އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަމާދުނުކުރާ މީހަކަށް ތިމާއަކީ މުސްލިމެއް ކަމަށް ބުނެވޭނެތަ؟

ނަމާދުނުކުރާ މީހަކަށް ތިމާއަކީ މުސްލިމެއް ކަމަށް ބުނެވޭނެތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 54 ސިކުންތު

ކޮންމެ މީހަކުވެސް ބުނާނީ ތިމާއަކީ މުސްލިމެއް ކަމަށެވެ. އެކަމަކު ސުވާލަކީ ނަމާދުނުކުރާ މީހަކަށް ތިމާއަކީ މުސްލިމަކު ކަމަށް ބުނެވޭނެ ހެއްޔެވެ؟ އަޅާ އާއި ކާފިރުކަމާއި ދެމެދުގައި އޮތީ ނަމާދު އެޅުން ކަމަށް ޙަދީޘްފުޅު ކުރައްވަވާފައިވާތީއެވެ. ﷲ ތަޢާލާއަށް އީމާންވެގެން ހުރި މީހަކަށް ކާފިރެކެވެ ބުނެގެން ނުވާނެއެވެ. ނަމަވެސް މިޙަދީޘްފުޅުން އެނގިގެންދަނީ ނަމާދުނުކުރާ މީހަކަށް ދީނުގައި އޮތް ޙުކުމެވެ. 

ޤުބާ މިސްކިތުގައި ހުންނަވައިގެން ޝައިޚް ޙުސައިން އަންސާރުކުރައްވާފައިވާ އިލްތިމާސެއް!: އިސްލާމްކަމާ ކާފިރުކަން ވަކިކޮށްދޭ އިންފާރަށް ރައްކާތެރިވޭ! 

މީސްތަކުންނޭވެ! ﷲ ތަޢާލާ ނަމާދު ފަރުޟު ކުރެއްވެވީ ރަސޫލް އަށް ދެއްވެވި އެންމެ މަތިވެރި ޝަރަފު ދެއްވެވެވުމަށްފަހުގައެވެ. އިސްރާ އާއި މިޢްރާޖްގެ ދަތުރުފުޅުގައެވެ. (އަދި އެއީ މިއުންމަތަށް ވެސް ދެއްވެވި އެންމެ މަތިވެރި ޝަރަފްވެސްމެއެވެ.) 

އަޅުގަނޑުގެ ފަހަތުން އެފެންނަނީ އިސްލާމީ ތާރީޚުގައި ފުރަތަމަ ބިނާކުރެވުނު މިސްކިތެވެ. ޤުބާމިސްކިތެވެ. މަދީނާއަށް ހިޖުރަކުރެއްވެވުމަށްފަހު ރަށްބޭރުގައި މަޑުކުރައްވަވައި ބިނާ ކުރެއްވެވި މިސްކިތެވެ. އެކަމުންވެސް އަންގައިދެނީ ޖަމާޢަތުގައި ނަމާދުކުރުމުގެ މުހިންމުކަން ބޮޑުކަމެވެ. 

ކޮންމެ ނަމާދަކަށް ގޮވާލެވޭ ބަންގީގައި ގޮވާލެވެނީ ކާމިޔާބާއި ފަލާޙް ލިބިގަތުމަށްޓަކައި ނަމާދަށް އައުމަށެވެ. ﷲ ތަޢާލާގެ ނިދާގެ އަޑުއިވުމުން އަޅުގަނޑުމެންނަށް އޮތީ އެކަމަށް އަވަސްވެގަތުމެވެ. 

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! ރަސޫލާ އެންމެ ފަހުން ކުރެއްވެވި ވަޞިއްޔަތްފުޅުތަކުގެ ތެރޭގައިވެސް ނަމާދޭ، ނަމާދޭ ޙަދީޘްފުޅުކުރައްވަވައި ނަމާދަށް ރައްކައުތެރިވުމަށް ވަނީ ވަޞިއްޔަތްފުޅު ކުރައްވަވައިފައެވެ. 

އެހެންކަމުން އަޅުގަނޑުމެންނަކީ ރަސޫލް އަށް ފުރިހަމަގޮތުގައި ކިޔަމަންތެރިވެގެން ތިބި ބައަކު ކަމުގައިވާނަމަ އިތުރު އެކަލޭގެފާނުގެ މިއަމުރުފުޅަށް ތަބަޢަވާން ޖެހޭނެއެވެ. ނަމާދަކީ އިސްލާމްކަމާ ކާފިރުކަން ވަކިކޮށްދޭ އިންފާރުކަން ޞަޙީޙް ޙަދީޘްފުޅުތަކުން ޘާބިތުވާން އެބައޮތެވެ. ވީމާ އަޅުގަނޑުމެންނަށް އޮތީ ނަމާދުތަކަށް ރައްކައުތެރިވުމެވެ. 

ދުޢާއަކީ އަޅުގަނޑުމެން އެންމެންނަކީވެސް ބަރާބަރަށް ނަމާދު ޤާއިމުކުރާ ބައަކު ކަމުގައި ލައްވަވައި ސުވަރުގެ ދެއްވަވާ އަޅުނަކްމުގައި ލެއްވެވުމެވެ. އާމީން

 

- ޝައިޚް ޙުސައިން އަންޞާރު / މަދީނާއިން މިއަދުނޫހަށް

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް