އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 58 ސިކުންތު
ޢާއިޝަތު ރަފާޙް ޢަލީ
މީހުން އަމިއްލައަށް ލޭބަލްކުރާ ކަންކަމަށް އަހަރެން ވަރަށް ބޮޑަށް ނަފްރަތުކުރަމެވެ. މިސާލަކަށް "އަހަރެންނަކީ އަޅުކަން ނުކުރާ މުސްލިމެކޭ" ބުނުމުން ތިބާ ނަމާދު ނުކުރާކަން އެނގެއެވެ. އަހަރެންނަކީ އަޅުކަން ނުކުރާ މުސްލިމެކޭ ބުނުމުގެ މާނައަކީ އަހަރެން ނަމާދެއް ނުކުރަމޭ، އެއީ ދުވާލަކު ފަސްފަހަރު ނަމާދު ނުކުރަމޭ ބުނުމެވެ.
މަތިވެރި ލަނޑުދަނޑިތަކެއް ކަނޑައަޅާށެވެ. ތިބާ އާދައިގެ މުސްލިމަކަށްވުމަށް މަސައްކަތްކުރާނަމަ، ތިބާ ވަރަށް ބޮޑަށް އުނިކަން ހުރި މުސްލިމަކަށް ވާނެއެވެ. ނަމަވެސް ތިބާ ތަޤްވާވެރި މީހަކަށްވުމަށް މަސައްކަތްކުރާނަމަ، އަދި ތިބާ ރަނގަޅު މީހަކަށްވުމަށް މަސައްކަތްކުރާނަމަ، އެކަމަށް އެންމެ ރަނގަޅު ގޮތަކީ ﷲ އާއި ވަކިން ޚާއްޞަ ގުޅުމެއް އުފެއްދުމެވެ.
އަދި އެއީ ގިނަގިނައިން ނަމާދު ކުރުމުގެ ތެރެއިން ލިބޭ ކަމެކެވެ. ޞާލިޙު އިސްވެދިޔަ މީހުން ބުނެފައިވަނީ ﷲ އެކު ގުޅުން ބަދަހިކުރުމަށް ނަމާދަށްވުރެ މޮޅު އެހެން އެއްވެސް ކަމެއް ނެތް ކަމަށެވެ. ދުވާލު ވަގުތު ވަރަށް ބިޒީވެ، ވަރަށް ގިނަ ކަންކަން ހިނގަމުންދާއިރު، އިންސާނާ ﷲ އާއި ގުޅުވައިދޭ އެންމެ މޮޅު އެއްޗަކީ ވެސް އެ ވަގުތު (ރޭގަނޑުގެ ފަހުވަގުތެވެ.) އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެ ވަގުތު ފައިބާވޮޑިގަންނަވާ ވަގުތު ކަމަށްވުމެވެ. އެކަލާނގެ ތިބާއަށް ގޮވާލައްވައި ވަޙީކުރައްވަވަނީ "ތިމަން އިލާހާ ކުއްތަންވާން ބޭނުންވަން ބޭނުންވަނީ ކާކުހެއްޔެވެ؟ ތިމަން އިލާހާ ބައްދަލުކުރަން ބޭނުންވަނީ ކާކުހެއްޔެވެ؟"
އެއީ ދުނިޔޭގެ ވަކި ތަނެއްގައި ތިބޭ ދީނީ ބައެއްގެ މައްޗަށް އެކަނި ޚާއްޞަވެގެންވާ ކަމެއް ނޫނެވެ. ނޫނެވެ. ހިތާމަކުރާމީހުން، ފާފަވެރިޔާ، ޞާލިޙު މީހާ، ޞާލިޙު މީހަކަށްވުމަށް މަސައްކަތްކުރާ މީހާ، މި ހުރިހާ އެންމެންނަށްވެސް އެ ވަގުތު ގޮވާލެވޭނެއެވެ. ރޭގަނޑުގެ އެ ވަގުތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއާ ކުއްތަންވުމަށް ތިބާއަށް ލިބޭ ވަގުތެވެ.
އަލް ފުޟައިލް ރަޟިޔަ ﷲ ޢަންހު މީހެއްގެ ކޮނޑުގައި ހިއްޕވައި އޭނާއަށް ވިދާޅުވިއެވެ: "ﷲ ސުބުޙާނަހޫ ވަތަޢާލާ ކޮންމެ ރެއެއްގައިވެސް އެންމެ ދަށު އުޑަށް ފައިބައވޮޑިގަންނަވައެވެ. " ތިބާ ބޭނުންވަނީ ﷲ ތަޢާލާ އާއި އެކީގައިވާ މީހުންގެ ތެރެއިން ވާން ހެއްޔެވެ؟ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޙަޤީޤަތުގައި ލޯބިވާ މީހުންގެ ތެރެއިން ވާން ހެއްޔެވެ؟ އެއީ ހަމައެކަނި އެ ވަގުތެވެ. ދަތިކަމެއް ނެތް ވަގުތެވެ. 15 މިނެޓު، 10 މިނެޓު، ކުޑަ ވަގުތުކޮޅަކަށްނަމަވެސްމެއެވެ. އަދި އެ ވަގުތު އެދެވޭނެ އެންމެ މަތިވެރި ކަމަކީ ފާފަފުއްސަވައިދެއްވެވުމެވެ. އެއީ އެންމެ ފައިދާހުރި ކަންތަކެވެ.
އަހަރެމެން ﷲ ތަޢާލާގެ ކިބައިން ފާފަފުއްސެވުމަށް އެދެންވީ ކީއްވެ ހެއްޔެވެ؟ އެންމެ ބޮޑަށް ކަންބޮޑުވުން އުފެދޭ ސަބަބަކީ އެމީހެއްގެ ފާފަތަކެވެ. އެއީ ތިބާއާއި ﷲ ތަޢާލާ އާއި ދެމެދު ހުރަސްއަޅާ އެއްޗެވެ. އެއީ ތިބާއަށް ﷲ ތަޢާލާއާއި ކައިރިވުމަށް ލިބޭ ވަގުތެވެ. އަދި ތިބާގެ ހިތުގައި ބުރަވެފައިވާ ފާފައަކަށް ﷲ ތަޢާލާގެ ކިބައިން ފާފަފުއްސެވުން އެދުމުގެ ވަގުތެވެ. އެހެންކަމުން ތިބާ އެ ފާފައިން ދުރުވުމަށް ފުރަތަމަ ފިޔަވަޅު އަޅަންޖެހެއެވެ. އަދި އެ ކުރިއަށް ދިއުމުގެ ފިޔަވަޅަކީ ރޭގަނޑުގެ ނަމާދެވެ. އަދި އެއީ ތިބާ ﷲ ތަޢާލާއަށް ދަންނަވާ ވަގުތެވެ: "ޔާ ﷲ ! އަހަރެން ތައުބާވަމެވެ! މިއަލާއަށް ޢަފޫކޮށްދެއްވަވާނދޭވެ! ހުރިހާ އެއްޗެއް މަޑުމައިތިރިވެ، ހަމައެކަނި އަހަރެންނާއި އިނބަ ﷲ އާއި އެކަނި ތިބޭއިރު، މިއަޅާ މާފަށް އެދެމެވެ. ޔާ ﷲ! މިއަޅާ އިނބަ ﷲ ގެ ޙަޟްރަތުން ފާފަފުއްސަވައި ދެއްވެވުމަށް އެދެމެވެ."
ބައެއްފަހަރު ތިބާއަށް ހަނދާންކޮށްދޭން ޖެހެނީ ކުޑަ ކަމެއްވެސް މުހިންމުކަމެވެ. ތިބާ ރަނގަޅުވުމަށް މަސައްކަތްކުރާއިރު، މާ ބޮޑު ކަމަކަށް ވާސިލުވުމަށް މަސައްކަތްކުރާއިރު، އެއީ ހަމައެކަނި ވަކި ޚާއްޞަ ބަޔަކަށް ކަނޑައެޅިފައިވާ އާދައެއްގެ ގޮތުގައި ތިބާ ނުދެކުމަށްޓަކައެވެ. ނޫނެކެވެ، އެހެނެއް ނޫނެވެ. އެއީ މުސްލިމުންނަށްޓަކައެވެ. ތެދުވެ ނަމާދުކުރަން ބޭނުންވާ މީހުންނަށްޓަކައެވެ. ﷲ ތަޢާލާ އެކު އެ ގުޅުން އުފައްދަން ބޭނުންވާ މީހުންނަށްޓަކައެވެ.
ސޫރަތުލް އިޚްލާޞް ޤުރުއާނުގެ ތިންބައިކުޅަ އެއްބަޔާ އެއްވަރެވެ. ކޮންމެ ރެއަކު ފަތިސް ނަމާދުގެ ކުރިން ޤުރުއާނުގެ ތިންބައިކުޅަ އެއްބައި ކިޔެވިކަމަށް ބުނެ ﷲ ސުބުޙާނަހޫ ވަތަޢާލާއާ ބައްދަލުކުރަން ބޭނުން ނުވާނީ ކާކުހެއްޔެވެ؟
އަޚުންނާއި އުޚްތުންނޭވެ! އަހަރެންނަށް އެނގެއެވެ އެއީ ވަރަށް ދުރު އާދައެއްހެން ހީވެދާނެއެވެ. ހަމައެކަނި ވަރަށް ތަޤްވާވެރި މީހުންނަށް ޚާއްޞަވެގެންވާ ކަމެއްހެން ހީވެދާނެއެވެ. ނަމަވެސް އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާއާ ކުއްތަންވުމުގެ މަގެވެ. އެހެން އެއްވެސް މަގަކުން އެ މަގު ބަދަލެއް ނުކުރެވޭނެއެވެ.
- ޢުމަރު ސުލައިމާންގެ ދަރުސަކުން
ޝައިޚުގެ މިދަރުސްގައި އެވަނީ ރޭގަނޑު (ދަމުނަމާދު) ނަމާދުކުރުމުގެ މުހިންމުކަމާއި، އޭގެ މާތްކަމާއި، އަދި އެކަމުން ލިބޭ ފައިދާތަކުގެ ވާހަކައެވެ. އަދި ކުޑަ މިންވަރަކުން ފެށިނަމަވެސް، އެކަން ފެށުމުގެ މުހިންމުކަން ބަޔާންކޮށްދީފައިވެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން އެންމެންނަށް ރޭގަނޑު ނަމާދުކުރުމުގެ ތައުފީޤު ދެއްވާށިއެވެ. އާމީން.
Advertisement
29 އޭޕްރީލް 2025