އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާލީ ހާލަތު ވަނީ ރަނގަޅު ރާސްތާއަކަށް ގެނެވިފައި: ރައީސް

މާލީ ހާލަތު ވަނީ ރަނގަޅު ރާސްތާއަކަށް ގެނެވިފައި: ރައީސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 57 ސިކުންތު

ދިވެހިރާއްޖޭގެ މަލީ ހާލަތު ރަނގަޅު ރާސްތާއަކަށް ގެނެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ރަނގަޅު ޓްރެންޑެއްގައި ދައުލަތުގެ ރިޒާވް ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ލޯނު އަނބުރާ ދެއްކުމަށް އަހަރުގެ މިހާތަނަށް 2.5 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާއި، މީގެ ތެރޭގައި ބޭރުގެ ފަރާތްތަކުން 2022 ވަނަ އަހަރު ނަގާފައިވާ 100 މިލިއަން ޑޮލަރުގެ ލޯނު ހިމެނޭ ކަމަށެވެ. އަދި ޤައުމުގެ ފިސްކަލް ހާލަތަށް ބަލާއިރު،1 ޖަނަވަރީ 2025 އިން 24 އެޕްރީލް 2025 ގެ ނިޔަލަށް ދައުލަތަށް ލިބިފައިވާ އާމްދަނީއާއި ހިލޭ އެހީގެ ޖުމުލައަކީ 12.4 ބިލިއަން ރުފިޔާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

"ހަމަ މި މުއްދަތުގެ ތެރޭގައި ޖުމުލަ ޚަރަދަކީ10.5 ބިލިއަން ރުފިޔާ. މިއީ ޖުމުލަ ޚަރަދު. ދެން އޯވަރޯލް ބަޖެޓު ސަރޕްލަސް އަކީ 1.9 ބިލިއަން ރުފިޔާ އަދި ޕްރައިމަރީ ބެލެންސަކީ 3.5 ބިލިއަން ރުފިޔާގެ ސަރޕްލަސް އެއް"، ރައީސް ވިދާޅުވިއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު