އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 47 ސިކުންތު
މިހާރަކަށް އައިސް އިސްލާމް ދީނުގައި ތިމާގެ ދާއިރާ ހަނިކުރަމުންގޮސް އިސްލާމް ދީނުގައި މަނާކުރައްވަވާފައިވާ ކަންކަން އެހެން މީހަކު ކުރާނަމަ އެއީ މައްސަލައެއް ނޫންކަމަށް ދެކޭ ބައަކު އެބަ އުޅެއެވެ. އެމީހުން ދެކޭ ގޮތުގައި އެއީ އެމީހުންނާއި ބެހޭ މައްސަލައެއް ނޫނެވެ. ވީމާ އެފަދަ ކަންކަން ކުރާ މީހުންނާއިމެދު އެއްވެސް މައްސަލައެއް އޮންނާކަށް ނުޖެހެއެވެ.
މިޘާލަކަށް މީހަކު ބަނގުރާ ވިއްކާތަނެއް ހުޅުވީއެވެ. ހަށިވިއްކާތަނެއް ހުޅުވީއެވެ. އެއްޖިންސުން ގުޅުން ހިންގަނީއެވެ. މިއިން އެއްވެސް ކަމަކީ އޭނާއަށް އެއްވެސް މައްސަލައަކަށް ނުވެއެވެ. އެކަންކަންކުރާ މީހުންނާއި ގުޅުން ބާއްވައިގެން އުޅެނީއެވެ.
މިއީ މިކަން ދީނުގައި އޮތްގޮތެއް ނޫނެވެ. މީހުން ކުރާ ކަންކަން ހުއްޓުވުމުގެ ބާރު ލިބިގެންނުވާތީ ކުރެވޭނެ ކަމެއް ނެތީމައި އެއްވެސް ކަމެއް ނުކުރެވުނަސް އެއްވެސް މުސްލިމަކު މިފަދަ އެއްވެސް ކަމަކަށް ރުހިގެންނުވާނެއެވެ. އަދި އަނެކާ އެފަދަ ކަމެއް ކުރުމަކީ މައްސަލައެއް ނޫންކަމަށް ދެކެގެންވެސް ނުވާނެއެވެ.
އެހެނީ އިސްލާމް ދީނުގައި ކުރުން ނަހީކުރައްވަވާފައިވާ އެއްވެސް ކަމެއް ކުރުމަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި މައްސަލައެކެވެ. ތައުބާ ނުވިނަމަ ޢަޛާބް ދެއްވަވާނެ ކަމެކެވެ. އެވަރުގެ ކަމެއް އެއީ ތިމާއަށް މައްސަލައަކަށް ނުވާންވީ ކީއްވެގެން ހެއްޔެވެ؟ އަހުރެން ބުނާނީ އެހެން މީހަކު ނަމަވެސް އިސްލާމް ދީނުގައި ކުރުން ނަހީކުރައްވަވާފައިވާ ކަމެއް ކުރުމަކީ މައްސަލައެއް ޏޫންކަމަށް ޤަބޫލުކުރެވޭނަމަ އެމީހަކު އެކުރަނީ ކުފުރުގެ ޢަމަލެއް ކަމަށެވެ. އެއީ ކުފުރަށް ނުވާނެ ގޮތެއް ނެތެވެ.
- ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން
Advertisement
21 އޭޕްރީލް 2025