އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

7 އަަހަރުވަންދެން ދޮގުހަދަމުން ސިއްރުން ލޯބިވެރިއަކު ގެންގުޅުނު ފިރިއަކަށް ދޭން ތަޖުރިބާކާރު ޢިލްމްވެރިއަކު ކަނޑައެޅުއްވި އަދަބު! ކޮންމެ ދެމަފިރިއަކަށްވެސް އަގުހުރި ނަޞީޙަތެއް!

7 އަަހަރުވަންދެން ދޮގުހަދަމުން ސިއްރުން ލޯބިވެރިއަކު ގެންގުޅުނު ފިރިއަކަށް ދޭން ތަޖުރިބާކާރު ޢިލްމްވެރިއަކު ކަނޑައެޅުއްވި އަދަބު! ކޮންމެ ދެމަފިރިއަކަށްވެސް އަގުހުރި ނަޞީޙަތެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 20 ސިކުންތު

7 އަަހަރުވަންދެން ދޮގުހަދަމުން ސިއްރުން ލޯބިވެރިއަކު ގެންގުޅުނު ފިރިއަކަށް އިތުބާރުކުރެވިދާނެތަ؟ އޭނާ އަހުރެން ދެކެ ލޯބިވާކަމަށް ޤަބޫލުކުރެވިދާނެތަ؟ ކުރިން ބުނަމުން އައީ އެއީ އާދައިގެ ރައްޓެއްސެއް ކަމަށެވެ. 7 ފަހަރުން އެބުނަނީ ލޯބިވެގެން އުޅުނު ކަމަށާއި އެކަން ހުއްޓައި ކައިވެނި ދަމަހައްޓަން ބޭނުން ކަމަށެވެ. 

މި ދެސުވާލަށް ތަޖުރިބާކާރު ޢިލްމްވެރިއަކު ދެއްވާފައިވާ ޖަވާބު! 

އެކުގައި އުޅުމާއި ނުއުޅުމާއިމެދު ގޮތެއް ނިންމުމަކީ އެމީހެއްގެ ކަމެކެވެ. ފުރަތަމަ ކަމަކީ ތިހައި ގިނަދުވަހު އެހެން މީހަކު ދެކެ ލޯބިވެގެން އުޅޭނީ ދެމަފިރިންގެ ދެމެދުގައި ބޮޑު މައްސަލައެއް އޮތީމައެވެ. އެކަމެއް ހޯދައި އެކަމުގައި ތިމާގެ އިހްމާލެއް އޮތްކަން ނުވަތަ ނޫންކަން ބަލަންވާނެއެވެ. އިހްމާލެއް އޮތްނަމަ ކުށް ޤަބޫލުކުރަންވާނެއެވެ. 

ތިއަ 7 އަހަރުވެސް ދުރުނުވެ (ވަރިނުކޮށް) އެކުގައި އެއުޅުނީ ތިބާ ދެކެ ލޯބިވާތީއެވެ. ނޫންނަމަ ވަރިކޮށްލައި އޭނާއާއި ކައިވެނި ނުކުރަންވީ ސަބަބެއް ނުވިސްނެއެވެ. ހަމައެއާއިއެކު 7 އަހަރު ފަހުން އެކަމަށް އެއްބަސްވެ މށފަށް އެދި އެކުގައި އުޅެން ބޭނުންކަމަށް އެބުނީވެސް ތިބާ ދެކެ ލޯބިވާތީއެވެ. 

މިގޮތަށްވެސް ވިސްނާށެވެ! 7 އަަހަރުވީއިރުވެސް އެއުޅުނީ ތިބާ ދެކެވެސް ލޯބިވާކަން ދައްކަމުންނެވެ. ކަންކަމުގައި އެކިމީހުންނަށް ގޮތް ނިންމޭނީ އެކި މުއްދަތުންނެވެ. ވީމާ 7 އަަހަރުވަންދެން ފިރިމީހާ ވިސްނީއެވެ. ވިސްނުމަށްފަހު އެނިންމީ ދެމީހުން އެކުގައި އުޅުމަށެވެ. 

އަންހެނަކަސް ފިރިހެނަކަސް (އަނބިމީހާޔަސް އަދި ފިރިމިހާޔަސް) ޚިޔާނާތްތެރިވުމަކީ ކުށެކެވެ. ގިނަ ފަހަރު އެކުށަށް އެންމެ ފައިދާހުރި އަދަބަކަށްވެފައި އޮންނަނީ ދީލަތިކަމާއިއެކު މާފުކޮށް ދެވަނަ ފުރުޞަތު ދިނުމެވެ. އެކަމަށް ދީލަތިވާން ކުރިއްޖެނަމަ ގިނަ ފަަހަރު ކުރާ ފައިދާ މާބޮޑެވެ. 

މިއީ ކޮންމެ ދެމަފިރިއަކަށްވެސް އަގުހުރި ނަޞޭޙަތެއްކަމަށް ބެލެވޭތީ ކިޔުންތެރިންނަށް ގެނެސްދިނީއެވެ.

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް