އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރިފުޅު ލޯބިވެރިއަކު ހޯދައިގެން ގެނެސް ކުރިމަތީގާ ބެހެއްޓީމާ އޮތީ ކައިވެނިކޮށްދިނުން! ނަޞޭޙަތްދިނުމާ މަޝްވަރާ ކުރުމަކީ އެއިގެ ކުރިން ކުރަންޖެހޭ ކަންކަން!: މުފްތީ މެންކް

ދަރިފުޅު ލޯބިވެރިއަކު ހޯދައިގެން ގެނެސް ކުރިމަތީގާ ބެހެއްޓީމާ އޮތީ ކައިވެނިކޮށްދިނުން! ނަޞޭޙަތްދިނުމާ މަޝްވަރާ ކުރުމަކީ އެއިގެ ކުރިން ކުރަންޖެހޭ ކަންކަން!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 45 ސިކުންތު

ދަރިން ބޮޑެތިވެ ކައިވެނިކުރާ ޢުމުރަށް އެޅި ކައިވެނިކުރަން އުޅުމުން އެކަމަށް މައިންބަފައިން ހުރަސް އެޅުމުގެ މައްސަލަތައް ކުރިމަތިވާތީ މައިންބަފައިންނަށް ވިސްނައިދެވޭނެ ގޮތަކާއިމެދު ކިޔުންތެރިން ސުވާލުކުރެއެވެ.

ތިރީގައި އެވަނީ މިފަދަ ކަންބޮޑުވުންތަކަށް ޖަވާބު ލިބޭ މުފްތީ މެންކްގެ ބަސްފުޅެކެވެ. ބުނެލަން އޮތީ މަންމަ މެންނާއި ލިޔުން ޝެއާކޮށްލާށެވެ! ޙަޤީޤަތް އެނގި ޙައްލެއް ފެނިދާނެއެވެ. އިން ޝާ ﷲ

ދަރިންނާއިމެދު މައިން ބަފައިން ކުރާ އުންމީދުތަކެއް ހުންނާނެއެވެ. ވީމާ ޔުނިވަރސިޓީ ތައުލީމު ޙާޞިލުކުރުމަށް ވެސް އުންމީދު ކުރާނެއެވެ. ނަމަވެސް ސުވާލަކީ އެހުރިހައި އުންމީދުތަކެއް ކުރާއިރު ދަރިފުޅު ބެލެހެއްޓުނީ ކިހައިވަރަކަށް ހެއްޔެވެ؟ މިއަދު ދަރިފުޅު އެހެރީ އޭނާ ކައިވެނިކުރަން ބޭނުންވާ މީހާ ގޮވައިގެން އައިސް މައިންބަފައިންގެ ކުރިމަތީގައެވެ.

ބައެއް ޙާލަތްތަކުގައި ވަރަށް ހަގު އުމުރުގައިވެސް ކައިވެންޏަށް އެދިގެން ދަރިން އާދެއެވެ. ކައިވެނި ކުރަން ބޭނުންވާ މީހާ ގޮވައިގެން ވެސް މައިންބަފައިންގެ ކުރިމައްޗަށް އެބަ އާދެއެވެ. އެހާލަތުގައި ބެލެނިވެރިންނަށް ކުއްލި ޝޮކެއް ވެސް ލިބިދާނެއެވެ. ތިމާގެ ދަރިފުޅު މިހައި އަވަހަށް ކައިވެންޏެއް ކުރަން ނިންމުމުންނެވެ. ޔުނިވަރސިޓީ ތައުލީމްވެސް އަދި ފުރިހަމަ ނުކުރާތީއެވެ.

ލޮބުވެތި މައިންބަފައިންނޭވެ! އެ ދަރިފުޅު މިއަދު އޭނާ ކައިވެނިކުރަން ބޭނުންމީހާ ގޮވައިގެން އައިސް އެހެރީ މައިން ބަފައިންގެ ކުރިމަތީގައެވެ. މައިން ބަފައިން އެކަން ޤަބޫލުކުރަން ބޭނުމެއް ނުވެއެވެ. ކައިވެނިކުރަން ހުއްދަ ދޭން ބޭނުމެއް ނުވެއެވެ. އެހެންކަމަށްވާއިރު ނިކަން ބުނެބަލާށެވެ! ތިބާގެ ދަރިފުޅު، މިއަދު އެމީހަކާއިއެކު އައިސް ތިބާގެ ކުރިމަތީގައި ހުރި މީހާ ޢާއިއެކު ކިތަށް ފަހަރު ކިތައް ގޮތަށް ޖިންސީ ގުޅުން ހިންގައިފިހެއްޔެވެ؟

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކައިވެނި ކުރުމުގެ ހުއްދަ ނުދީ ހިފެހެއްޓިދާނެއެވެ. ނަމަވެސް މިކުރި ސުވާލަށް ޖަވާބު ދެވޭނީ ކިތައް ބެލެނިވެރިންނަށް ހެއްޔެވެ؟ މިކުރި ސުވާލަށް ޖަވާބު ދެވޭނެ ބެލެނިވެރިންގެ ކުރިމައްޗަށް ދަރިން ގޮސް އެގޮތަކަށް ނުއަރާނެއެވެ.

ކިތަންމެ ގިނަ ބައަކު ދެކޮޅު ހެދިނަމަވެސް އަދި ޤަބޫލުކުރަން ބޭނުން ނުވި ނަމަވެސް މިއީ މިއަދު މުޖުތަމައުތަކުގައި ހާލު ހުރި ގޮތެވެ. ކަންކަން ހިނގަމުންދާ މަގެވެ. ދަރިން ބޮޑެތި ވެގެން އަންނައިރު ބަލަހައްޓަން ސަމާލުކަމެއް ނުދެވެއެވެ. ސަމާލުކަން ދޭން މިފެށެނީ ކައިވެންޏަކާއި ހަމައަށް ކަންކަން ދިއުމުންނެވެ.

ދަރިންނަށް ކަންކަން މަނާކުރަންވީ ވީއްލިގެން ދާނެހައި ހިސާބަކަށް ދިއުމަކުން ނޫނެވެ، އެއިގެ މާކުރިންނެވެ. އެއިރު ކަންކަން މަނާ ނުކުރވިއްޖެ ނަމަ ދެން އޮތް އެންމެ ރަނގަޅު ގޮތަކީ ދަރިން ވީއްލިގެން ގޮސް އިޚްތިޔާރުކުރި ބައިވެރިޔާ އާއިއެކު ޒަވާޖީ ޙަޔާތެއް ފެށުމުގެ މަގު ފަހިކޮށް ދިނުމެވެ. ފަހަރެއްގައި ކައިވެނި ރޫޅި އިތުރު ތަކްލީފްތަކެއް ޖެހިވެސް ދާނެއެވެ. އެކަން ބަލައިގަންނަން ތައްޔާރަށް ތިބޭށެވެ.

ރަމަޟާން މަސް ފެށިގެން ކުރިއަށް މިދަނީއެވެ. ތިމާމެންގެ އަންހެން ދަރިން ގެއިން ބޭރުގައި ވަގުތު ހޭދަކުރަނީ ކޮންބައަކާއިއެކު ކީއްކުރަންކަން ބެލެނީ ކިތައް ބެލެނިވެރިންނަށް ހެއްޔެވެ؟ ބާލިޣްވެފައި ތިބި އަންއެން ދަރިން ރެސްޓޯރަންޓްތަކާއި ކޮފީޝޮޕްތަކުން ދުވަން އެކަނި ފޮނުވަން ހުއްދަ ދިނީ ކާކުހެއްހެވެ؟ ފުރަތަމަ ހޯދަންވީ އެމީހަކު ނޫން ހެއްޔެވެ؟ ހަމަ ގައިމުވެސް އެއީ ﷲ ތަޢާލާ އެއްވެސް ބެލެނިވެރިއަކަށް ދެއްވަވާފައިވާ ހުއްދައެއް ނޫނެވެ.

 

  • މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް