އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 42 ސިކުންތު
އަޅުގަނޑުމެން ދެމަފިރިންނަކީ ޢުމުރުން ދާދި އެއްވަރު ނަމަވެސް އެކަމުގައި ތަފާތު ދެމީހުންނެވެ. އެކަމަކު އެއީ ސަބަބަކަށް ހަދައި ވަކިވާކަށް ދެމީހުންވެސް ބޭނުމެއް ނޫނެވެ. އެެހްނވީމާ މިކަމަށް ޙައްލެއް ހޯދޭނެ ގޮތެއް ބުނެދެއްވަފާނަންތޯ؟
ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން އެހީތެރިކަން ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.
ފުރަތަމަވެސް ބުނެލަން އޮތީ މިވާހަކަ ދައްކަން ފަށާއިރަށް މިއީ ލަދުވެތި ޥާހަކަތަކެއް ކަމަސް ނުނިންމާށެވެ. ސަބަބަކީ މިކަންކަމަށް ސަމާލުކަން ނުދިނުމުގެ ސަބަބުން މައްސަލަތައް ޖެހި ރޫޅޭ ކައިވެނިތައް ގިނަވަމުން އަންނާތީއެވެ. އެހެންވެ ދިނިޔޭގެ އެންމެ ބޮޑެތި ޢިލްމްވެރިންވެސް މިހާރު ގެންދަވަނީ މިކަމުގައި ނަޞޭޙަތް ދެއްވަމުންނެވެ.
އަންހެނުންނަށްވުރެ ކުރިން ފިރިމީހާއަށް ފުދުމަކީ ފިރިހެނުންގެ ޠަބީޢީ ކަމެކެވެ. ނަމަވެސް، މިކަން އިޞްލާޙުކޮށް ރަގަޅު ކުރުމަށްޓަކައި މަސައްކަތް ކުރަން ޖެހޭނެއެވެ. އެކަމަށް އެންމެ ރަނގަޅު ފަރުވާއެއް ދެވޭނީ އެމީހާގެ ސިކުނޑިންނެވެ. އެކަމުގައި ތަޖުރިބާކާރުންގެ ލަފާ ހޯދާށެވެ!
ކުޑަކުޑަ އެއްކަމެއް ބުނެލާނަމެވެ. ފިރިމީހާގެ ވަޤިތު ގާތްވާކަން އަނބިމީހާށއަށް އިޙްޞާޞްކުރެވުމާއިއެކު އަނިޔާއަކަށް ނުވާނެ ވަރުން ފިރިމީހާގެ ގައިގައި ވިކައިގަންނާށެވެ. ތަދުނުވާނެ ވަރަށް ވަރަށް ލޯބިން ދަތްވެސް އަޅައެވެ. އެއީ އެކަމުން ލިބޭ ސިހުމުގެ ސަބަބުން އޭނާގެ ވިސްނުން ބަދަލުކޮށްލުވުމަށެވެ.
ދެން އޮތީ ދީނީ ގޮތުން ބަލައިލަންވީ ބައެއް ކަންކަމެވެ. ދެމަފިރި ކަމުގެ ގުޅުން ހިންގުމުގެ ކުރިން ކުޑަކަމުގޮސް، ވުޟޫކޮށް، އެއްދާން ކުރަން ފެށުމުގެ ކުރިން ލޯބި ކުރުމަށް ޢިލްމުވެރިން އިރްޝާދު ދެއްވައެވެ. އަދި ދައުހިއްލައިގެން ތިބިނަމަ ފެންވަރައި ތާޒާވެލުން މުހިންމުކަންވެސް ފާހަގަކުރައްވައެވެ.
އެކަމަށް ހުންނަ ބޭސް ބޭނުން ނުކުރާށެވެ. ތަޖްރިބާކާރުން ވިދާޅުވާ ގޮތުގައި އެކަމަށްޓަކައި ހުންނަ ގިނަ ބޭސްތަކަކީ އޭގެ ސައިޑިފިކެޓްތައް ވަރަށް ބޮޑެތި ބޭސްތަކެކެވެ. އެފަދަ ބޭސް ބޭނުންކުރަން ފެށުމުން ވަރަށް އަވަހަށް ނާރުތަކުގެ ބާރު ދެރަވެގެންދެއެވެ. ފަހުން ބޭހާއި ނުލައި އެއްދާން ނުކުރެވޭ ޙާލަތަށް ގޮސް އަދި އެއިގެ ފަހުން ބޭސް ބޭނުންކުރިނަމަވެސް އެކަމުގެ އަސަރެއްވެސް ނުކުރާނެއެވެ.
މީގެ އިތުރުން ރަނގަޅު ފެންވަރުގެ ބޭހަކީ ވަރަށް ބޮޑު އެއްޗަކަށްވުމުން އަތުން ބޭކާރުގޮތުގައި ގެއްލިގެން އެދަނީ އަނބިދަރިންނަށް ހޭދަކުރަން ހުރި ވަރަށް ގިނަ ފައިސާތަކެކެވެ. ވީމާ، ބޭސް ބޭނުން ކުރުމުގެ ބަދަލުގައި މަތީގައި ބަޔާން ކުރެވުނު ގޮތަށް ކަންތައް ކުރެއްވުން ބުއްދިވެރިއެވެ.
Advertisement
2 މެއި 2025