އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވަރިބަހަށް ރައްކައުތެރިނުވެވޭނަމަ ރޫޅިފައިވާ ކައިވެންޏެއްގެ މަތީގަ ތިބެވިދާނެ!

ވަރިބަހަށް ރައްކައުތެރިނުވެވޭނަމަ ރޫޅިފައިވާ ކައިވެންޏެއްގެ މަތީގަ ތިބެވިދާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 23 ސިކުންތު

އަބަދުހެން ހަނދާންކޮށްދެވޭ އެއްކަމަކީ ވަރިކުރުމުގެ ނިޔަތްނެތި ވަރީގެ ވާހަކަ އެއްގޮތަކަށްވެސް ނުދެއްކުމެވެ. ވަރިބަހަކީ ހަތިޔާރަކަށް ނުހެދުމެވެ. ސަބަބުތައް ބައިވަރެވެ. ވަރިބަހަށް ރައްކައުތެރިނުވެވޭނަމަ ރޫޅިފައިވާ ކައިވެންޏެއްގެ މަތީގައި ތިބެވިދާނެއެވެ. އެއީ އެންމެ ނުރައްކައުތެރި އެއް ކަންތަކެވެ. 

"އަޅުގަނޑު އަންހެނުންކައިރީގައި އެއްދުވަހު، އޭނާ ދޮގުހަދާކަމަށް ޝައްކުވެގެން މިބުނަނީ؛ މިހާރު މިކުރަންފަށާ ސުވާލުތަކުގައި ދޮގުހަދައިފިނަމަ ތިއީ މަގޭ އަންބެއް ނޫނޭ! މިކަން ހިނގިތާ އެތަށް ޒަމާނެއް ފަހުން އައިސް އަބިމީހާ މިބުނަނީ ތިމަން އެދުވަހު ދޮގުހެދީމޭ! އެހެންވީމާ މިހާރު ކައިވެނި ސައްހަވާނެތަ؟ މިކަމުގެ ހައްލަކީ ކޮބައިތޯ؟" 

ވަރީގެ ޢިބާރާތުގައި ދެއްވައްތަރެއްވެއެވެ. އެއީ: ޞަރީޙަ ބަހުން ވަރި ކޮށްފީމޭ ބުނުން، ނުވަތަ ކިނާޔަތުގެ ލަފްޡެވެ. ނުވަތަ ޞަރީޙަ ނޫން ޢިބާރާތަކުން ވަރި ކޮށްފީމޭ ބުނުމެވެ. 

ޞަރީޙަ ބަހުން ވަރިކޮށްފިކަމަށް ނުވަތަ ވަކި ކަމެއް ވެއްޖެނަމަ ވަރިވާނެ ކަމަށް ބުނެފިނަމަ އެކަމެއް ވުމުން ވަރިވާނެއެވެ. ފިރިމީހާގެ ނިޔަތަކަށް ބަލާކަށް ނުޖެހޭނެއެވެ. ކިނާޔަތުގެ ލަފްޡުން ނުވަތަ ޞަރީޙަ ނޫން ޢިބާރާތަކުން ބުނެފައިވާނަމަ ވަރިވާނީ ފިރިމީހާގެ ނިޔަތުގައި ވަރިކުރުން ވާނަމައެވެ. ނޫންނަމަ ވަރިއެއް ނުވާނެއެވެ.  

ސުވާލުގައިވާ މައްސަލާގައި އަންހެން މީހާ ދޮގު ހަދައިފިނަމަ ވަރިވާނެ ކަމަށް ވަނީ ބުނެފައެވެ. ވީމާ، އަންހެން ދޮގު ހެދުމުން އެއޮތީ ވަރިވެފައެވެ. ނަމަވެސް، ރަޖްޢީ ވަރިއެއްނަމަ (ފުރަތަމަ އަދި ދެވަނަ ފަހަރަށް ކުރެވޭ ވަރި) ޢިއްދާގެ މުއްދަތުގެ ތެރޭގައި ދެމަފިރި ކަމުގެ ގުޅުން ހިންގުމުން ކައިވެނި ރުޖޫޢަވާނެއެވެ. ނަމަވެސް، ކޯޓުގައި އެކަން ރަޖިސްޓަރީ ކުރަންވެސް ޖެހޭނެއެވެ.  

ކޮންމެއަކަސް، ތިޔަ މައްސަލާގައި އަންހެނުން ދޮގު ހެދި ހިސާބުން އެއޮތީ ވަރިވެފައެވެ. ރަޖްޢީ ވަރިއެއްނަމަ އިއްދާގެ މުއްދަތުގެ ތެރޭގައި ދެމަފިރިކަމުގެ ގުޅުން ހިންގާފައިވާނަމަ ކައިވެނި އޮންނާނީ ރުޖޫޢަވެފައެވެ. މިހާރު ކުރަންވީ ކަމަކީ ކޯޓުގައި އެކަން ރަޖިސްޓަރީ ކުރުމެވެ. والله أعلم

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް