އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ﷲ އަށް އުރެދުމެއްވާ އެއްވެސް ކަމެއްގަ ހަމައެކަކަށްވެސް ތަބަޢަ ނުވާނަމަ އެމީހަކަށް މީސްތަކުންގެ ލޯބިވެސް ﷲ ދެއްވަވާނެ!

ﷲ އަށް އުރެދުމެއްވާ އެއްވެސް ކަމެއްގަ ހަމައެކަކަށްވެސް ތަބަޢަ ނުވާނަމަ އެމީހަކަށް މީސްތަކުންގެ ލޯބިވެސް ﷲ ދެއްވަވާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 52 ސިކުންތު

އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިންގެ ތެރޭގައި ވަރަށް ނުފޫޒުގަދަ މީހުންނާއި ތަނަވަސް މީހުންވެސް ހިމެނެއެވެ. ނަމަވެސް އެފެންވަރުގެ ގިނަބައަކާއި އަބަދުވެސް އޮންނަޏީ މައްސަލަ ޖެހިފައެވެ. އެއީ ﷲ ތަޢާލާގެ އެންގެވުންތަކަށް ފުށޫއަރާގޮތަށް ކުރަން އެމީހުން ބުނާ ކަންކަމަށް ދެކޮޅުހަދާތީއެވެ. އަދި އެމީހުން ކުރާ ޢަމަލުތަކުން އެފަދަ ކަންކަން ފާހަގަކޮށް އެމީހުންގެ ގާތުގައި ބުނާތީއެވެ.

އަޅުގަނޑުގެ ސުވާލަކީ ތަނަވަސްކަން ނުވަތަ މަޤާމާ ނުފޫޒަށް ބަލައި އެފަދަ ކަންކަމުގައި ﷲ ގެ މަގުން ދީލައިލުން ހުއްދަވާނެތޯއެވެ؟

ސުވާލުގެ ޖަވާބަކީ ނުވާނެއެވެ. ﷲ ތަޢާލާއަށްފަހު އެންމެ ބޮޑަށް ކިޔަމަންތެރިވާންޖެހެނީ މައިންބަފައިންނަށެވެ. މަންމަ ނުވަތަ ބައްޕަ ކުރަން ބުނި ނަމަވެސް ﷲ ތަޢާލާއަށް އުރެދުމެއްވާ ކަންކަން ކުރުން ވަނީ މަނާ ކުރައްވަވައިފައެވެ. ނުކުރަން އަންގަވައިފައެވެ.

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! ހިތްވަރު ލިބިލައްވާނެއެވެ. އިން ޝާ ﷲ

މިއަދު ގިނަ ބައަކު އެންމެ ބޮޑަށް ކަންބޮޑުވެގެން އުޅެނީ އެމީހުންނާއިމެދު މީސްތަކުން ބުނެފާނެ ބަހަކަށެވެ. އެއީވެސް ސަމާލުކަން ދޭންޖެހޭނެ ކަމެކެވެ. އެހެނަސް އެންމެ މުހިންމީ މީސްތަކުންނެއް ނޫނެވެ. ﷲ ތަޢާލާއެވެ. އެހެންވީމާ އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނީވެސް އެންމެ ބޮޑަށް މަސައްކަތްކުރަންޖެހޭނީވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށެވެ.

އެހެން މީހުން ދައްކައިފާނެ ވާހަކައަކަށް ނުވަތަ ތިބާ އާއިމެދު ވިސްނައިފާނެ ގޮތަކާއިމެދު ތިބާ ޖެހިލުންވަނީ ހެއްޔެވެ؟ ތިބާއަށް ރިޒްޤްދީ ތިބާގެ ޚަރަދުތައް ބަލަހައްޓައިދެނީ އެމީހުންހެއްޔެވެ؟ ތިބާ ދައްކަންޖެހޭ ބިލްތައް ދައްކައިދެނީ އެމީޙުން ހެއްޔެވެ؟

އެމީހުން ތިބާ ޢާއިމެދު ދެކޭނެ ގޮތަކަށް ދެކެން ދޫކޮށްލާށެވެ! އެކަމާއިމެދު ތިބާއަށް ކުރެވޭނެ ހަމައެއްވެސް ކަމެއް ނުއޮންނާނެއެވެ. މީސްތަކުން ރުއްސުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ރުހިގެން އުޅޭނީ ދުވަސްކޮޅަކުއެވެ. ދެން ފެންނާނީ ބަދަލުވެފައި ހުއްޓައެވެ.

ވީމާ އެހެން މީހަކު ފާޑުކިޔައިފާނެނެކަމަށް ބަލައި އެމީހުން ރުހޭހައި ގޮތަކަށް ދީލައިނުލާށެވެ! ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ގޮތުގައި ސާބިތުވާށެވެ. އެހެން މީހުން ދެކޭ ގޮތް ބަދަލުކުރެއްވެވުމާއި މީސްތަކުންގެ ލޯބި ލިބުންވެސް ވަނީ ﷲ ތަޢާލާ މިންވަރުކުރެއްވެވުމުންނެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމުން މީސްތަކުންގެ ލޯބިވެސް ލިބިގެންދާނެއެވެ. އިން ޝާ ﷲ

--މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް