އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 45 ސިކުންތު
އޮނަސައްތަ އިސްމްފުޅާއި ބެހޭ ގޮތުން ލިޔެވެފައި ހުރި ބައެއް ލިޔުންތަކުގައި "މިވެނި އިސްމްފުޅެއް މިތައް ފަހަރު ލިޔުމުން މިވެނިކަމެއް ވާނެ!" ކަމަށް ލިޔެފައި ހުރެއެވެ. ޙަދީޘްފުޅަކުން ޘާބިތުނުވާ މިފަދަ ވާހަކަތައް ޤަބޫލުކުރުމެއް ނެތެވެ. ޙަދީޘްފުޅަކުން ފެންނަން ނެތި އެބާވަތުގެ ލިޔުންތައް ލިޔަނީ މީހުންގެ ސަމާލުކަން ހޯދަން ކަމަށްވާނަމަ އެއީ ކުރެވޭ ކުށެކެވެ. އެބާވަތުގެ ކަންކަން ގިނައިން ކޮށްފައި ހުންނަނީ އެމީހަކު މަޝްހޫރުވާން ނުވަތަ އޭނާގެ ލިޔުން ވިއްކުމުގެ ބޭނުމުގައި ބެލެވެއެވެ.
އަސްމާޢުލް ޙުސްނާއެވެ ކިޔާފޮތުގައި ﷲގެ 99 އިސްމުފުޅު ތަކުގެތެރެއިން ކޮންމެއިސްމުފުޅެއް ވަކިއަދަދަކަށް ކިޔުމުން މިވެނިކަމެއްވާނޭވެއެވެ. މިއީސައްޙަ ހަދީސަކުން އައިސްފައިވާ ކަމެއްތޯއެވެ. އަދި ވަކިއަދަދަކަށް ކިޔުން މިއީސައްހަކަމެއްތޯއެވެ؟
ސޫރަތުލް އަޢްރާފްގެ 180 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلِلَّـهِالْأَسْمَاءُالْحُسْنَىٰفَادْعُوهُبِهَا ۖوَذَرُواالَّذِينَيُلْحِدُونَفِيأَسْمَائِهِ ۚسَيُجْزَوْنَمَاكَانُوايَعْمَلُونَ)
މާނައަކީ: " އެންމެރިވެތި ނަންފުޅުތައް ملكވެގެންވަނީ، اللّهއަށެވެ. ފަހެ، އެނަންފުޅުތަކުން ތިޔަބައިމީހުން އެކަލާނގެ حضرةއަށް دعاءކުރާށެވެ! އަދިއެކަލާނގެ ނަންފުޅުތަކާމެދު، حقމަގުން އެއްކިބާވެ އުޅޭމީހުން، ތިޔަބައިމީހުން ދޫކޮށްލާށެވެ! އެއުރެން ކޮށްއުޅުނު ކަންތަކަށް އެއުރެންނަށްޖަޒާ ދެއްވާހުށްޓެވެ".
މިއާޔަތުން ދޭހަވާ ގޮތުގައި ﷲ ގެ އިސްމުފުޅުތައް ބޭނުންކޮށްގެން އަޅުގަޑުމެން ބޭނުން ކަމަކަށް ދަންނަވަންވީއެވެ. ދުޢާގައި ދަންނަވަނީ ރިޒްގު ތަނަވަސްކޮށް ދެއްވުން ކަމަށް ވަނީ ނަމަ "ރައްޒާގު" މި އިސްމުފުޅު ބޭނުން ކުރެވޭނެއެވެ. އަދި ފާފަ ފުއްސަވައ ދެއްވުން އެދި ކަމަށް ވަނީނަމަ "ޣަފޫރު" ބޭނުން ކުރެވޭނެއެވެ.
މިއިސްމުފުޅުތައް ވަކި ޢަދަދަކަށް ކިޔުމުން ވަކި ކަމަކުން ސަލާމަތްވާނެޔޭ ބުނާ ވާހަކަ އަކީ އެއްވެސް ދަލީލެއްގެ މައްޗަށް ބިނާވެގެން ދެކެވޭ ވާހަކަ އެއް ނޫނެވެ. واللهأعلم.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
Advertisement
26 އޭޕްރީލް 2025