އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 32 ސިކުންތު
ދުނިޔޭގައި ހުންނަން ލިބޭ ދުވަސްކޮޅު ބަހަނާތައް ދެއްކިދާނެއެވެ. ނަމަވެސް ތިމާގެ ދޫތަޅުލެވި ގުނަވަންތަކުން ޖަވާބުދޭންޖެހޭނެ ދުވަހު އެއްވެސް ބަހަނާއެއް ނުދެއްކޭނެއެވެ. އެހެންވެ ޖަމާޢަތުގެ ނަމާދަށް ރައްކައުތެރިވާ ދުނިޔޭގެ ލީޑަރުންވެސް އެބަތިއްބެވެ.
އެއްފަހަރަކު ކުރި ދަތުރެއްގައި އުޅެމުން ފަތިސްނަމާދަށް މިސްކިތަށްދެވުނުއިރު ލީޑަރު ހުންނެވީ ދަމުނަމާދަށެވެ. ފައިބައިވަޑައިގަތީ ޖަމާޢަތުގައި ފަތިސްނަމާދުކުރައްވައިގެންނެވެ. މުސްލިމުންގެ ލީޑަރުންގެ ކިބައިން މިނަމޫނާ ފެންނަނަމަ ޖަމާއަތުގައި ނަމާދުކުރާ މީހުން ގިނަވާނެއެވެ. އެއީ ޝައްކެއް އޮތް ކަމެއް ނޫނެވެ.
- މުފްތީ މެންކް
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
ޤިޔާމަތް ދުވަހު އެމީހާގެ ޢަމަލުތައް ކިރުއްވަވާއިރު ދުނިޔޭގައި އެމީހަކަށް ލިބިފައިވި ޢިއްޒަތާއި ލިބިފައިވި ތަނަވަސްކަމުން ފައިދާއެއް ކުރާނީ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް އެމީހަކު ކިޔަމަންތެރިވެފައިވާ މިންވަރަކުންނެވެ. އެނޫން ގޮތެއްގައި ހެޔޮކަމުގެ ކޮޅަށް ޛައްރެއްގެ މިންވަރުވެސް ބުރަވާނެ ހަމައެއްވެސް ގޮތެއް އެނގޭކަށް ނެތެވެ.
ހަމަ އެއާއިއެކު މި ޙަދީޘްފުޅަށް ވިސްނައިލުން ރަނގަޅުވާނެއެވެ. މީސްތަކުންގެ މައްޗަށް އެންމެ އޯގާތެރި އިންސާނާ، ރަސޫލް ﷺ އެ ޙަދީޘްފުޅު ކުރައްވަވަނީ ޖަމާއަތުގައި ބައިވެރިވެ ނަމާދު ނުކުރާ މީހުންގެ ގެތައް އިތުރު މާތް ޞާޙިބާ ﷺ ގެ އަތްޕުޅުން އަނދަވައިލައްވަން ހިތްޕުޅަށް އަރާ ވާހަކައެވެ.
Abu Huraira reported: The Messenger of Allah, peace and blessings be upon him, said:
إِنَّ أَثْقَلَ صَلَاةٍ عَلَى الْمُنَافِقِينَ صَلَاةُ الْعِشَاءِ وَصَلَاةُ الْفَجْرِ وَلَوْ يَعْلَمُونَ مَا فِيهِمَا لَأَتَوْهُمَا وَلَوْ حَبْوًا وَلَقَدْ هَمَمْتُ أَنْ آمُرَ بِالصَّلَاةِ فَتُقَامَ ثُمَّ آمُرَ رَجُلًا فَيُصَلِّيَ بِالنَّاسِ ثُمَّ أَنْطَلِقَ مَعِي بِرِجَالٍ مَعَهُمْ حُزَمٌ مِنْ حَطَبٍ إِلَى قَوْمٍ لَا يَشْهَدُونَ الصَّلَاةَ فَأُحَرِّقَ عَلَيْهِمْ بُيُوتَهُمْ بِالنَّارِ
Verily, the most burdensome of prayers upon the hypocrites are the night prayer and dawn prayer. If they knew the blessings that are in them, they would come to them even if they had to crawl. Certainly, I felt like ordering the prayer to be established and commanding a man to lead the people in prayer, then I would go with some men with firewood to the people who were absent from the prayer and I would burn their houses with fire.
Source: Sahih Muslim 651, Grade: Sahih
ދެން ނިކަން ބުނެބަލާށެވެ. ނަމާދުގެ ޖަމާއަތަށް މިސްކިތަށް ގޮސް ޖަމާއަތުގައި ބައިވެރި ނުވުމަށް ދެއްކޭނީ ކޮން އުޒުރެއް ހެއްޔެވެ؟ މިއީ އައު ވާހަކަތަކެއް ނޫންކަންވެސް އެނގެއެވެ. ނަމަވެސް އަހަރު ތެރޭގައި އަންނާނެ އެންމެ ބަރަކާތްތެރި ދުވަސްތައް އަޅުގަނޑުމެންނާއި ބައްދަލުކޮށް ފާއިތުވަމުންދާއިރު ހަނދުމަކޮށް ދިނުމަކީ ކުރަން ޖެހޭ ކަމަކަށްވާތީ ހަނދާން އައުކޮށްދިނީއެވެ.
ރަމަޟާން މަސް އައުމުން މިސްކިތްތައް ފުރިގެންދެއެވެ. ފުރިގެން އެދަނީ ޖަމާޢަތުގައި ނަމާދުކުރަން ގިނަ ބައަކު މިސްކިތަށްދާތީއެވެ. އަހަރެންގެ ސުވާލަކީ އެވަރުން އެބަ ފުދޭހެއްޔެވެ؟ ޖަމާޢަތަށްދާން ޖެހޭ އެންމެން ޖަމާޢަތަށްދާނަމަ އެ ޢަދަދު ކިތައް ގުނައަށް އިތުރުވާނެ ހެއްޔެވެ؟
ޖަމާޢަތަށް ނަމާދަށް ނުދެވޭނެ ފަދަ އުޒުރެއް ދިމާވެއްޖެނަމަ އެ ނަމާދަކަށް ޖަމާއަތަށް ނުދެވުނު ނަމަވެސް އެއީ އާދައަކަށް ނުހަދާށެވެ. ފަރުޟު ނަމާދު ޖަމާއަތުގައި ކުރުމުން އެތައް ގުނައަކަށް ސަވާބު އިތުރުވެގެންދާކަން އެބަ އެނގެއެވެ. ކިތަންމެ އިއްޒަތްތެރި މީހަކު ނަމަވެސް އަދި ކިތަންމެ ބޮޑު މަހުޖަނަކު ނަމަވެސް ގޭގައި ހުރެ ނަމާދުކޮށްގެން ޖަމާއަތުގައި ބައިވެރިވެ ނަމާދުކުރުމުން ލިބޭ ސަވާބެއް ނުލިބޭނެއެވެ.
ނިކަން ވިސްނައިލަބަލާށެވެ! ލޮލަށް ނުފެންނަ މީހަކު ނަމަވެސް ބަންގީގެ އަޑު އިވޭނަމަ އޮތީ ޖަމާއަތަށް ދިއުމެވެ. މިޙަދީޘްފުޅުން މިއޮތީ އެކަން އެނގި ހާމަވާށެވެ.
A blind man came to the Prophet (peace and blessings be upon him) and said: "O Messenger of Allah! I have no one to guide me to the mosque." He asked the Messenger of Allah for permission to pray at his house and the Prophet granted it to him. But when the man turned to leave, the Prophet called him and said, "Can you hear the adhan?" He said, "Yes". The Prophet then said, "Respond to it (by going to the mosque)" [Muslim].
މިޙަދީޘްފުޅުގެ ތަފްޞީލް ދެއްވަމުން ޢިލްމުވެރިން ބަޔާންކުރައްވަނީ ޙަދީޘްފުޅުގައި "ބަންގީގެ އަޑު އިވޭނަމަ" އެއޮތީ އެއިރު ނަމާދުވަގުތު ޖެހިއްޖެކަން އެނގޭނެ ގޮތަކީ ބަންގީގެ އަޑު އިވުން ކަމުގައިވާތީއެވެ. މިހާރު ލިބިފައި ހުރި އެހެން ވަސީލަތަކުން ނަމަވެސް ނަމާދު ވަގުތު ޖެހިއްޖެކަން އެނގޭނަމަ އޮތީ މިސްކިތަށް ގޮސް ޖަމާޢަތުގައި ބައިވެރިވުން ކަމަށެވެ.
ފަށަމުންވެސް ބުނި ފަދައިން ފަރުޟު ނަމާދަށް މިސްކިތަށް ގޮސް ޖަމާއަތުގައި ބައިވެރި ނުވާ މީހުންނަކީ އެއްވެސް އަގެއް ހުރި ބައެއް ނޫނެވެ. އެހެނީ އެމީހުން ބޮޑާކަމާއި ކިބުރުވެރިކަންމަތީގައި ގޭގައި އެތިބެނީ ﷲ ތަޢާލާއަށް ގޮންޖަހާފައެވެ. އެފަދަ މީހުންގެ އޮންނާނީ ކޮން ޤަދަރެއް ހެއްޔެވެ؟ އެފަދަ މީހުންނަކީ ކިތަންމެ މޮޅަށް އިސްލާމް ދީން އެނގިގެން ތިބި މީހުން ނަމަވެސް އިސްލާމް ދީނުގެ ނަމުގައި ދައްކާނެ އެއްވެސް ވާހަކައެއް އޮންނާނެ ކަމަކަށްވެސް އަހަރެން ޤަބޫލެއް ނުކުރަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
4 މެއި 2025