އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 0 ސިކުންތު
ދުޢާކުރަން ގިނަ ބައަކަށް ޝައުޤުވެރިވެވެނީވެސް ހިތްދަތިކަން، އަތްމަތިދަތިވުން ނުވަތަ އެނޫންވެސް ކޮންމެވެސް ބޮޑު މުޞީބާތެއް ކުރިމަތިވުމުންނެވެ. އެޙާލަތުގައި ކުރާނެ ދުޢާއަކަށް ގިނަބައަކު އެދެއެވެ.
ސުވާލުކުރައްވާ ދަންނަވާލަން އޮތީ އެކަމަކާއި ގުޅޭ ދުޢާއެއް ޤުރްއާނާއި ސުންނަތުން ފެނޭތޯ ބައްލަވާށެވެ. ނުފެނިއްޖެނަމަ އެހެނީ ޤުރްއާނާއި ސުންނަތުގައިވާ ދުޢާތަކަށްވުރެ ފުރިހަމަ ދުޢާތަކެއް ނުވެއެވެ. އެދުޢާތައް އެވަނީ އެންމެ ފުރިހަމަ އެންމެ ރިވެތި ޢިބާރާތުންނެވެ. އެއަސްވުރެ ފުރިހަމަ ޢިބާރާތެއް ނުވާނެއެވެ. އެދުޢާތައް ޤުރްއާނާއި ޙަދީޘްފުޅުތަކުގައި އެހުރީ އަހުރެމެން ދަސްކުރުމަށެވެ.
އެފަދަ ދުޢާއެއް ނުފެނުނަސް ކަންބޮޑުނުވާށެވެ! އޮނަސައްތަ އިސްމްފުޅުތަކުގައި އެހުރީ ﷲ ތަޢާލާއަސް ޚާއްޞަވެގެންވާ ނަންފުޅުތަކެވެ. ދުޢާކުރަން ބޭނުންވާ ކަމަކާއި ގުޅުން ހުރި ނަންފުޅުތަކުން ދަންނަވާށެވެ. ރަސޫލް އަށް ޞަލަވާތް ކިޔެވުމަށްފަހު އެމީހަކު ބޭނުންވާ ކަމެއްގެ ވާހަކައިން ދަންނަވައި ދުޢާކުރާށެވެ. ދުޢާކުރާކަށް ވަކިބަހެއް ނެތެވެ. ހުރިހާ ބަސްތަކެއްވެސް ﷲ ތަޢަލާ ދެނެވޮޑިގެންވެއެވެ.
އެންއް މުހިންމު ކަމަކީ ދުޢާކުރަން ތިމާ ފުރިހަމަކުރަންޖެހޭ ޝަރުޠުތަކުގައި ހިފަހައްޓައިގެން ހުރެ ދުޢާކުރުމެވެ. ދުޢާކުރުމުގެ އަދަބުތަކުގައި ހިފަހައްޓައިގެންހުރެ އަދަބުވެރިކަމާއި އިޚްލާޞްތެރިކަމާއިއެކު ދުޢާކުރުމެވެ. އަދި ދުޢާކުރަންފަށަމުން ވެސް ނިންމަމުންވެސް ﷲ ތަޢާލާ މަތިވެރިކުރާށެވެ!
އަނެއްކާވެސް ހަމަ ހަނދުމަކޮށްލައިދިނުމުގެ ގޮތުން ބުނެލަމެވެ. މިއީ ކޮންމެ ކަމަކަށް އެދިގެން ދުޢާކުރިނަމަވެސް ދުޢާކުރަން ފަށަން ވަރަށ ރަނގަޅު، ރިވެތި ޢިބާރާތްތަކެކެވެ.
(يا سيد السادات، يا مجيب الدعوات، يا رافع الدرجات، يا ولي الحسنات، يا غافر الخطيئات، يا معطي المسئلات، يا قابل التوبات، يا سامع الاصوات، يا عالم الخفيات، يا دافع البليات).
އެކުލެވިގެންވާ މާނައީ:
އޭ ހުރިހާ އަޅުތަކުންގެ ވެރިރަސްކަލާކޮ! އޭ ދުޢާތައް އިޖާބަ ކުރައްވާ އިލާހެވެ ، އޭ ދަރަޖަ އުފުއްލަވާ އިލާހެވެ، އޭ ހެޔޮ ޢަމަލުތައް ބެލަހައްޓަވާ އިލާހެވެ ، އޭ ފާފަ ފުއްސަވާ އިލާހެވެ، އޭ ސުވާލުތައް ޤަބޫލުކުރައްވާ އިލާހެވެ، އޭ ތައުބާތައް ޤަބޫލުކުރައްވާ އިލާހެވެ، އޭ ފޮރުވިފައިވާ ކަންތައްތައް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ، އޭ ފިތުނަތަކާއި މުސީބާތްތައް ފިއްލަވާ ރަސްކަލާނގެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
25 އޭޕްރީލް 2025