އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 47 ސިކުންތު
މިސަރުކާރުން ހިއްކާ އެއްވެސް ބިމަކުން ބޭރުގެ އެއްވެސް ފަރާތަކަށް ބިން ނުދޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދުވިދާޅުވީ ކުރީގެ ސަރުކާރުން ބޭރުގެފަރާތްތަކަށް ބިންދިނުމަށް ވެފައިވާ އެއްބަސްވުންތައްވެސް މިހާރު ވާނީ ބާޠިލްކުރައްވާފައި ކަމަށެވެ.
ރައީސް ވިދާޅުވީ ބިން ހިއްކަން ހަމަޖެހިފައިވާ ފަޅުތަކުން މިހާރުވެސް ގެންދަވަނީ ބިން ހިއްކަވަމުން ކަމަށާއި އެމަސައްކަތް ތަރުތީބުކުރެވިފައިވާ ގޮތަށް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި ގޯތި ދިނުމަށް ހަަމަޖެހިފައިވާ އެންމެންނަށް ގޯތި ދެއްވާނެ ކަމަށެވެ.
Advertisement
4 މެއި 2025