އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބައިނަލްއަގުވާމީ ބްރޭންޑުތައް ރާއްޖެއިން ފެނުމަކީ މުހިންމު ކަމެއް: ވަޒީރު ސަޢީދު

ބައިނަލްއަގުވާމީ ބްރޭންޑުތައް ރާއްޖެއިން ފެނުމަކީ މުހިންމު ކަމެއް: ވަޒީރު ސަޢީދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 5 ސިކުންތު

ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްގޮތަށް ރާއްޖެއިންވެސް ބައިނަލްއަގުވާމީ ބްރޭންޑުތައް ފެނުމަކީ މުހިންމު ކަމެއް ކަމަށް އިޤްތިޞާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ބްރެޒިލްގެ މަޝްހޫރު ބްރޭންޑް "ހަވާއިއާނާސް" ގެ ފިހާރައެއް މާލޭގައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއަކީ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމަކަށްވާއިރު، މިފަދަ ބައިނަލްއަގުވާމީ ބްރޭންޑުތަކުގެ އުފެއްދުންތައް ރާއްޖެއިން ލިބެން ހުރުމަކީ ފަތުރުވެރިކަން ކުރިއެރުވުމަށް މުހިންމު ކަމެކެވެ.

ވަޒީރު ސަޢީދު އިތުރަށް ވިދާޅުވި ގޮތުގައި ބައިނަލްއަގުވާމީ ވިޔަފާރިތައް ރާއްޖެއަށް އައުމުން އިޤްތިޞާދަށް ފައިދާވެގެންދާނެއެވެ. އަދި އެތައް ގޮންޖެހުންތަކާއެކުވެސް ވިޔަފާރިވެރިން ކުރާ މަސައްކަތުގައި ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތަކީ މިކަންކަން މިގޮތަށް ކުރުން، ހިތްވަރު ދިނުން. ސަޕޯޓްކޮށްދިނުން،" މިހެން ވިދާޅުވަމުން ވަޒީރު ސަޢީދު ފާހަގަކުރެއްވި ގޮތުގައި ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެއެވެ.

އަދި ދިވެހިރާއްޖޭގައި ބްރޭންޑް އުފެއްދުމަށް ބޭނުންވާ ފަރާތްތަކަށާއި، ބައިނަލްއަގުވާމީ ފްރެންޗައިޒް ގެންނަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ޤާނޫނީ އަދި ގަވާއިދުގެ ތެރެއިން ފޯރުކޮށްދެއްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު