އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަމާދަށް މަތިވެރިކުރުން ޕްރޮގުރާމް: މިއަހަރު މިހާތަނަށް 170 ސެޝަން ބާއްވައިފި

ނަމާދަށް މަތިވެރިކުރުން ޕްރޮގުރާމް: މިއަހަރު މިހާތަނަށް 170 ސެޝަން ބާއްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 42 ސިކުންތު

ނަމާދަށް ހޭލުންތެރި މުޖުތަމަޢުއެއް އުފެއްދުމަށް އިސްކަންދީ، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން މިއަހަރު ފެށި 'ނަމާދު މަތިވެރިކުރުން' ޕްރޮގުރާމުގެ 170 ސެޝަން ބާއްވައިފިއެވެ. 

މި ސެޝަންތައް ބާއްވާފައިވަނީ މާލެއާއި ރާއްޖޭގެ އެކި ރަށްތަކުގައެވެ. އެގޮތުން މާލޭގައި ސަރަހައްދުގައި 60 ސެޝަން ބާއްވާފައިވާއިރު، ހއ. ހޯރަފުށީގައި 8 ސެޝަން، ހއ. ކެލާގައި 16 ސެޝަން، ހދ. ކުޅުދުއްފުށީގައި 18 ސެޝަން، ހދ. ވައިކަރަދޫގައި 6 ސެޝަން، ޅ. ނައިފަރުގައި 15 ސެޝަން، ވ. ކެޔޮދޫގައި 33 ސެޝަން، މ. ކޮޅުފުށީގައި 14 ސެޝަން ވަނީ ބާއްވާފައެވެ. މި ސެޝަންތަކުގައި 851 ދަރިވަރުން ބައިވެރިވެފައިވެއެވެ. 

މި ސެޝަންތައް ނަންގަވައިދެއްވަނީ ދީނީ ޢިލްމުވެރިންނެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު