އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަތިކަމެއް ދިމާވިޔަސް ކުރަން ބޭނުންވާ ކަމެއް ކުރަން އުނދަގޫވިޔަސް، އަދި ކަމެއް ކާމިޔާބުކުރަންވެސް މިދުޢާ ކުރާށެވެ!: ބިލާލް އައްސަދް

ދަތިކަމެއް ދިމާވިޔަސް ކުރަން ބޭނުންވާ ކަމެއް ކުރަން އުނދަގޫވިޔަސް، އަދި ކަމެއް ކާމިޔާބުކުރަންވެސް މިދުޢާ ކުރާށެވެ!: ބިލާލް އައްސަދް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 42 ސިކުންތު

ޢާއިޝަތު ރަފާޙް ޢަލީ 

 

ތިބާއަށް ދަތިކަމެއް ދިމާވެފައިވޭތޯ ނުވަތަ ހިތްހަމަނުޖެހުމެއް އައިސްފައިވޭތޯ؟ 

ފަހަރެއްގައި ތިބާ ވަރަށް އުނދަގޫ ގޮންޖެހުމަކާ ނުވަތަ މަސައްކަތަކާ ކުރިމަތިލާން ޖެހިދާނެއެވެ. އެއީ ކޮންމެ ކަމެއް ކަމުގައިވިޔަސްމެއެވެ. 

ތިބާއަށް ކުރެވެން އޮތް ހެޔޮކަމެއް ކުރާށެވެ. އަދި އެއާއެކު މި ދުޢާ ކުރާށެވެ. އިންޝާﷲ މިއިން ތިބާއަށް ބާރުލިބި، ހަމަޖެހުން ލިބި، ﷲގެ ނަޞްރު ލިބޭނެއެވެ. 

ދުޢާއަކީ: 

اللَّهُمَّ لَا سَهْلَ إِلَّا مَا جَعَلْتَهُ سَهْلًا وَأَنْتَ تَجْعَلُ الْحَزْنَ إِذَا شِئْتَ سَهْلً 

ދުޢާގެ މާނަ: އޭ އިލާހުވަންތަ ރަސްކަލާކޮ! އިބަރަސްކަލާނގެ ފަސޭހަކޮށްދެއްވި ކަމެއް މެނުވީ ފަސޭހަކަމެއް ނުވެއެވެ. އިބަރަސްކަލާނގެ އެދިވޮޑިގެންފިނަމަ އުނދަގޫކަމެއް ލުއިފަސޭހަ ކަމަކަށް ބަދަލުކޮށްދެއްވަމުއެވެ." 

ތިބާ އިމްތިޙާނަކަށް ދާނަމަ، ނުވަތަ ވަޒީފާގެ އިންޓަވިއުއަކަށް ދާނަމަ، ނުވަތަ ކައިވެނިކުރަން އުޅޭނަމަ، ނުވަތަ އުނދަގޫ މަސައްކަތެއް ކުރަން އުޅޭނަމަ، ނުވަތަ އެނޫންވެސް ކަމަކާ ކުރިމަތިލާން އުޅޭނަމަ، މި ދުޢާ ކުރިން ކުރާށެވެ. 

މި ދުޢާ ހިތުގައި ވަންނަދެން ކިޔާށެވެ. ދެން ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ބަރޯސާވެ، ތިބާއަށް ކުރެވެން އޮތް ކަމެއް ކުރާށެވެ. އަދި މި ދުޢާ ގިނަގިނައިން ކޮށް މަގު ފަސޭހަވެގެންދާ ގޮތް ބަލާށެވެ. 

ﷲ ތަޢާލާ އަޅުގަނޑުމެން އެންމެންގެ ކަންކަން ފަސޭހަކޮށްދެއްވައި، ދިރިއުޅުމުގައި ދިމާވާ ދަތިތަކުގައި އެހީތެރިވެވޮޑިގަންނަވާށިއެވެ. 

ދުޢާ ކުރުމަށް އެންމެ ރަނގަޅު ވަގުތުތައް:

ދުޢާ ކުރުމަށް އެންމެ ރަނގަޅު ވަގުތުތަކުގެ ތެރޭގައި ހިމެނެނީ:

1.ރޭގަނޑުގެ ތިންބައިން ފަހު ބައި-

އެއީ ދުޢާ ކުރުމަށް ވަރަށް ރަނގަޅު ވަގުތެކެވެ. ނުވަތަ ރޭގަނޑުގެ ވަގުތުތަކުގައި.

2.ސަޖިދާގައި އޮވެގެން-

3.އަޛާނާއި އިޤާމަތާ ދެމެދު

 

- ބިލާލް އައްސަދުގެ ދަރުސަކުން

                   

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް