އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 10 މިނެޓް, 35 ސިކުންތު
ޢާއިޝަތު ރަފާޙް ޢަލީ
ވަގުތާ ބެހޭގޮތުން ދަންނަވާނަމަ، އަޅުގަނޑުމެންނަށް ނުވަތަ ތިބާއަށް އުޒުރު ދެއްކިދާނެއެވެ. ނުވަތަ ޤުރުބާނީ ވެވިދާނެއެވެ. އަޅުގަނޑުގެ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ، މި ދުނިޔޭގައި އަޅުގަނޑުމެން ކޮންމެ މީހަކަށްވެސް ﷲ ވަނީ ވަގުތު ދެއްވާފައެވެ. ތިބާގެ ވަގުތަކީ އަގުހުރި އެއްޗެކެވެ.
ވަގުތުގެ މުއްދަތެއް އޮވެއެވެ. މިއީ ރަނގަޅު ނުވަތަ ނުބައި ކަމެއްތޯއެވެ؟ ތިބާއަށް ވަގުތުގެ މުއްދަތެއް އޮވެއެވެ. އަޅުގަނޑުމެން ކޮންމެ މީހަކަށްވެސް އެ މުއްދަތު ނިމޭނެ ވަގުތެއް ނޭނގެއެވެ. މިއީ ރަނގަޅު ނުވަތަ ނުބައި ކަމެއްތޯއެވެ؟ އެހެންކަމުން، އަޅުގަނޑުމެންނަށް ހޭދަކުރެވޭނެ އެންމެ އަގުހުރި އެއްޗަކީ ވަގުތެވެ.
އަޅުގަނޑުމެން ކޮންމެ މީހަކަށްވެސް 24 ގަޑިއިރު ލިބެއެވެ. އަޅުގަނޑުމެން ކޮންމެ މީހަކަށްވެސް އެހެން އެންމެންނެކޭ އެއްވަރަށް ވަގުތު ލިބެއެވެ. ނަމަވެސް ހިތާމައަކީ، ބައެއް މީހުން ވަގުތަށް ބަލަނީ ތަފާތު ގޮތަކަށެވެ.
ތިބާއަށް އެނގޭނެ ފަދައިން، ފިޒިސިސްޓް އައިންސްޓައިން އަޅުގަނޑުމެންނަށް ކިޔައިދިނީ އަޅުގަނޑުމެން ވަގުތު ކަމަށް ކިޔާ އެއްޗަކީ ނިސްބީ އެއްޗެއް ކަމަށެވެ. އޭގެ މާނައަކީ އެއީ ތިބާ އެއަށް ބަލާ ގޮތަކަށް ބިނާވެފައިވާ އެއްޗެކެވެ. ވަގުތު އެއް މީހަކަށް އަނެއް މީހަކާ ތަފާތުވެއެވެ. މިއީ ތެދެކެވެ. ތިބާ ވަގުތަށް ބަލައި އަދި އެއަށް އަގު ނުދޭނަމަ، ގިނަ ވަގުތުތަކެއް ތިބާގެ ކައިރިން ފާއިތުވެގެން ދާނެއެވެ. އަދި ތިބާ އެކަމާ ނުވިސްނާނެއެވެ. އަދި އެ އަވަހަށް ފާއިތުވެގެން ދާނެއެވެ.
އެމީހުންގެ ވަގުތަށް އަގުދީ، އެ ވަގުތު ރަނގަޅަށް ބޭނުންކުރާ މީހުންވެސް ތިބެއެވެ. އަދި އެމީހުންނަށް އެ ވަގުތު އިހުސާސްވެއެވެ. ކުޑަކުއްޖަކު ނަމަ ވަގުތާމެދު ނުވިސްނައެވެ. އެހެންކަމުން އެކުއްޖާއަށް ވަގުތު ވަރަށް އަވަހަށް ފާއިތުވެގެން ދެއެވެ. ވަގުތަކީ ފައިސާ ކަމަށް ދެކޭ މީހުންވެސް ތިބެއެވެ. މިއަދު ގިނަ މީހުންނާ ވަގުތަކީ ކޮބައިތޯ އަހާލުމުން، އެމީހުން ބުނަނީ ވަގުތަކީ ފައިސާ ކަމަށެވެ.
އަނެއްބައި މީހުންބައި މީހުން ބުނަނީ ވަގުތަކީ އެމީހުންގެ އާއިލާ ކަމަށެވެ. ބައެއް މީހުން ބުނަނީ ވަގުތަކީ އަހަރެންގެ ސިއްހަތޭ ބުނެއެވެ. ވަގުތަކީ އަހަރެންގެ މަޖާކުރުމޭ ބުނެއެވެ.
އަޅުގަނޑުގެ އަޚުންނާއި އުޚްތުންނޭވެ، ދަންނަވާލަން އޮތީ އެއް ވާހަކައެކެވެ. އަޅުގަނޑު ކުރިން ބަޔާންކުރި ހުރިހާ ކަމަކީވެސް ވަގުތީ އަދި މާނައެއް ނެތް ކަންތައްތަކެކެވެ. ތިބާގެ ވަގުތަކީ ފައިސާ ކަމުގައި ހަދައިފިނަމަ، ދެން... މާފުކުރައްވާ. އެންމެ މަތިވެރި ފަލްސަފާވެރިންނާއި ކުރީގެ މީސްތަކުން، އަދި މުސްލިމުން ނޫން މީހުންވެސް ބުނެފައިވަނީ ތިބާގެ ވަގުތަކީ ފައިސާ ކަމުގައިވާނަމަ، ތިބާގެ ދިރިއުޅުމަކީ އާދައިގެ އެއްޗެކޭ. ކީއްވެގެންތޯއެވެ؟ ފައިސާއިން ތިބާއަށް ކުރެވޭނީ ކޮންކަމެއްތޯއެވެ
އެއިން ތިބާގެ ބިލުތައް ދެއްކިދާނެއެވެ. އަދި ތިބާ މާލީގޮތުން އެހީތެރިވެދޭނެއެވެ. އެކަމަކު އެއިން ލޯބި ނުގަނެވޭނެއެވެ. އެއިން ތިބާގެ އާއިލާ ނުގަނެވޭނެއެވެ. އެއިން ތިބާއަށް ވަގުތު ނުގަނެވޭނެއެވެ.އެއިން ތިބާއަށް ހަގީގީ އުފާވެރިކަން ނުގަނެވޭނެއެވެ. އެއިން ތިބާއަށް ހަގީގީ މަގުސަދެއް ނުލިބޭނެއެވެ. އިސްލާމްދީނުގައި ފައިސާ ހޯދުމަށް މަސައްކަތް ނުކުރުމަކަށް ނުބުނެއެވެ. ތިބާ ތިބާގެ ދިރިއުޅުމަށް މަސައްކަތް ކުރަންވާނެއެވެ.
އެކަމަކު އަޚުންނާއި އުޚުތުންނޭވެ، އަހަރެމެން އަހަރެމެންގެ ވަގުތު ހޭދަކުރާ ގޮތަށް އިސްކަންދޭންޖެހެއެވެ. އަދި އަހަރެމެން މިތާ މިތިބި ބޭނުމާއި އަހަރެމެން ދާނެ ތަން އެނގެންޖެހެއެވެ. އެންމެ ފުރަތަމަ، އަޚުންނާއި އުޚުތުންނޭވެ، ތިބާމެން ނުކުރަންވީ ކަމަކީ އިސްރާފު ކުރުމެވެ.
ﷲ ކީރިތި ޤުރްއާނުގައި އަޢްރާފް ސޫރަތުގެ 31 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ.
إِنَّهُۥ لَا يُحِبُّ ٱلْمُسْرِفِينَ ﴿٣١﴾
މާނައީ: "ހަމަކަށަވަރުން، إسراف ކުރާ މީހުންދެކެ އެކަލާނގެ ލޯބިވެ ވޮޑިގެނެއް ނުވެތެވެ. (31)"
އިސްރާފާއި ތަބްޛީރުގެ މާނައަކީ ކޮބައިތޯއެވެ؟ އިސްރާފަކީ ތިބާގެ ވަގުތާއި، މުދަލާއި، ހަކަތަ ޙަރާމް ކަންކަމުގައި ހޭދަކުރުމެވެ. ތަބްޛީރަކީ ހުއްދަ ކަންކަމުގައި ހޭދަކުރުމެވެ. އެކަމަކު ތިބާއަށް އެކަމަށް ތަނަވަސްކަން ނެތް ކަންކަމުގައެވެ. ތަނަވަސްކަމުގެ މާނައަކީ ކޮބައިތޯއެވެ؟ ދަންނަވައިލާނަމެވެ. މިސާލަކަށް ތިބާ ކައިވެނިކޮށްގެން ހުރިނަމަ، ތިބާގެ އަނބިމީހާއަށް މާލީގޮތުން ތިބާގެ މައްޗަށް ޙައްގެއް އޮވެއެވެ. ތިބާއަށް ދަރިން ތިބިނަމަ، ތިބާގެ ދަރިންނަށް މާލީގޮތުން ތިބާގެ މައްޗަށް ޙައްގެއް އޮވެއެވެ. ތިބާއަކީ މަންމައެއްނަމަ، ތިބާގެ ދަރިންނަށް ވަގުތު ދޭންޖެހެއެވެ. އަދި ހަމައެފަދައިން ފިރިމީހާވެސް އޭނާގެ އަނބިމީހާއަށް ވަގުތު ދޭންޖެހެއެވެ. ތިބާގެ މައިންބަފައިން ތިބިނަމަ، އެބޭފުޅުންނަށްވެސް ކޮންމެވެސް ވަރަކަށް ވަގުތު ދޭންޖެހެއެވެ. ތިބާގެ ހަށިގަނޑާއި ސިއްޙަތަށްވެސް ވަގުތު ދޭންޖެހެއެވެ. ތިބާއަށް ކާރެއް ބޭނުންވެއެވެ. މަސައްކަތަށް ދާންޖެހެއެވެ. އެހެނިހެން ކަންކަން ކުރަންޖެހެއެވެ. ކާބޯތަކެތި އަދި އެހެނިހެން ކަންކަމެވެ.
ތިބާ އެއް ދާއިރާއެއްގައި ގިނައިން ހޭދަކުރަން ފަށައިފިނަމަ، އެހެން ޒިންމާއެއް އަދާނުކުރެވޭ ވަރަށް، އެއީ އިސްރާފެވެ. އެހެންކަމުން، އެއީ ނިސްބަތުން ބަލާ ކަމެކެވެ. ވަރަށް މުއްސަނދި މީހުން ތިބެއެވެ. އެމީހުންނަށް ތިބާއާއި އަހަރެންނަށްވުރެ ގިނައިން އަގުބޮޑު ތަކެތީން ހޭދަކުރެވިދާނެއެވެ. އެއީ މައްސަލައެއް ނޫނެވެ. އެއީ އެމީހުންނަށް އެކަމަށް ތަނަވަސްކަން އޮވެ، އެމީހުންގެ ޒިންމާތައް ފުރިހަމައަށް އަދާކުރެވޭތީއެވެ. އެއީ އިސްރާފެއް ނޫނެވެ. އެކަމަކު ހުރިހާ އެއްޗެއް ގަންނަން ތަނަވަސްކަން ނެތް މީހުން، އެމީހުންގެ މުދަލާއި ވަގުތާއި ވަސީލަތްތައް ބަލަހައްޓަންޖެހެއެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާ އިސްރާ ސޫރަތުގެ 29 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ.
وَلَا تَجْعَلْ يَدَكَ مَغْلُولَةً إِلَىٰ عُنُقِكَ وَلَا تَبْسُطْهَا كُلَّ ٱلْبَسْطِ فَتَقْعُدَ مَلُومًا مَّحْسُورًا ﴿٢٩﴾
މާނައީ: ތިބާގެ ކަނދުރާއާއެކު ކަސްތަޅު އެޅިގެންވާ އެއްޗެއްކަމުގައި، ތިބާގެ އަތް ނުހަދާށެވެ! އަދި އެ އަތް މުޅިން ފަތުރައިވެސްނުލާށެވެ! ފަހެ، އޭރުން މަލާމާތްލިބި، ހިތާމަ ލިބިގެންވާ حال، ތިބާ އިންނަން ޖެހިދާނެއެވެ. (29)"
އެއީ ތިބާ ވަސީލަތްތަކާއި ވަގުތާއި މުދާ އިސްރާފުކޮށް، ތިބާ ބޮޑު މައްސަލައެއްގައި ޖެހޭތީއެވެ. ﷲ ގުރުއާނުގައި ވަޙީކުރައްވާފައިވާ ފަދައިން، މާބޮޑަށް ބަންދުކޮށްގެން ނުތިބޭށެވެ. އަދި މާބޮޑަށް ހުޅުވާލައިގެންވެސް ނުތިބޭށެވެ. ހަމަހަމަކަމާއެކު ތިބޭށެވެ. އެހެންނޫނީ ތިބާ ހިތާމަކުރަން ޖެހިދާނެއެވެ.
އިސްލާމްދީނަކީ ތިބާގެ ވަގުތު ބެލެހެއްޓުމާއި، ތިބާގެ ވަގުތު މާނަހުރި އަދި މަގުސަދު ހުރި ގޮތުގައި ހޭދަކުރުމާ ބެހޭ ދީނެކެވެ. އަހަރެން ދަންނަ ކިތައް މީހުން، ހަމައެކަނި ފައިސާގެ ފަހަތުން ދުވެ، އެކަން އެމީހުންގެ މަގުސަދު ކަމުގައި ހަދައިގެން، އެމީހުންގެ ދަރިން އެމީހުން ދޫކޮށްލައި، އެމީހުން ބޭނުންނުވާ ހިސާބަށް ދިޔައީ. ކިތައް މީހުންކަން އެމީހުންގެ ދިރިއުޅުމުގައި ހަމައެކަނި އެމީހުންނަށް މަސައްކަތްކޮށް، އެކަމުގެ ސަބަބުން އެމީހުންގެ ފިރިމީހާ ނުވަތަ އަނބިމީހާއާއި އާއިލާ ގެއްލުނީ. ކިތައް މީހުންކަން މާނަހުރި ނޫން ކަންކަމުގެ ފަހަތުން ދުވުމުގައި، އެމީހުންގެ ވަށައިގެންވާ އަގުހުރި ތަކެތި ގެއްލުނީ.
އެހެންކަމުން، އަޚުންނާއި އުޚުތުންނޭވެ، ކޮންމެ މުސްލިމަކީ ހުރިހާ ކަމެއްގައި ހަމަހަމަކަން ގެންގުޅޭ މީހެކެވެ. އަދި ވަގުތަކީ އޭނާއަށް އަގުހުރި އެއްޗެކެވެ. އަހަރެން އަޑުއަހާފައިވާ އެންމެ ބޮޑު ދޮގަކީ މީހަކު ބުނުމެވެ، "އަހަރެންނަށް ވަގުތެއް ނެތޭ. އަހަރެންނަށް ނަމާދުކުރާކަށް ވަގުތެއް ނެތޭ. އަހަރެންނަށް މައިންބަފައިންނަށް ވަގުތެއް ނެތޭ. އަހަރެންނަށް އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ވަގުތެއް ނެތޭ. އަހަރެންނަށް ދަރިންނަށް ވަގުތެއް ނެތޭ. އަހަރެންނަށް ރައްޓެހިންނަށް ނުވަތަ މަސައްކަތަށް ނުވަތަ އެހެން އެއްވެސް ކަމަކަށް ވަގުތެއް ނެތޭ."
އަޚުންނާއި އުޚުތުންނޭވެ، އެއީ ތިބާއަށް ވަގުތު ނެތިގެނެއް ނޫނެވެ. ތިބާއަށް ވަގުތު އެބައޮތެވެ. ތިބާ ތިބާގެ ވަގުތަށް އިސްކަންދޭންޖެހެއެވެ. އެންމެ މުހިންމީ ކޮންކަމެއްތޯއެވެ؟ ނަފްސާނީ ޢިލްމުވެރިންނާއި ފަލްސަފާވެރިން ރަނގަޅަށް ބުނެފައިވެއެވެ. އެމީހުން ބުނެފައިވަނީ އިންސާނުން ވަގުތު ނެތް ކަމަށް ބުނަނީ، އެމީހުން ނިންމާ ނިންމުންތަކުގެ ޒިންމާ ނެގުމުގެ ކުށްވެރިކަމުގެ ބިރަށް ކަމަށެވެ.
ތިބާ ނިންމުމެއް ނިންމައިފިނަމަ، އެކަމުގެ ޒިންމާ ތިބާގެ މައްޗަށް އޮވެއެވެ. އެހެންވީމާ ތިބާ ބުނަނީ "އަހަރެންނަށް ވަގުތެއް ނެތޭ." އެހެންވީމާ ތިބާއަށް ކުށްވެރިކަމެއް އިހުސާސެއް ނުވެއެވެ.އެހެންވީމާ ތިބާއަށް ވަގުތު ނެތް ކަމަށް ތިބާ އަމިއްލައަށް ދޮގުހަދައިގެން ގަބޫލުކުރުވުމަކީ ހިތްހަމަޖެހޭ ކަމެކެވެ. ވަގުތާ ބެހޭގޮތުން އަހަރެމެންނަށް ނުވަތަ އުޒުރު ދެއްކިދާނެއެވެ. އަޚުންނާއި އުޚުތުންނޭވެ، ލޯބިއާއި މާނަހުރި ދިރިއުޅުމެއް ލިބެނީ ގުރުބާނީތަކުން ކަން ތިބާމެންނަށް އެނގޭތޯއެވެ؟ އުޒުރުތަކަކުން ނޫނެވެ. ގުރުބާނީތަކުންނެވެ.
- ބިލާލް އައްސަދުގެ ދަރުސަކުން
Advertisement
25 އޭޕްރީލް 2025