އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މެރކް ފައުންޑޭޝަނާ ގުޅިގެން ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް މަޝްވަރާކޮށްފި

މެރކް ފައުންޑޭޝަނާ ގުޅިގެން ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް މަޝްވަރާކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 34 ސިކުންތު

މެރކް ފައުންޑޭޝަންގެ އިސް ވެރިން ހެލްތު މިނިސްޓްރީގެ އިސްވެރިންނާއި ބައްދަލުކުރައްވާ ސިއްޙީ ދާއިރާ ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޘިމްގެ އިތުރުން ސިނިއަރ ލެވަލްގެ އެކި ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މެރކް ފައުންޑޭޝަންގެ ފަރާތުން ބޯޑް އޮފް ޓްރަސްޓީސްގެ ޗެއާމަން ޕްރޮފެސަރ ޑޮކްޓަރ ފްރޭންކް ސްޓަންގެންބަރގް ހަވަރކެމްޕް އަދި ފައުންޑޭޝަންގެ ސީއީއޯ ސެނެޓަރ ޑޮކްޓަރ ރަޝާ ކެލެޖް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނު މުހިންމު ކަންތައްތަކުގެ ތެރޭގައި، ޚާއްސަ ދާއިރާތަކުން ޑޮކްޓަރުން ތަމްރީން ކުރުމަށް ފުރުސަތުތައް ފަހިކޮށްދިނުމާއި، ސްކޮލަޝިޕްގެ ފުރުސަތުތައް ހޯދައިދިނުމަށް މަޝްވަރާކުރެވުނެވެ.

އަދި ދަރިމައިވުމުގެ ޞިއްހަތާ ގުޅުންހުރި ސިޔާސަތުތައް އެކުލަވާލުމާއި އެކަމާ ގުޅުންހުރި ފަރުވާގެ ނިޒާމް ހަރުދަނާކޮށް، މި ދާއިރާގެ އިންފްރާސްޓްރަކްޗަރ އާއި ގުޅޭ ކަންކަމުގައި އެހީތެރިވެދިނުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

އަދި ހަމައެހެންމެ ކެންސަރ ބައްޔާއި މެންޓަލް ހެލްތު ފަދަ ބަލިތަކުން މުޖުތަމައު ރައްކާތެރިކުރުމަށްޓަކައި ސްކްރީނިންގ އާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާއި ކެމްޕޭންތައް ހިންގުމުގައި ދެ ފަރާތްގުޅިގެން ކުރެވޭނެ މަސައްކަތްތަކާއި ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މެރކް ފައުންޑޭޝަންގެ "މޯ ދެން އަ މަދަރ" ޕްރޮގްރާމުގެ އެންބެސެޑަރެއްގެ ހައިސިއްޔަތުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވާ، މެރކް ފައުންޑޭޝަންގެ އިސް ވެރިން ވަނީ އެކަމަނާއަށް ޚާއްޞަ ޝުކުރެއް ދަންނަވާފައެވެ.

"މޯ ދެން އަ މަދަރ" ޕްރޮގްރާމަކީ އެފްރިކާ އަދި އޭޝިޔާގެ ފަރސްޓް ލޭޑީންނާއި އަންހެން އިސްވެރިންނާއެކު ދަރިމައިވުމުގެ ޞިއްހަތާ ގުޅުންހުރި އެކި ދާއިރާތަކުން މަސައްކަތްކުރާ ޕްރޮގްރާމެކެވެ.

 

 

ހަބަރު: ސަރުކާރު

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު