އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަރުޟް ނަމާދުތަކުގަ އިމާމް މީހާ ސަޖިދަ ދިގުކުރާނަމަ އުފާކޮށް ފުރުޞަތުގެ ބޭނުން ހިފާމީހާއަށް ކުރާ ފައިދާ މާބޮޑުވާނެ!

ފަރުޟް ނަމާދުތަކުގަ އިމާމް މީހާ ސަޖިދަ ދިގުކުރާނަމަ އުފާކޮށް ފުރުޞަތުގެ ބޭނުން ހިފާމީހާއަށް ކުރާ ފައިދާ މާބޮޑުވާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 30 ސިކުންތު

ފަރުޟް ނަމާދުތަކުގައި އިމާމް މީހާ ސަޖިދަ ދިގުކުރާނަމަ އެއީ މައުމޫމުންނަށް ލިބޭ ރަނުގެ ފުރުޞަތެކެވެ. އިންތިހާއަށް އުފާކޮށް ފުރުޞަތުގެ ބޭނުން ހިފާށެވެ!   

ބައެއް އިމާމުން ތަންކޮޅެއް ދިގުކޮށް ސަޖިދަކުރެއެވެ. ސަޖިދަ ދިގުކުރުމަކީ ގިނަ ވަޤުތު ސަޖިދައިގައި ހޭދަކުރުމެވެ. އެޙާލަތުގައި ބައެއް މީހުން އިމާމުންނަށް ނަފްރަތުކޮށް ނުބައި ބަސްވެސް ބުނެއެވެ.

އެއްވެސް ޙާލެއްގައި އެއީ ރުޅިއަންނަންވީ ކަމެއް ނޫނެވެ. އުފާކުރަންވީ ކަމެކެވެ. އިމާމް މީހާ ސަޖިދަ ދިގުކުރާތީ ތިމާއަށް އަގުހުރި ފުރުޞަތެއް ލިބިގެންދާކަމަށްޓަކައެވެ.

ސަބަބަކީ ސަޖިދާގައި ތަސްބީޙަ ކިޔުމުގައި ގިނަވެގެން ކިތަންމެ ވަރަކަށްކީ ނަމަވެސް މައްސަލައެއް ނެތެވެ. ކިޔުނުހައި ގިނައިން ކިޔަންވީއެވެ. އަދި އެއީ މުޅި ނަމާދުގެ ތެރެއިންވެސް އަޅާއަށް ﷲ ތައާލާ އާއި އެންމެ ބޮޑަށް ކުއްތަންވެވޭ ވަޤުތެވެ. ސަޖިދައިގައި ކިޔަންޖެހޭ ތަސްބީޙް ކިޔުމަށްފަހު ބޭނުން ކަމަކަށް އެދި ދުޢާވެސް ކުރެވޭނެއެވެ. "ރައްބިޣުފިރްލީ" ކިޔައި ފާފަފުއްސަވައި ދެއްވެވުމަށް ނުއެދެންވީ ކީއްވެގެން ހެއްޔެވެ؟ އަދި މީނޫންވެސް އެމީހަކު ބޭނުންވާ ކަމަކަށް އެދިގެންވެސް ދުޢާކުރެވޭނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް