އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަތިސްނަމާދުގެ ޖަމާޢަތަށްދާ ވަޤުތު ކުޑަތަންކޮޅެއް އަވަސްކޮށްލައި ﷲ ގެ ޚަޒާނާއިން ލިބިގަންނަމާހެއްޔެވެ؟

ފަތިސްނަމާދުގެ ޖަމާޢަތަށްދާ ވަޤުތު ކުޑަތަންކޮޅެއް އަވަސްކޮށްލައި ﷲ ގެ ޚަޒާނާއިން ލިބިގަންނަމާހެއްޔެވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު

ފަތިހުގެ އަރާމިނިދި ނަގާލައި ތެދުވެ ފަތިސްނަމާދުގެ ޖަމާޢަތަށް ދާކަން އެއީ އުފާކުރަންޖެހޭ ކަމެކެވެ. ހިތާމައަކީ ބައެއް މީހުންނަށް އިހު ސުންނަތްކޮށްލެވޭހައި އިރު ހުއްޓައި މިސްކިތަށް ނުދެވޭކަމެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. ބައެއް މީހުންނަށް ހޭލެވޭލެއް ލަސްވަނީ ނިދާލެއް ލަސްކަމުންނެވެ. އެހެންވެ ސޯނާވިޔަސް ސޯނާގެ އަޑު އިވުނަސް އަދި މީހަކު ގޮވި ނަމަވެސް ތެދުވަން ކަންނެތްވެވެނީއެވެ.

ރަވާތިބު ސުންނަތްތަކުގެ ތެރެއިން އެންމެ މުހިންމުކަން ބޮޑުވެގެންވަނީ ފަތިސްނަމާދުގެ އިހު ސުންނަތުގެ 2 ރަކްޢަތެވެ. އެހެނީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެ ދެރަކްޢަތުގެ މަތިވެރިކަން ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗަކަށްވުރެ ބޮޑުވެގެންވާކަމަށް ރަސޫލް (ﷺ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.

ރަސޫލް (ﷺ) ދަތުރުފުޅެއްގައި އުޅުއްވެވި ނަމަވެސް ފަތިސް ނަމާދުގެ އިހު ސުންނަތުގެ 2 ރަކްޢަތް ދުލެއް ނުކުރައްވަވައެވެ. އަދި ޢައިޝަތުގެފާނުގެ ބަސްފުޅުން އެނގޭ ގޮތުގައި މި ދެ ރަކްޢަތް ކުރެއްވެވީ ވަރަށް ލުއިކޮށެވެ. އަދި އެންމެ ލުއިކޮށް ކުރެއްވެވީވެސް މި 2 ރަކްޢަތެވެ.

ސުވާލަކީ މިފަދަ މަތިވެރިކަން ލިބިގެންވާ 2 ރަކްއަތް އާދަވެގެން ކުރަން މަސައްކަތްކުރަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުން ހެއްޔެވެ؟ މަހަކު ކިތައް ދުވަހު ކުރެވޭ ހެއްޔެވެ؟

ތިބާއަކީ ފަތިސް ނަމާދުގެ އިހުސުންނަތަށް މިހައިތަނަށް ސަމާލުކަން ނުދެވޭ މީހަކު ނަމަ ހަމަ މިރެއިން ފެށިގެންވެސް އެ ދެ ރަކްޢަތް ދޫކޮށްނުލާށެވެ! ސުންނަތް ކޮށްލެވޭހައި ވަގުތު އޮއްވައި މިސްކިތަށް އަރާށެވެ! ޙައްލަކީ ކޮންމެ ގޮތަކުން ނަމަވެސް ފަތިސްނަމާދުގެ ބަންގިގޮވާއިރު މިސްކިތުގައި ހުރުމެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް