އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުރަން ބޭނުންވެ، ކުރަން ނިޔަތް ގަތުމަށްފަހު ވަކިދުވަހަކު ކުރަން މަޑުނުކުރެވޭނެ އަޅުކަން!: މުފްތީ މެންކް

ކުރަން ބޭނުންވެ، ކުރަން ނިޔަތް ގަތުމަށްފަހު ވަކިދުވަހަކު ކުރަން މަޑުނުކުރެވޭނެ އަޅުކަން!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު

މީހަކު ހެޔޮކަމެއް ކުރަން ނިޔަތްގަނެ އެކަމަށް މަސައްކަތްކުރަމުން އަންނަނިކޮށް، އެކަމެއް ނުކުރެވެނީސް އެމީހަކު މަރުވެއްޖެނަމަ، އެމީހާ ނިޔަތްގަނެގެން ހުރި ކަންތައް ކުރި ކަމުގެ ޘަވާބު އިން ޝާ ﷲ، ﷲ ތަޢާލާ އެމީހަކަށް ދެއްވަވާނެ ކަމަށް އަބަދުވެސް ބުނަމެވެ. މިޘާލަކަށް ރަމަޟާން މަހާއި ބައްދަލުކުރެވުމުން މިވެނި އެވެނި އަޅުކަމެއް ކުރަން، ފަހުދިހައިގައި އިޢްތިކާފަށް އިންނަން ފަދަ ކަންކަމުގައެވެ. 

އެހެނަސް ނިޔަތް ގަތުމަށްފަހު ކިތަންމެ ކުޑަކުޑަ ހިނދުކޮޅަކަށްވެސް މަޑުކޮށްލައިގެން ނުވާނެ ކަމެއް އެބައޮތެވެ. އެއީ ތައުބާވުމެވެ. ރަމަޟާން މަސް އައުމުން، ފަހުދިހަ އާއި ބައްދަލުވުމުން ޢަރަފާތުދުވަސް އައުމުން ތައުބާވާން ނިޔަތްގަނެގެން މަޑުކުރުމެއް ނެތެވެ. އެއީ އެކަމަށް ނިޔަތްގަތުމާއިއެކު ވަޤުތުން ކުރަންޖެހޭނެ ކަމެކެވެ.  

އަދި ހަމައެފަދައިން ﷲ ތަޢާލާ ތަނަވަސްކަން ދެއްވެވުމުން، ޙައްޖުނުވެ ޢުމުރުން ދުވަސްވުމުން ޙައްޖުވާން މަޑުކުރުމެއްވެސް ނެތެވެ. ކިތަންމެ ޒުވާން ޢުމުރުގައިނަމަވެސް ﷲ ތަޢާލާ އެމީހަކަށް ޙައްޖުވެވޭނެ ތަނަވަސްކަމާއި ކެރިކުޅަދާނަކަން ދެއްވަވައިފިނަމަ ޖެހޭނީ ވަޤުތުން ޙައްޖުވާށެވެ. ޒުވާން ޢުމުރުގައި ބައެއް ފާފަތައްކޮށްލާފައި ފަހުން ތައުބާވާން ޙައްޖަށް ދިއުމަށް މަޑުކުރުމަކީ އެއްވެސް މުސްލިމަކު ކޮށްގެންވާނެ ކަމެއް ނޫނެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް