އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިބާގެ ހަށިގަނޑުގެ އިތުރުން ހިތުގަ އަޅާވޭނާ އަދި ދިރިއުޅޭ ޙާލުވެސް ﷲ ތަޢާލާ ވަޤުތުން ބައްލަވައިވޮޑިގެންވޭ! އެޙާލުގަ އަބަދަށް ދޫކޮށެއް ނުލައްވަވާނެ!: މުފްތީ މެންކް

ތިބާގެ ހަށިގަނޑުގެ އިތުރުން ހިތުގަ އަޅާވޭނާ އަދި ދިރިއުޅޭ ޙާލުވެސް ﷲ ތަޢާލާ ވަޤުތުން ބައްލަވައިވޮޑިގެންވޭ! އެޙާލުގަ އަބަދަށް ދޫކޮށެއް ނުލައްވަވާނެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު

މުޅި ދުނިޔެއަށް ބެލިނަމަވެސް އެންމެ ގިނަ ބައަކަށް އެންމެ ބޮޑު މައްސަލައަކަށްވަނީ ހިތުގައި އަޅާ ވޭންތަކެވެ. ވޭންއަޅަނީ މީހެއްގެ ސަބަބުން ކަމަށްވާނަމަ އެކަންވާނީ އެމީހަކު ކުރާ އަނިޔާއަކަށެވެ. އަނިޔާ ލިބިގެންވާ މީހާގެ ދުޢާއަށް އެއްވެސް ހުރަހެއް ނެތެވެ.

އަހަރެމެން އެންމެންނަކީވެސް ﷲ ތަޢާލާ އުފެއްދެވި އެކަލާނގެއަޅުތަކުންނެވެ. އަހަރެމެން ކޮންމެ މީހެއްގެ ގައިގައި ކިތަންމެ ކުޑަ ވޭނެއް އެޅިނަމަވެސް އެކަލާނގެ އެކަން ދެނެވޮޑިގެންވެއެވެ. އަދި އަހަރެމެންކުރާ ދުޢާވެސް އައްސވައިވޮޑިގެންވެއެވެ. ގައަށް ކަށްޓެއް ހެރިގެން ތަދުވިނަމަވެސް އެކަމުގެ ސަބަބުން ފާފައެއް ފުއްސަވައިދެއްވަވަނީ އެކަން ދެނެވޮޑިގެންވާތީ ނޫންހެއްޔެވެ؟

ވީމާ އަޅާ ކޮންމެ ވޭނަކަށް އެކަލާނގެ ރަޙްމަތް ލައްވަވާނެތެވެ! އެމީހެއްގެ ފާފަތައް ފުއްސަވައި ދެއްވަވާނެތެވެ! އަދި ކެތްތެރިވުމުން އެމީހަކަށް ހީވެސް ނުކުރެވޭ ވަރުގެ ބޮޑެތި ރަޙްމަތް ލައްވަވާނެތެވެ! އެކަންކަން ޔަޤީންކޮށްގެން ހުރުމަކީ ކުރިމަތިވާ ކޮންމެ ކަމަކުން އަރައިގަތުމަށް ހިތްވަރު ލިބޭނެ ކަމެކެވެ.

ވޭން ގަދަވާ ވަގުތުތަކުގައި ހިތްދަތިކަން އިތުރުވާނެއެވެ. މާޔޫސްކަންވެސް ބޮޑުވާނެއެވެ. ނަމަވެސް ކެތްތެރިވެލަން މަސައްކަތްކުރާށެވެ! ﷲ ތަޢާލާ އެމީހަކަށް އެކަމަށް ހިތްވަރު ދެއްވަވާނެތެވެ! އިން ޝާ ﷲ

ހިތާމަތަކާ ހިތްދަތިކަމުގެ އިތުރުން ތަފާތު ބަލިތަކުގައި ވަރަށް ބޮޑަށް ވޭން އަޅަމުންދާ މީހުން ވަރަށް ގިނައެވެ. ކޮންމެ ބާވަތެއްގެ ވޭނެއް ނަމަވެސް އިޙްޞާޞްކުރަންޖެހުމަކީ ކޮންމެ މީހަކަށްވެސް ކުރިމަތިވާނެ އެންމެ ބޮޑު ތަކްލީފްވެސްމެއެވެ. އެއީ ތަކްލީފެއް ކަމަށް ނުދެކެ ރަޙްމަތެއް ކަމުގައި ބަލައިފިނަމަ އެމީހަކަށް އެކަން ވެގެންދާނީ ރަޙްމަތަކަށެވެ! އިން ޝާ ﷲ

--މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް