް ނުވަތަ ޑޯބެލް އެލާޓްލިބުނު ނަމަވެސް ކަސްޓަމަރުންނަށް އެންމެ ރަނގަޅު ޕާފޯމަންސެއް ލިބިގެންދާނެއެވެ. އުރީދޫ ސުޕަނެޓަކީ ފުލީ އިންޓަގްރޭޓެޑް ސްމާޓް ހޯމް އެކްސްޕީރިއަންސަކަށް އެންމެ ރަނގަޅު ހައްލަކަށް ވެގެންދާނެ އެވެ.

ސްމާޓާ ހޯމް ބަންޑަލް ސުޕަނެޓު ބޭނުން ކުރާ ފަރާތްތަކާއި، މުޅިން އަލަން ސުޕަނެޓު ނަންގަވާ ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.، ޒަމާނީ ސްމާޓް ޓެކްނޮލޮޖީއާއެކު ގެތައް އަޕްގްރޭޑް ކުރަން ކުރިއަށްވުރެ ފަސޭހަވެގެން ދާނެ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު