އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސްޓެލްކޯގެ އިންޖިނިއަރިންގ ސްކޮލަރޝިޕް ޕްރޮގްރާމާ ގުޅޭ މަޢުލޫމާތު ދިނުމަށް ސެޝަނެއް ބާއްވަނީ

ސްޓެލްކޯގެ އިންޖިނިއަރިންގ ސްކޮލަރޝިޕް ޕްރޮގްރާމާ ގުޅޭ މަޢުލޫމާތު ދިނުމަށް ސެޝަނެއް ބާއްވަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ހިންގާ "މެރިމެރިޓް ބޭސްޑް އިންޖިނިއަރިންގ ސްކޮލަރޝިޕް" ޕްރޮގްރާމާ ގުޅޭ މަޢުލޫމާތު ދިނުމަށް ޚާއްޞަ ސެޝަންތަކެއް ބޭއްވުމަށް ނިންމައިފިއެވެ. މި ސެޝަންތައް އަމާޒުކުރެވިފައިވަނީ މި ސްކޮލަރޝިޕް ޕްރޮގްރާމަށް ޝައުޤުވެރިވާ ފަރާތްތަކަށެވެ.

ސްޓެލްކޯއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ސެޝަންތަކުގެ ތެރެއިން ފުރަތަމަ ސެޝަން އޮންނާނީ 2025 އޭޕްރީލް 24 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އިން 12:00 އަށް ސްޓެލްކޯގެ ޓްރެއިނިންގ ރޫމްގައެވެ. މި ރޫމް ހުންނާނީ ސްޓެލްކޯ އިމާރާތުގެ ފަސްވަނަ ފަންގިފިލާގައެވެ. މި ސެޝަނަކީ ވޯކް-އިން އިންފޮމޭޝަން ސެޝަނެއްގެ ގޮތުގައި ބޭއްވޭ ސެޝަނެކެވެ.

މީގެ އިތުރުން، އޮންލައިން މެދުވެރިކޮށް އިތުރު އިންފޮމޭޝަން ސެޝަނެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި އޮންލައިން ސެޝަން އޮންނާނީ ހަމަ އެ ދުވަހުގެ މެންދުރުފަހު 13:00 އިން 14:00 އަށެވެ. އޮންލައިން ސެޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރުމުން، އެ ސެޝަނަށް ރަޖިސްޓަރ ކޮށްދިނުމަށްފަހު މީޓިންގ ލިންކު ފޮނުވައިދެވޭނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

މި ދެ ސެޝަންގައިވެސް ސްޓެލްކޯގެ "މެރިޓް ބޭސްޑް އިންޖިނިއަރިންގ ސްކޮލަރޝިޕް" އާ ގުޅޭ ހުރިހާ މަޢުލޫމާތެއް ދެވިގެންދާނެ ކަމަށް ސްޓެލްކޯއިން ވަނީ ހާމަކޮށްފައެވެ. މި ސްކޮލަރޝިޕް ޕްރޮގްރާމަކީ ސްޓެލްކޯއިން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށްވާތީ، މި ސެޝަންތަކުގައި ދެވޭ މަޢުލޫމާތަކީ ޝައުޤުވެރިވާ ފަރާތްތަކަށް ވަރަށް މުހިންމު މަޢުލޫމާތުތަކެއް ކަމުގައި ބެލެވެއެވެ.

https://stelco.com.mv/scholarships

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު