އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤަބުރުސްތާނުތަކުގަ ހިނގަން ރަނގަޅީ ފައިވާނާ ނުލާ! ނަމަވެސް ހުސްފަޔާ ހިނގުމުން ފަޔަށް އަނިޔާވެ ގައު، ފަޔަށް ހެރި ތޫނު އެއްޗެތި ހުރިނަމަ ފައިވާނާއެކު ވަނުމަކީ މައްސަލައެއް ނޫން!

ޤަބުރުސްތާނުތަކުގަ ހިނގަން ރަނގަޅީ ފައިވާނާ ނުލާ! ނަމަވެސް ހުސްފަޔާ ހިނގުމުން ފަޔަށް އަނިޔާވެ ގައު، ފަޔަށް ހެރި ތޫނު އެއްޗެތި ހުރިނަމަ ފައިވާނާއެކު ވަނުމަކީ މައްސަލައެއް ނޫން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 8 ސިކުންތު

ޖަނާޒާތަކުގައި ބައިވެރިވުމަށް އެންމެ ގިނައިން ގޮސްއުޅޭ މީހުންގެ ތެރޭގައި ފައިވާނުން ފައިބައިގެން ޤަބުރުސްތާނަށް ވަންނަ މީހުން ހިމެނެއެވެ. އެމީހުން ޢަމަލުއެކުރަނީ ޙަދީޘްފުޅަކަށެވެ. ސުންނަތުގައި ގަދައަށް ހިފަހައްޓަނީއެވެ. ވީމާ އެމީހުންނަކީ އެެހން ފިކުރެއްގެ މީހެއްކަމަށް ބުނެ ނުބައިބަސްތައް ރައްދުނުކުރާށެވެ!  

އަދި ހަމައެހެންމެ އެތަނުގައި ފަޔަށް ހެރޭނެ، ގައު ނުވަތަ އެނޫންވެސް ތޫނު އެއްޗެއް ހުރިނަމަ ފައިވާނަށް އަރައިގެން ވަނުންވެސް ހުއްދައެވެ. ވީމާ މިއީ ޚިޔާތަފާތުވެ ދެބަސްވާން އޮތް ކަމެއް ނޫނެވެ.  

ތިރީގައިވާ ލިޔުމުން ތަފްޞީލް ލިބިލައްވާނެއެވެ. އިން ޝާ ﷲ  

ސުންނަތް ގޮތަކީ ގަބުރުސްތާނަށް ވަންނަ އިރުގައި ފައިވާން ބާލާފައި ވަނުމެވެ. ނަމަވެސް ބިންމަތީގައި ކަށްޓާއި އެނޫންވެސް އެޛާތުގެ ތަކެތި ހުރެއްޖެނަމަ ފައިވާނާއެކު ވަނަސްވެސް މައްސަލަ އެއް ނެތެވެ.  

އިބްނު ގުދާމާ-ރަޙިމަހުﷲ- އެކަލޭގެފާނުގެ "މުޣްނީ" ގެ 2-224 ގައި ވިދާޅުވެފައިވެއެވެ. "ގަބުރުސްތާނަށް ވަންނަނަމަ ފައިވާން ބާލާހުށިކަމެވެ. އެއީ އެދެވިގެންވާ ކަމެކެވެ. ބަޝީރު ބިން ޚަޞާޞިއްޔާ އޭ ކިޔުނު ބޭކަލަކު ރިވާ ކުރައްވާފައިވެއވެ.) 

بَيْنَا أَنَا أُمَاشِي رَسُولَ اللَّهِ صلى الله عليه وسلم إذَا رَجُلٌ يَمْشِي فِي الْقُبُورِ , عَلَيْهِ نَعْلَانِ , فَقَالَ : يَا صَاحِبَ السِّبْتِيَّتَيْنِ , أَلْقِ سِبْتِيَّتَيْك . فَنَظَرَ الرَّجُلُ , فَلَمَّا عَرَفَ رَسُولَ اللَّهِ صلى الله عليه وسلم خَلَعَهُمَا , فَرَمَى بِهِمَا) 

މާނައަކީ: "ތިމަންނާ ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަރިހުގައި ގަބުރުސްތާނުގައި ހިނގާފައި ދަނިކޮށް މީހަކު ފައިވާނުގައި ހިނގާ އަޑުއިވުނެވެ. އެހިނދު ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. އޭ ސަބީބަތައިނި ގެ އަހްލުވެރިޔާއެވެ. )ސަބީބަތައިނި އަކީ ގެރީގެ ހަންގަނޑު ހިއްކައިގެން ހަދާފައި ހުންނަ ފައިވާނަކަށް ކިޔޭ ނަމެކެވެ)، ކަލޭގެ ސަބީބަތައިނި އެއްލައިލާށެވެ. އެމީހާ ކުއްލިއަކަށް ބަލައިލިއެވެ. އެހިނދު އެގޮތަށް އެންގެވީ ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ކަން އެނގުމުން އެމީހާ ފައިވާން ބާލާފައި އެއްލައިލިއެވެ".

ގަބުރުސްތާނުގައި ފައިވާނުގައި ހިނގުމަކީ ހުއްދަ ކަމެއްކަމުގައި ވިދާޅުވާ ޢިލްމުވެރިންގެ ދަލީލަކީ އަނަސް ބިން މާލިކް-ރަޟިޔަﷲ ޢަންހު- ގެ ރިވާޔަތެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ހަދީޘް ކުރައްވާފައިވެއެވެ. ) 

إن العبد إذا وضع فى قبره , و تولى عنه أصحابه حتى إنه ليسمع قرع نعالهم). 

މާނައަކީ: "މައްޔިތާ ކަށްވަޅަށް ލުމަށްފަހުގައި މީސްތަކުން އޭނާ ދޫކޮށް ދާން ހެދުމުން، މީސްތަކުންގެ ފައިވާނުގެ އަޑުތައް މައްޔިތާ އަށް އިވޭނެއެވެ". މި ޙަދީޘް އިން ދަލާލަތުކޮށްދެނީ ރަސޫލު-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ޒަމާނުގައި މީސްތަކުން ފައިވާނާ އެކުގައި ޤަބުރުސްތާނަށް ވަދެއުޅުނު ކަމެވެ.  

މި މައްސަލާގައި ޝައިޚް އުޘައިމީން-ރަޙިމަހުﷲ- އާއި ސުވާލުވެވުމުން ވިދާޅުވިއެވެ. 

"ގަބުރުސްތާނުގައި ފައިވާނާ އެކު ހިނގުމަކީ ޢިލްމުވެރިންގެ މެދުގައި ޚިލާފު ހުރި މައްސަލަ އެކެވެ. އެންމެ މޮޅު ގޮތަކީ ޙާޖަތެއް އޮވެގެން މެނުވީ ފައިވާން ބާލާފައި ގަބުރުސްތާނަށް ވަނުމެވެ. ޙާޖަތަކީ ގަބުރުސްތާނުގައި ކަށިގިނަވުން، ގާގިނަވުން، ނުވަތަ ހޫނު ގަދަކަމުން ހުސްފައިގާ ހިނގަން އުނދަގޫވުން ފަދަ ކަންތަކެވެ". واللهأعلم

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް