އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޑިޖިޓަލައިޒޭޝަންގެ ސިޔާސަތެއް ރާއްޖޭގައި ޤާއިމްކުރެވިއްޖެނަމަ ކޮރަޕްޝަން ނައްތާލުމަށް ފަސޭހަވެގެންދާނެ: ރައީސް

ޑިޖިޓަލައިޒޭޝަންގެ ސިޔާސަތެއް ރާއްޖޭގައި ޤާއިމްކުރެވިއްޖެނަމަ ކޮރަޕްޝަން ނައްތާލުމަށް ފަސޭހަވެގެންދާނެ: ރައީސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު

ޑިޖިޓަލައިޒޭޝަންގެ ސިޔާސަތެއް ރާއްޖޭގައި ޤާއިމްކުރެވިއްޖެނަމަ ކޮރަޕްޝަން ނައްތާލުމަށް ފަސޭހަވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ފާހަގަކުރެއްވީ އެމަނިކުފާނު ފަހުން އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީވެސް އެޤައުމުގެ ޑިޖިޓަލައިޒޭޝަން ނިޒާމު ދެނެގަތުން ކަމުގައެވެ.

އެސްޓޯނިއާއަކީ ކޮރަޕްޝަން ނައްތާލައި، ހާމަކަން ބޮޑުގޮތެއްގައި، އަވަސްކަމާއެކު ވެރިކަން ހިންގާ ޤައުމުތަކުގެ ތެރެއިން ދުނިޔޭގެ އިންޑެކްސްގައި އެންމެ މަތީގައި އުޅޭ އެއްޤައުމެވެ. އަދި މުޅި ދުނިޔެއިން ދެވަނައަށް އެންމެ ނޫސްވެރިކަމުގެ މިނިވަންކަން ލިބިފައިވާ ޤައުމަކީވެސް އެސްޓޯނިއާއެވެ.

"އޮޓަމެޓިކަލީ ނުވަތަ ޑިޖިޓަލީ ކަންކަން ކުރާގޮތަށް ބަދަލުވީމަ ވަރަށް ބޮޑުތަނުން ކޮރަޕްޝަން ދަށްކުރެވޭނެ. އަދި ކޮރަޕްޝަން ނައްތާލައި ވަރަށް ބޮޑުތަނުން ހާމަކަން ބޮޑުކުރެވޭނެ ޑިޖިޓަލް ނިޒާމަކަށް ދިޔައިމަ،" ރައީސް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ސަރުކާރުން ވަނީ މޯލްޑިވްސް 2.0 ގެ ނަމުގައި ކުރިއަށް އޮތް 3 އަހަރު ދައުލަތުގެ މުޅި ނިޒާމު ޑިޖިޓަލައިޒްކުރުމުގެ މަޝްރޫޢެއް ފަށާފައެވެ. މި މަޝްރޫޢުގެ ދަށުން އެކި ދާއިރާތަކުން އިންޤިލާބީ ޑިޖިޓަލް ބަދަލުތަކެއް ގެނައުމާއި، އައިސީޓީ ނިޒާމުތައް ތަރައްޤީކުރުމާއި، ޑިޖިޓަލް ޒަމާނަށް ފެތޭ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމަށް ވަނީ ރޭވިފައެވެ.

މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ސައިބަރ ސެކިއުރިޓީ ހަރުދަނާކުރުމާއި، އޯޕަން ޑޭޓާގެ ނިޒާމެއްގައި ސަރުކާރުގެ އިދާރީ ހިންގުން ބައްޓަންކުރުމާއި، ޑިޖިޓަލް ފާހުގެ ރައްކާތެރިކަމާއެކު އިތުބާރުހިފޭ މުޢާމަލާތްތައް ކުރެވޭނެ ނިޒާމެއް ޤާއިމްކުރުމަށްވެސް ވަނީ ރޭވިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު