އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް މުޢިޒުގެ "ރަތްރޮނގު" ހިމާޔަތްކުރުމަށް ކެނޑިނޭޅި ދަނީ މަސައްކަތްކުރަމުން: ދިފާޢީ ވަޒީރު

ރައީސް މުޢިޒުގެ "ރަތްރޮނގު" ހިމާޔަތްކުރުމަށް ކެނޑިނޭޅި ދަނީ މަސައްކަތްކުރަމުން: ދިފާޢީ ވަޒީރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 10 ސިކުންތު

ވެރިކަމާ ހަވާލުވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިޒު އިބްރާހީމް ދެންމެވި "ރަތްރޮނގު" ގެ އެތެރެ ހިމާޔަތްކުރުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންދާ ކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެއެވެ.

ދިފާޢީ ވުޒާރާގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޣައްސާން ވިދާޅުވީ، ދިވެހިންނަކީ އެއްވެސް އިރެއްގައި އިސްވެ ހަނގުރާމަކުރި ނުވަތަ އެއްވެސް ޤައުމަކާ ހަނގުރާމަކުރާނެ ބައެއް ނޫން ކަމަށެވެ. އެހެންނަމަވެސް، ޤައުމުގެ އަސްކަރީ ޤާބިލިއްޔަތުކަން އިތުރުކުރުމަށް ކުރަންޖެހޭ މުހިންމު މަސައްކަތްތަކެއް ރައީސް މުޢިޒު ވެރިކަމާ ހަވާލުވެވަޑައިގެން ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ވޭތުވެދިޔަ 15 އަހަރަށްވުރެ ގިނަ ދުވަހު އިޖާބަ ނުދެވި އިހުމާލުވެފައިވާ ކަންތައްތަކެއް އެބަހުރި. މި އިހުމާލުގެ ސަބަބުން އަޅުގަނޑުމެންގެ ފަސްގަނޑުން ސީދާ ނުރައްކާތެރި ހަރަކާތްތަކެއް ފެނިފައިވޭ،" ވަޒީރު ޣައްސާން ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ވޭތުވެދިޔަ 10 އަހަރެއްހާ ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ސީދާ އަސަރުކުރާފަދަ ނުރައްކާތެރި ނިރުބަވެރި ހަމަލާތައް ޤައުމުގެ އިސްވެރިންނަށް ދިނުމުގެ ޖާގަ ލިބިފައިވަނީ ޤައުމަށްވުރެ އެހެން ކަންކަން އިސްކުރުމުގެ ސަބަބުން ކަމަށެވެ.

މި ބައްދަލުވުމުގައި ވަޒީރު ޣައްސާން އިތުރަށް ވިދާޅުވީ، ރައީސް މުޢިޒުގެ ސަރުކާރުން ޤައުމުގެ މިނިވަންކަމާއި ސަލާމަތަށް އިސްކަންދެއްވާ ކަމަށާއި، އެކަމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު