އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޔުމްނު ވެއްޓުންމައްސަލަބާލާ ކޮމިޝަނަށް އިތުރު ތިން ބޭފުޅަކު އައްޔަން ކޮށްފި

ޔުމްނު ވެއްޓުންމައްސަލަބާލާ ކޮމިޝަނަށް އިތުރު ތިން ބޭފުޅަކު އައްޔަން ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 31 ސިކުންތު

މިމަހުގެ 18، ވަނަ ދުވަހުގެ މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގުކުރަން އުފެއްދި ހާއްސަ ކޮމިޝަނަށް އިތުރު ތިން ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަން ކުރައްވައިފިއެވެ.

މިކަމާގުޅިގެން ރައީސް އޮފީހުން ބުނެފައިވަނީ މިހާދިސާގެ ޙަޤީޤަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާގޮތް އިންސާފުވެރިކަމާއި ޢަދުލުވެރިކަމާއެކީ ތަޙުޤީޤުކޮށް، ލަފާ ދިނުމަށް ޓަކައި، 27 އެޕްރިލް 2025 ގައި އުފެއްދެވި ކޮމިޝަނަށް، ރައީސުލްޖުމްހޫރިއްޔާ ބަދަލުގެންނަވާފައިވާކަމަށެވެ.

މި ބަދަލާއެކު މިހާރު މި ކޮމިޝަންގެ މެންބަރުންނަކީ

  1. ޑޮކްޓަރ މުޙައްމަދު މުނައްވަރު، ގ. ހަސަންކާރިގެ
  2. ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު، ވ. އަލްމާން
  3. ޑޮކްޓަރ މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641
  4. އަލްފާޟިލާ ޖަބީން މުޙައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ
  5. އަލްފާޟިލާ އާމިނަތު އީނާސް، ހ. ހަބަރުގެ

ކޮމިޝަންގެ ރިޔާސަތު ބަލަހައްޓަވާނީ ޑޮކްޓަރ މުޙައްމަދު މުނައްވަރެވެ.

މި ބަދަލު އިޢުލާންކުރައްވައި ނެރުއްވާފައިވާ ޤަރާރު، މިހާރު ވަނީ ގެޒެޓްކުރައްވައި ޢާންމުކުރައްވާފައެވެ.

އެންމެ ފުރަތަމަ އައްޔަންކުރެއްވި ތިން ބޭފުޅުންގެ ތެރޭގައި ހިމެނޭ ކަށީގެ ޑރ. މުހައްމަދު ހަބީބު ވަނީ އިއްޔެ އެ ކޮމިޝަނުން ވަކިވެވަޑައިގެންފަ އެވެ. ޑރ. ހަބީބް ކޮމިޝަނުން ވަކިވެވަޑައިގަތީ، ޔުމްނު ވެއްޓުނު މައްސަލާގައި ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލް އާއިލީ ގުޅުން އޮންނާތީ އެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު