އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހިތްދަތިކަމުން އަރައިގަންނަން ކުރަންޖެހޭ ކަންކަން ނުއެނގުމަކީ އަދި ނުކުރެވުމަކީ ހިތްދަތިކަމަށްވުރެ މާބޮޑު މުޞީބާތެއް!

ހިތްދަތިކަމުން އަރައިގަންނަން ކުރަންޖެހޭ ކަންކަން ނުއެނގުމަކީ އަދި ނުކުރެވުމަކީ ހިތްދަތިކަމަށްވުރެ މާބޮޑު މުޞީބާތެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 10 ސިކުންތު

ކޮންމެ މީހަކަށްވެސް ކަންކަން ކުރެވޭނީ ކަންކަން ތިމާއަށް ވިސްނޭ މީންވަރަކުންނެވެ. ވީމާ ފުރަތަމަ ކަމަކީ ރަނގަޅު ވިސްނުން ލިބުން އެދިގެން މަސައްކަތްކުރުމެވެ. އެކަމަށް އެދިގެން މަސައްކަތް ކުރަމުން ދުޢާކުރަންވެސްވާނެއެވެ. އެހެނީ ހެޔޮ ވިސްނުން ނުލިބޭނަމަ ކުރިމަތިވާ ކަންކަމުން އަރައިގަންނަން ޢަމަލުކުރަންވީ ގޮތް ނުވިސްނޭނެތީއެވެ.  

ކޮންމެ ކަމެއްގައިވެސް އެކި މީހުން ވިސްނާނީ އެކި ގޮތަށެވެ. ވިސްނޭނީވެސް އެކިގޮތަށެވެ. އެހެނީ ކޮންމެ މީހަކުވެސް ބުރަވާނީ އެމީހަކަށް ކަންކަން އެނގިފައި އޮންނަގޮތަކަށެވެ.  

އެހެންވެ ގިނަފަހަރަށް މުޞީބާތް ކަމުގައި ބެލެވެނީ ބަލިވުން، ފަޤީރުވުން، ހިތްދަތިކަން ކުރިމަތިވުމުން ނުވަތަ ކޮންމެވެސް ތަކްލީފެއް އުފުލަންޖެހުމުންނެވެ. ނަމަވެސް އަހުރެން ވިސްނުމުން މިފަދަ ހުރިހާ ކަންކަމަށްވުރެ މާބޮޑު މުޞީބާތެއް އެބަވެއެވެ.  

އަހުރެން ޤަބޫލުކުރާ ގޮތުގައި މިކަންކަމުގެ ތެރެއިން ހިތްދަތިކަން މެދުވެރިވުމަށްވުރެ ބޮޑު މުޞީބާތަކީ ހިތްދަތިކަން މެދުވެރިވުމުން ކީރިތި ޤުރްއާނާއި ދިމާއަށް ލެނބެން ނުއެނގުމެވެ. ފާފަފުއްސަވައި ދެއްވެވުން އެދި ދުޢާކުރަން ނުއެނގުމެވެ. މާފަށް އެދެންޖެހޭ މީހުންގެ ކިބައިން މާފަށް އެދެން ނުއެނގުމެވެ! މީސްތަކުންގެ ޙައްޤުތައް އަދާކުރަން ނުއެނގުމެވެ. ވީމާ ކޮންމެ މީހަކުވެސް ސަލާމަތްވާން މަސައްކަތްކުރަންވީ މިފަދަ މުޞީބާތްތަކުންނެވެ! 

އެހެނީ މުޞީބާތްތަކުން ސަލާމަތްވެވެން އޮތް މަގުން ހިނގަން ނުއެނގޭނަމަ ސަލާމަތްވެވޭނީ ކިހިނަކުންހެއްޔެވެ؟ ދާނީ އިތުރަށް ބަނދެވި ތާށިވަމުން ނޫންހެއްޔެވެ؟ ވީމާ މުޞީބާތެއް ކުރިމަތިވެއްޖެ ނަމަ ފުރތަމަކަމަކަށް މިބުނި ކަންކަން ކުރަން ފަސްޖެހުމުގެ މުޞީބާތުން އަވަހަށް ސަލާމަތްވާށެވެ! 

ހިތްދަތިކަން މެދުވެރިވުމުން ކީރިތި ޤުރްއާނާއި ދިމާއަށް ލެނބުން އަވަސްކުރާށެވެ! ފާފަފުއްސަވައި ދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ! މާފަށް އެދެންޖެހޭ މީހުންގެ ކިބައިން މާފަށް އެދެން އެދުމަށާއި މީސްތަކުންގެ ޙައްޤުތައް އަދާކުރަން އަވަސްވެގަންނާށެވެ! އިސާހިތަކު ކަންކަން ޙައްލުވެގެންދާނެއެވެ އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް