އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙައިޟުގެ ދުވަސްވަރު ޤުރްއާން ކިޔަވަން ބޭނުންވާ އަންހެނުންނަށް އެނގުން މުހިންމު ކަންކަން-

ޙައިޟުގެ ދުވަސްވަރު ޤުރްއާން ކިޔަވަން ބޭނުންވާ އަންހެނުންނަށް އެނގުން މުހިންމު ކަންކަން-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 26 ސިކުންތު

ޙައިޟުގެ ދުވަސްވަރު ޤުރްއާން ކިޔެވުމާއިމެދު ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ މިގެނެސްދެނީ އެކަމުގެ ޙުކުމް ބަޔާންވެގެންވާ ލިޔުމެކެވެ. އިން ޝާ ﷲ  

ޙައިޟުގެ ދުވަސްވަރު މައްސަލައަކީ ޢިލްމުވެރިންގެ މެދުގައި ޚިލާފުތަކެއްހުރި މައްސަލައެކެވެ. އެގޮތުން: 

1- ޖުމްހޫރު ޢީލްމުވެރިން (ގިނަޢިލްމުވެރިން) ދެކެވަޑައިގަންނަވަނީ ހައިޟުވެރިޔާ ހައިޟުގެ ދުވަސްވަރު ޤުރުއާން ކިޔެވުމަކީ ޙަރާމްކަމެއްކަމުގައެވެ. ހަމަ އެކަނި އިސްތިޘްނާ ވެގެންވަނީ އޭނާ ދުޢާކުރުމުގައި ބޭނުންކުރާ ބައެއް އާޔަތްތަކެވެ.  

މިސާލަކަށް ( رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي اْلآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ) ސޫރަތުލް ބަޤަރާ 201 . 

2- ހ- އިމާމް މާލިކް رحمه اللهގެ މަޒްހަބުގައާއި އަދި އިމާމް އަޙްމަދު رحمه الله ގެ ރިވާޔަތެއްގައި ޙައިޟުވެރިން ޤުރުއާން ކިޔެވުމަކީ ހުއްދަކަމެއްކަމުގައި ވިދާޅުވެއެވެ. އަދި މިއީ ޝައިޚުލްއިސްލާމް އިބްން ތައިމިއްޔާ رحمه الله އަދި އިމާމް ޝައުކާނީ رحمه الله ވެސް ބުރަވެ ވަޑައިގަންނަވާ ގޮތެވެ. އެބޭފުޅުންވިދާޅުވަނީ: ސާފު ޞަރީޙަ ލަފްޒެއް ކީރިތިޤުރްއާނުންވެސް އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ސުންނަތުންވެސް ވާރިދުވެގެން އައިސްފައި ނުވާކަމަށެވެ.

ށ- ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ދުވަސްވަރުގައި ހައިޟުގެ ޙާލަތު ގައި ތިބޭ އަންހެން ބޭކަނބަލުންނަށް ޤުރްއާންކިޔެވުމަށް އެކަލޭގެފާނު މަނާނުކުރައްވައެވެ. 

މައްސަލާގައި ބޮޑަށް ބުރަވެވެނީ އަންހެނުންނަށް ހައިޟުގެ ދުވަސްވަރުގައި ޤުރުއާން ކިޔެވިދާނެކަމަށެވެ. ނަމަވެސް ޝުބުހާއިން (ޝައްކުތަކުން) ދުރުވުމަށްޓަކައި ޟަރޫރީ ޙާލަތްތަކުގައި މެނުވީ ނުކިޔެވުމަކީ އެންމެ މޮޅު އިތުރު ގޮތްކަމުގައި ފެނެއެވެ. މިސާލަކަށް ހިތުން ދަސްކުރާމީހެއް ހަދާނުން ނެތިދާނެކަމަށްޓަކައި އަދި ކިޔަވާ ކުއްޖަކު އޭނަގެ ތަޢުލީމަށްޓަކައެވެ. ނަމަވެސް މުޞްޙަފު (ޚަތިމް) ގައި ބީހުމެއްނެތިއެވެ. واللهأعلم 

ޙައިޟުވެރިޔާ ޙައިޟުގެ ދުވަސްވަރުގައި ޒިކުރުކުރުމަކީ ހުއްދަކަމެކެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައި ވަސައްލަމް ޙައްޖުތެރޭގައި ޢާއިޝާ ރަޟިޔަﷲ ޢަންހާ ޙައިޟުގެ ޙާލަތުގައި އިންނަވާ ހިނދު ޙަދީޘް ކުރެއްވިއެވެ: " اِفْعَلِي مَا يَفْعَلُهُ الحَاج غَيْرَ أَنْ لَا تَطَوفي فِيالْبَيْتِ حَتَّى تَطَهِّرِي" މާނައީ: ކަމަނާ ޙައްޖުވެރިންކުރާ ކަންތައްތަކުގެތެރެއިން ޠަވާފު ނޫން އެހެން ކަންތައް ކުރައްވާށެއެވެ." އެބަހީ މިނާގައި ރޭކުރުމާ ހިލައުކުމާއި ތަލްބިޔާ ކިޔުމާއި ތަޙްލީލް، ތަމްޙީދު އަދި ތަކްބީރު ފަދަ ކަންތައްތަކެވެ. واللهأعلم

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް