އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަޅާގެ ބާއްޖަވެރިކަން އޮތީ، އިސްލާމީ ޝަރީޢަތުގެ އަސާސުތައް ކަމުގައިވާ އިސްލާމީ ޢަޤީދާއާއި، ޝަރީޢަތާއި، އަޚްލާޤާއި، އަދަބާއި ސުލޫކުގައި ހިފަހައްޓައިގެން!

އަޅާގެ ބާއްޖަވެރިކަން އޮތީ، އިސްލާމީ ޝަރީޢަތުގެ އަސާސުތައް ކަމުގައިވާ އިސްލާމީ ޢަޤީދާއާއި، ޝަރީޢަތާއި، އަޚްލާޤާއި، އަދަބާއި ސުލޫކުގައި ހިފަހައްޓައިގެން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 7 ސިކުންތު

1- އަޅާގެ ބާއްޖަވެރިކަން އޮތީ، އިސްލާމީ ޝަރީޢަތުގެ އަސާސުތައް ކަމުގައިވާ އިސްލާމީ ޢަޤީދާއާއި، ޝަރީޢަތާއި، އަޚްލާޤާއި، އަދަބާއި ސުލޫކުގައި ހިފަހައްޓައިގެން!

މުސްލިމް އަޅާގެ ހުރިހައި ވެސް ކަންބޮޑުވުމެއް ގުޅިފައި އޮންނާންވާނީ، ﷲ ތަޢާލާއާ ކުއްތަންވުމާއި، އެ ކަލާނގެ ރުއްސެވުން ލިބިގަތުމާއި، އާޚިރަތުގެ ޙަޔާތް ބާއްޖަވެރިކުރުމުގެ މައްޗަށެވެ. އޭނާގެ ކަންބޮޑުވާން ވާނީ މި މާއްދީ ދުނިޔެއާ މެދުގައެއް ނޫނެވެ. މީހެއްގެ ހުރިހައި ވެސް ކަންބޮޑުވުމަކީ، މި ފަނާވަނިވި ދުނިޔެ ކަމުގައި ހަދައިފި ނަމަ، މާތް ﷲ އޭނާގެ ނަފުސުގެ ފުދުންތެރިކަމާއި، މުއްސަނދިކަން ނެތިކުރައްވައިފާ ހުއްޓެވެ. އަބަދުވެސް އޭނާ އުޅޭނީ ނުފުދިގެންނެވެ. އެފަދަ މީހަކަށް ފެންނާނީ އޭނާގެ ފަޤިރުކަމެވެ. އަބަދުވެސް އޭނާ ދުވާނީ ދުނިޔެ ފަހަތުންނެވެ. ނަމަވެސް އެ މީހެއްގެ ހުރިހައި ވެސް އެދުމަކީ، އަދި ކަންބޮޑުވުމަކީ އާޚިރަތް ކަމުގައި ހަދައިފި ނަމަ، މާތް ﷲ އޭނާއަށް ފުދުންތެރި ޝުކުރުވެރި ހިތެއް ދެއްވާހުއްޓެވެ. އޭނާގެ ފަހަތުން ދުނިޔޭގެ ތަނަވަސްކަން އަންނާނެއެވެ. 

ދުނިޔެއަކީ ފަނާވެދަނިވި ވަގުތީ ތަނެކެވެ. ﷲ އެންގެވި ގޮތަށް ރަނގަޅަށް އުޅޭ މީހަކަށް ދުނިޔެއަކީ މުހިންމު ތަނެއް ނޫނެވެ. އެކަމަކު އޭނާ ކަންބޮޑުވާން ޖެހޭނީ ދާއިމީ ގޮވަތިން ޖާގައެއް ނުލިބިދާނެކަމަށް ހީވަންޏާއެވެ. ސުވަރުގެ ޙާޞިލުނުވެދާނެކަމަށް ހީވަންޏާއެވެ. ސުވަރުގެ ޙާޞިލުވާނީ ފާފަތަކާ ދުރުހެލިވެއުޅުމުގެ ސަބަބުން، ﷲ ގެ ރުހިވޮޑިގަތުން ލިބޭ މީހަކަށެވެ. ދުނިޔޭގެ އެދުމަކީ އެންމެ ބޮޑު ބައްޔެވެ. އަދި އެ ބައްޔަށް އޮތް އެންމެ މޮޅު ފަރުވާއަކީ ދުނިޔޭގެ އެދުމާ ދެކޮޅުހެދުމެވެ. 

ހިތްތަކަށް ހަމަޖެހުމާއި އާރޯކަން ލިބޭނީ، ތަޤްވާވެރިކަމާއި، ތައުޙީދާއި، މާތް ﷲ އަށް ކިޔަމަންގަތުމުގެ ތެރެއިންނެވެ. ރިވެތި އަޚްލާޤާއި، ރަނގަޅު ސުލޫކާއި، މީހުންނާ ހެޔޮކޮށް މުޢާމަލާތުކުރުމުގެ ތެރެއިންނެވެ.

- މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚު ޑރ. ޞަލާޙު އަލްބުދައިރު

- އިސްލާމީ މަރުކަޒުގައި ދެއްވި ތަޤްރީރުގެ އުސްއަލިތަކުން 

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް