އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަގުމަތީގަ ނުވަތަ ބާޒާރުގަ ނުވަތަ އޮފީހުގަ އުޅޭއިރު ލޮލާ ދިމާވާ ތަންތަން ފެނުމުން ފާފަވެރިވާނެތަ؟

މަގުމަތީގަ ނުވަތަ ބާޒާރުގަ ނުވަތަ އޮފީހުގަ އުޅޭއިރު ލޮލާ ދިމާވާ ތަންތަން ފެނުމުން ފާފަވެރިވާނެތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 51 ސިކުންތު

މިއަދު ބެލުންތައް ތިރިކުރަން ޖެހިފައި މިވަނީ ހަމައެކަނި މަގުތަކުގައާއި ބާޒާރުތަކަކު ނޫނެވެ. ހުޅުމާލެ އާއި މާލޭގެ ސަޙަރާ މިސްކިތުގައިވެސް އެ މައްސަލަ މިވަނީ ވަރަށް ބޮޑުވެފައެވެ. ފޭރާންލީނަމަވެސް އަޢުރަނިވާނުކޮށް ގޮސްތިބޭ އަންހެނުން (ބައެއް ޖަނާޒާތަކުގައި) ގިނަކަމުންނެވެ. ފިރިހެނުންވެސް ހިނގަން އޮތް ސަރަޙައްދުތަކުގައި އެގޮތަށް ފުނިޖެހިގެން ފިތެންޖެހޭ ގޮތަށް ތިބޭތީއެވެ.

އެހެންވެ ލޮލުންކުރެވޭ ފާފައަށް ބިރުވެތިވެ ގިނަ ބައަކު ސުވާލުކުރާތީ މިގެނެސްދެނީ ޖަވާބުލިބޭނެ ލިޔުމެކެވެ. މައްސަލައަކީ އެއްމައްސަލައަކަށްވާތީ މިގެނެސްދެނީ ހަމަ ކުރިންވެސް ދީފައިވާ ޖަވާބެވެ.

ބެލުންތަކަށް ރައްކައުތެރިވާން ވަރަށް ބޮޑަށް މަސައްކަތްކުރަމެވެ. އެކަމަކުވެސް ގެއިން ބޭރުގައި އުޅޭއިރު ބެލުމުން ފާފަވެރިވާ ފަދަ ކަންކަން ފެނެއެވެ. އެހެންވީމާ އަޅުގަނޑުގެ ސުވާލަކީ "ބޭރުގައުޅޭއިރު ލޮލާ ދިމާވާ ތަންތަން ފެނުމުން ފާފަވެރިވާނެތޯ؟"އެވެ.

ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބުގައި ފުރަތަމަ މިދަންނަވަނީ މުފްތީ އިސްމާޢީލް މެންކުގެ ބަސްފުޅެކެވެ.

"ތިބާ ބޭރުގައި އުޅޭއިރު، މަގުމަތިންވިޔަސް އަދި ކޮންމެ ތަނަކުން ނަމަވެސް ބަލައިގެން ނުވާނެ (ބެލުން ހުއްދަނޫން) ތަނެއް ލޮލާއި ދިމާވުމުގެ ސަބަބުން (އެއްފަހަރު) ފެނުމަކުން ފާފަވެރިއެއް ނުވާނެއެވެ. ފާފަވެރިވާނީ ދެވަނަފަހަރަށް ބެލީމައެވެ. ނުވަތަ ފެނުމުން އިސް ތިރިނުކޮށް ބަލަހައްޓައިގެން ހުރީމައެވެ."

ޑރ. އިޔާޟްގެ ޖަވާބެއް:

ސުވާލު:. މަގުމަތިން ހިނގާފައިދާއިރު ވަރަށް ގިނައިން އަންހެންކުދިން ފެނެއެވެ. ބަލާލަނީ ގޯސްނިޔަތާ ނުލައެވެ. އެހެންނަމަވެސް ފެނުނީމާ ދެވަނަ ފަހަރަށް ވެސް ބެލެނީއެވެ. ބޭރަށް ނުނުކުމެވެސް ނޫޅެވޭނެނޫންތޯއެވެ؟ މިޒަމާނުގާ އިސް ތިރިކޮށްގެން އުޅެން އަންގަވާފައި ވެއެވެ. އެހެނަސް މާލެ މަގުގައި ދުއްވާ އެއްޗެހީގެ ބާރުބޮޑުކަމާއި މީހުން ގިނަކަމުން އިސް ތިރިކޮށްގެން އުޅެން އުނދަގޫވެއެވެ. މިޙާލަތުގައި ގަސްތަކާނުލާ ބުރުގާނާޅާ އަދި އަންހެނުންގެ އައުރަ ފެންނަންޏާ ހަދަންވީ ކިހިނެއްތޯ؟ ފާފަވެރިވާނެތޯ؟

ޖަވާބު:. ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ. "ސުވަރުގެ ވަށާލެވިފައިވަނީ ހިތްނޭދޭ ކަންތަކުންނެވެ. އަދި ނަރަކަ ވަށާލެވިފައިވަނީ ހިތްއެދޭ ކަންތަކުންނެވެ" ވީމާ، ކިތަންމެ ބަލާހިތްވީ ނަމަވެސް ސުވަރުގެ ހޯދުމުގެ ނިޔަތުގައި ބެލުންތިރި ކޮށްލާނީ އެވެ. ތިބާގެ އަންހެނުން މަގުމަތިން ދަނިކޮން ހިލޭ ފިރިހެނުން އޭނާއަށް ބަލަން ނުރުހޭފަދައިން އެހެންމީހުންވެސް ނުރުހޭނެކަން ހަނދާން ކުރާށެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް